بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
ބިސްމި އާއި ބެހޭގޮތުން ކުރިން ބަޔާންވެ ހިނގައްޖެއެވެ.
މިސޫރަތް ބާވައިލެއްވުމަށް މެދުވެރިވި ސަބަބެއްކަމުގައި ވަނީ: މުޝްރިކުން ނުވަތަ ޔަހޫދީންގެ ތެރެއިން ބަޔަކު ނަބިއްޔާ صلي الله عليه وسلم އަރިހުގައި ކަލޭގެފާނުގެ ރައްބު ސިފަ ކުރެއްވުމަށް އެދި ދެންނެވުމެވެ. ދެންފަހެ، ﷲ سبحانه وتعالى މި ސޫރާތް ބާވައިލެއްވިއެވެ.[1]
قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾
[ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ.]
(قل) ކަލޭގެފާނު ވިދާޅުވާށެވެ. މިޚިތާބު މިވަނީ ނަބިއްޔާ صلي الله عليه وسلم އަށާއި އެކަލޭގެފާނުގެ އުއްމަތަށްވެސް މެއެވެ.
(هو الله أحد) (هو) މިއީ ޢަރަބި ބަހުގެ ޤަވާޢިދުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ضَمِيْرُ الشَّأْنِ އެވެ. [އެ ضَمِيْرُ ބޭނުން ކުރައްވަނީ ކަމެއް ގެ ބޮޑުކަން ބަޔާން ކުރެއްވުމުގެ ގޮތުންނެވެ.]
(الله) لفظ الجلالة އަކީ މިޖުމްލައިގެ ފުރަތަމަ ޚަބަރެވެ. [ޢަރަބި ބަހުގެ ޤަވާއިދު ބުނާ ގޮތުން ޖުމްލަ އިސްމިއްޔާއެއް ކަމުގައި ވަނީނަމަ، އެޖުމްލައިގައި މުބްތަދާ އަކާއި ޚަބަރެއް އޮންނަން ޖެހެއެވެ. މުބްތަދާ އަކީ އެޖުމްލައިގައި ވާހަކަ ދެކެވޭ އެއްޗެވެ. ޚަބަރަކީ އެއެއްޗަކާއި މެދު ގެނެވުނު ޚަބަރެވެ.]
އަދި (أحد) އަކީ ދެވަނަ ޚަބަރެވެ.
(الله الصمد) އަކީ ވަކި ޖުމްލައެކެވެ.
(الله أحد) އެބަހީ: އެމީހުން އެފަރަތާކާއި މެދު އެވާހަކަ ދައްކާ ސުވާލުކުރާ ފާރާތް ﷲ އެއީ (أحد) އެވެ. އެބަހީ: އެފަރާތެއްގެ މަތިވެރިކަމާއި ޢަޡަމަތްވަންތަކަމުގައި އެއްކައުވަންތަވެގެންވާ ފަރާތެވެ. އެއިލާހާ އެއްވަތުރު އެއްވެސް މިސާލެއް ނެތެވެ. އެއިލާހަށް ބައިވެރިއަކު ވެސް ނުމެވޭމެވެ. އަދި ކިއެއްތަ އެއިލާހަކީ އެއިލާހުގެ މަތިވެރިކަމާއި ޢަޡަމަތްވަންތަކަމާއި އެކު އެއްކައުވަންތަވެގެންވާ ފަރާތެވެ.
= ނުނިމޭ =
މިލިޔުމުގެ އެހެނިހެން ބައިތައް
______________________
[1] أخرجه الإمام أحمد في مسنده (5/133) والترمذي، كتاب التفسير، باب ومن سورة الإخلاص (3364).
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الإخلاص ގެ ތަފްސީރުގެ ތަރުޖަމާއެވެ.