- ކިބުރުވެރިވުން
ކިބުރުވެރިކަމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. އަބޫހުރައިރާ رضي الله عنه ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((يقول اللهُ عزَّ وجلَّ : الكبرياءُ رِدائي ، والعظمةُ إِزاري ، فمن نازعَني واحدًا منهما ، أدخلته في النارِ ))1
މާނައީ: ” ﷲ ވަޙީކުރެއްވިއެވެ. ކިބްރިޔާވަންތަކަމަކީ ތިމަން އިލާހުގެ ރިދާއެވެ. އަދި ބޮޑުވަންތަކަމަކީ ތިމަން އިލާހުގެ އިޒާރެއެވެ. މިދެޞިފައިން ކުރެ ޞިފައަކުން ޞިފަލިބިގެންފި މީހާ ތިމަން ރަސްލާނގެ ނަރަކަޔަށް ވައްދަވާ ހުށީމެވެ.”
އަދި އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
(( لا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ، قَالَ رَجُلٌ: إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا، وَنَعْلُهُ حَسَنَةً، قَالَ: إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ، الْكِبْرُ بَطَرُ الْحَقِّ، وَغَمْطُ النَّاسِ))2
މާނައީ: “ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރުވެސް އެމީހެއްގެ ހިތުގައިވައި މީހާ ސުވަރުގެ ނުވަންނަ ހުއްޓެއެވެ. މީހަކު ދެންނެވިއެވެ. ހަމަކަށަވަރުން (ކޮންމެ) މީހަކުވެސް އެމީހެއްގެ ހެދުމާއި އަދި އެމީހެއްގެ ފައިވާން ރީއްޗަށް ބަހައްޓަން ލޯބިކުރެތެވެ. ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ﷲ އީ ރިވެތިވަންތަ އިލާހެއެވެ. އަދި އެކަލާނގެ ރިވެތިވަންތަކަމަށް ލޯބިކުރައްވަތެއެވެ. ކިބުރުވެރިކަމަކީ ޙައްޤަށް އިންކާރު ކުރުމެވެ. އަދި މީސްތަކުން ނިކަމެތި ކުރުމެވެ.”
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ
[1] رواه مسلم
[2] رواه مسلم