- ޙައްޤަކާއި ނުލައި މީހަކު ޤަތުލުކުރުން:
ﷲ ވަޙީކުރެއްވިއެވެ.
(وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّـهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا ﴿٩٣﴾) [سورة النساء]
މާނައީ:”އަދި، ޤަސްތުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ، އެމީހާގެ މައްޗަށް ކޯފާލައްވައި ލަޢުނަތް ލެއްވިއެވެ. އަދި، ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.”
ﷲ ތަޢާލާގެ ދީނުގައި މުސްލިމް މީހެއްގެ ނަފްސެއް ތިން ކަމަކާއި ލައިގެން މެނުވީ ޤަތުލެއް ނުކުރެވޭނެތެވެ. އެކަންތައްތައް ބަޔާން ކުރައްވައި ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((لا يحلُّ دمُ امرئٍ مسلمٍ ، يشهدُ أن لا إلهَ إلا اللهُ وأني رسولُ اللهِ ، إلا بإحدى ثلاثٍ : النفسُ بالنفسِ ، والثيبُ الزاني ، والمفارقُ لدِينِه التاركُ للجماعةِ ))1
މާނައީ: ” ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ކުރެވޭ އިލާހަކު ނުވާކަމަށާއި އަދި ތިމަން ކަލޭގެފާނަކީ އެކަލާނގެ ރަސޫލާކަމަށް ހެކިވާ މުސްލިމު މީހާގެ ލޭ ތިން ކަމުން ކަމެއް ކޮށްގެން މެނުވީ ޙަލާލުނުވާ(ޤަތުލު ނުކުރެވޭ) ހުއްޓެވެ. އެއީ ނަފްސަކަށް ނަފްސެއްގެ ގޮތުންނާއި(އެބަހީ ޤިޞާޞު ހިފުމުގެ ގޮތުން)، އަދި މީހަކާ އިނުމަށްފަހު ޒިނޭ ކުރުމުންނާއި، އަދި އިސްލާމްދީނުން މުރުތައްދު ވުމުންނެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
((لا يزالُ المؤمنُ في فسحةٍ من دينِه ، ما لم يصبْ دمًا حرامًا))2
މާނައީ: ” މުއުމިނު މީހާއަށް އޭނާގެ ދީން ޙަރާމްވެގެންވާ ލެޔެއް އޮހޮރައިފުމަށް ދާންދެން ފުޅާވެ ތަނަވަސްވެގެންވެއެވެ.”
އިބްނު އުމަރު رضي الله عنه ވިދާޅުވިއެވެ.
((إن مِن وَرَطاتِ الأمورِ ، التي لا مَخْرَجَ لمَن أَوقعَ نفسَه فيها ، سفكُ الدمِ الحرامِ بغيرِ حلِّه ))3
“ޙައްޤަކާއި ނުލައި މީހެއްގެ ނަފްސު ޤަތުލުކުރުމަކީ، އެކަމެއްގެ ސަބަބުން އެމީހަކު ހާލާކުކުރަނިވި އަދި އެކަމަކުން ސަލާމަތްވެ ނަޖާވުން ނާދިރު ކަނަތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.”
އަދި ރަސޫލު ﷲ صلى الله عليه وسلم ވަނީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ޤަތުލު ނުކުރުމަށް އަންގަވައި އިންޛާރު ދީފައެވެ. އަދި ޤާތިލު މީހާއި އަދި ޤަތުލު ކުރެވުނު މީހާ ވަނީ ނަރަކައިގައި ކަން ޚަބަރު ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
((إذا تواجه المسلمان بسيفَيهما ، فالقاتلُ والمقتولُ في النار قال فقلتُ ، أو قيل : يا رسولَ اللهِ ! هذا القاتلُ . فما بالُ المقتولِ ؟ قال ” إنه قد أراد قتلَ صاحبِه))4
މާނައީ: “ދެމުސްލިމަކު ކަނޑި ހިފައިގެން ނުކުމެ އެކަކު އަނެކަކު މެރުމަށް އުޅެފި ކަމުގައި ވާނަމަ ޤާތިލުމީހާއި އަދި ޤަތުލު ވެވުނު މީހާ ވަނީ ނަރަކައިގައެވެ. ބުނެވުނެއެވެ. އޭ ﷲގެ ރަސޫލާއެވެ. ޤާތިލު މީހާ ނަރަކަޔަށް ދާންޖެހޭ ސަބަބު އެނގިއްޖެއެވެ. އެހެނެތް ކަމަކު ޤަތުލުވީ މީހާ ނަރަކަޔަށް ދާންވީ ކީއްވެ ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން އޭނަ އަނެކަކު ޤަތުލު ކުރުމަށް އުޅުނެވެ.”
މިހެންވެ އާދަމުގެފާނުގެ ދެދަރިން ކުރެ ޞާލިހު ދަރި އޭނަގެ އަޚާ ޤަތުލުކުޅައުމުން މަނާވެގަތެވެ. އަދި ޤާތިލު ދެމީހުންގެ ފާފަ ބޮލުގައި އަޅަން ޖެހުނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الْآخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ اللَّـهُ مِنَ الْمُتَّقِينَ ﴿٢٧﴾ لَئِن بَسَطتَ إِلَيَّ يَدَكَ لِتَقْتُلَنِي مَا أَنَا بِبَاسِطٍ يَدِيَ إِلَيْكَ لِأَقْتُلَكَ ۖ إِنِّي أَخَافُ اللَّـهَ رَبَّ الْعَالَمِينَ ﴿٢٨﴾ إِنِّي أُرِيدُ أَن تَبُوءَ بِإِثْمِي وَإِثْمِكَ فَتَكُونَ مِنْ أَصْحَابِ النَّارِ ۚ وَذَٰلِكَ جَزَاءُ الظَّالِمِينَ ﴿٢٩﴾) [سورة المائدة]
މާނައީ: “އާދަމްގެފާނުގެ ދެދަރިކަލުންގެ ޚަބަރު، ޙައްޤުގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެދަރިކަލުން ޤުރުބާނިއެއް ކުރިމަތިކުރެއްވިހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (ޤުރުބާނީ) ޤަބޫލުކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން ޤަބޫލެއް ނުކުރެއްވިއެވެ. އެ ދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ކަލޭ ޤަތުލު ކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. ﷲ ޤަބޫލު ކުރައްވާކަން ކަށަވަރީ ތަޤްވާވެރިންގެ ކިބައިންނެވެ. [27]ހަމަކަށަވަރުން، ތިމަން ޤަތުލުކުރުމަށްޓަކައި ކަލޭގެ އަތް ތިމަންނަޔާ ދިމާޔަށް ދިއްކުރިއަސް، ކަލޭ ޤަތުލުކުރުމަށްޓަކައި، ތިމަންގެ އަތް ކަލެޔާ ދިމާޔަށް ދިއްކުރާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ. ހަމަކަށަވަރުން، ޢާލަމްތަކުގެވެރި ﷲ ދެކެ ތިމަން ބިރުގަންނަމެވެ.[28]ހަމަކަށަވަރުން، ތިމަން އެދެނީ ތިމަންގެ ފާފައާއި ކަލޭގެ ފާފައާއިގެން (ﷲގެ ޙަޟްރަތަށް) ކަލޭ ރުޖޫޢަވުމެވެ. އޭރުން ކަލޭވާހުށީ، ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ. އެއީ އަނިޔާވެރިންގެ ޖަޒާއެވެ.[29]”
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ
[1] رواه البخاري و مسلم
[2] رواه البخاري
[3] رواه البخاري
[4] رواه مسلم