12. ޙަޔަވާނުންނަށް އަނިޔާކޮށް އެއަށް ޢަޛާބު ދޭމީހުން
ޖާބިރު رضي الله عنه ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((…عُرِضَتْ عَلَيَّ النَّارُ، فَرَأَيْتُ فِيهَا امْرَأَةً مِنْ بَنِي إِسْرَائِيلَ تُعَذَّبُ فِي هِرَّةٍ لَهَا، رَبَطَتْهَا فَلَمْ تُطْعِمْهَا، وَلَمْ تَدَعْهَا تَأْكُلُ مِنْ خَشَاشِ الْأَرْضِ…))1
މާނައީ: “ތިމަން ކަލޭގެފާނަށް ނަރަކަ ދެއްކެވުނެތެވެ. އެހިނދު ނަރަކައިގައި ބުޅަލެއްގެ ސަބަބުން ޢަޛާބު ދެއްކެވޭ ބަނީ އިސްރާއީލުގެ އަންހެނަކު ފެނިވަޑައިގަތެއެވެ. އޭނަ އެބުޅާ ބަދެފާ ކާން ނުދީ ބޭއްވިއެވެ. އަދި އޭތި އަމިއްލަޔަށް ބިންމަތިން ކާއެއްޗެހި ހޯދައިގެން ކާން ދޫކޮށްވެސް ނުލިއެވެ.”
މިއީ ބުޅަލަށް އަނިޔާކުރާ މީހުންގެ ޙާލު ކަމުގައިވާއިރު، ﷲ އަޅުތަކުންނަށް އަނިޔާކޮށް އެބައިމީހުންނަށް ޢަޛާބު ދެމުންދާ މީހުންގެ ޙާލަކީ ކޮބައި ހެއްޔެވެ؟ އަދި އެމީހުންގެ ތެރެއިން ޞާލިޙު އަޅުންނަށް އެބައިމީހުން ﷲ އަށް އީމާންވި ކަމަށްޓަކައި އަދި އިސްލާމް ކަމަށްޓަކައި އެބައިމީހުންނަށް އަނިޔާކޮށް ޢަޛާބު ދެމެން ގެންދާ މީހުންގެ ޙާލަތަކީ ކޮބައި ހެއްޔެވެ؟
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ
[1] رواه مسلم