[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الإخلاص ގެ ތަފްސީރު – 4

وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾

[އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ.]

(ولم يكن له كفوا أحمد) އެބަހީ އެއިލާހުގެ ހުރިހާ ސިފަތަކެއްގައި ވެސް އެއިލާހާއި އެއްފަދަ ވެގެންވާ އެހެން ފަރާތެއް ނުވެތެވެ. ފަހެ އެއިލާހަށް ބަފައެއް ނުވަތަ ދަރިއް ނުވަތަ އެނޫނަސް އެއްފަދަ އެހެން ފަރާތެއް ނުވާކަން އަންގަވައި އެކަންތައްތައް އެއިލާހުގެ ޒާތުފުޅުން ނަފީ ކުރެއްވިއެވެ.

މިސޫރަތަކީ ވަރަށް މާތް މަތިވެރިކަމެއް ލިބިގެންވާ ސޫރަތެކެވެ. ނަބިއްޔާ صلي الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

(إِنَّهَا تَعْدِلُ ثُلُثَ الْقُرُآنِ)[1]

 މާނައީ: “ހަމަކަށަވަރުން އެ (އެބަހީ: އިޚްލާޞް ސޫރަތް) ޤުރުއާނުގެ ތިންބައި ކުޅަ އެއްބަޔާ އެއްވަރެވެ.”

(ޤުރުއާނުގެ) ތިންބައި ކުޅަ އެއްބަޔާއި އެއްވަރީއެވެ. ތިންބައި ކުޅަ އެއްބައެއް ނޫނެވެ. ފަހެ، ޤުރުއާނުގެ ތިންބައިކުޅަ އެއްބަޔާ އެއްވަސް ޤުރުއާނުގެ ތިންބައި ކުޅަ އެއްބައި ކަމުގައި (މިސޫރަތް) ވެގެން ނުދާނެތެވެ. މީގެ ދަލީލަކީ މިސާލަކަށް މީހަކު ފަރުޟު ނަމާދުގައި މިސޫރަތް 3 ފަހަރު ކިޔެވުމުން އޭނާ އަށް ސޫރަތުލް ފާތިޙާ ކިޔެވުނު ކަމުގައި ވެގެން ނުދާނެތެވެ. އެހެނަސް އޭނާ 3 ފަހަރު ކިޔަވައިފި ނަމަ، އޭނާ ޤުރުއާން އެއްކޮށް ކިޔެވި ފަދައެވެ. (އަޖުރުގެ ގޮތުންނެވެ). އެހެނަސް މުޅި ޤުރުއާން ކިޔެވި ކަމަކަށް ނުވާނެއެވެ.

އެއްޗެއް އެއްޗެކާ އެއްވަރުވުމާއި އެއީ އެއެތި ނޫން ކަމުގައި ވުމީ ހަމަ ނުޖެހޭ ބުއްދި ޤަބޫލު ނުކުރެވޭ ކަމެއް ވެސް ނުމެ ނޫނެވެ. ބައްލަވާށެވެ. ނަބިއްޔާ صلي الله عليه وسلم ޚަބަރު ދެއްވާފައި ވެއެވެ.

((لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْر))

“މިފަދައިން މީހަކު ކިޔައިފި ނަމަ، އޭނާ އިސްމާޢީލް عليه السلام ގެ ދަރިފަސްކޮޅުން ނުވަތަ އިސްމާޢީލް ގެ ފާނުގެ ދަރިކަލުން ކުރެ 4 ނަފްސު (އަޅުން) މިނިވަން ކުރި ފަދަ އެވެ.”[2]

އެއާއި އެކު މީހަކު ކައްފާރާ ގޮތުގައި އަޅަކު މިނިވަން ކުރަން ޖެހި އޭނާ މިދުޢާ ކިޔައިފި ނަމަވެސް އޭނާ ކައްފާރަ ދިން ކަމުގައި  ނުފުދޭނެތެވެ. އެއްޗެއް އެއްޗަކާއި އެއްވަރުވުން، އެއީ އެކަން ކުރުން ކަމުގައި ނުއެއް ފުދޭނެތެވެ.

ނަބިއްޔާ صلي الله عليه وسلم މިސޫރަތް ފަތިސް ނަމާދާއި މަޣްރިބް ނަމާދުގެ ސުންނަތާއި އަދި ޠަވާފުގެ ދެރަކަޢަތުގެ ދެވަނަ ރަކަޢުތަގައި ކިޔަވާ ވިދާޅުވާ ކަމުގައި ވެއެވެ. އަދި ވިތުރީގައިވެސް ކިޔަވާވިދާޅުވާ ކަމުގައި ވެއެވެ. އެހެނީ މިސޫރަތް ބިނާވެފައި މިވަނީ ﷲ އަށް ވާ ފުރިހަމަ އިޚްލާޞްގެ މައްޗަށެވެ. މިސަބަބާއިހުރެ މިސޫރަތަށް ސޫރަތުލް އިޚްލާޞް ގެ ނަމުން ނަން ދެވުނެވެ.

= ނިމުނީ =

މިލިޔުމުގެ އެހެނިހެން ބައިތައް

____________________________________________

[1]  أخرجه البخاري، كتاب فضائل القرآن، باب فضل (قل هو الله أحد) (5015) ومسلم، كتاب صلاة المسافرين، باب فضل قراءة (قل هو الله أحد) (811) (259).

[2]  أخرجه مسلم، كتاب الذكر، باب فضل التهليل.