[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ކަށުނަމާދުގައި އިމާމުމީހާ ހުންނަތަން

783927

އަންހެނެއް ނުވަތަ ފިރިހެނެއްގެ މައްޗަށް ކަށުނަމާދުކުރާއިރު، އިމާމުމީހާ ހުންނާނީ މައްޔިތާގެ ކޮން ދިމާލެއްގައި ހެއްޔެވެ؟

ސުންނަތްވެގެންވަނީ މައްޔިތާއަކީ ފިރިހެނެއްނަމަ، އިމާމުމީހާ އޭނާގެ ބޮލާ ދިމާލުގައި ހުރުމެވެ. އަދި މައްޔިތާއަކީ އަންހެނެއްނަމަ އޭނާގެ މެދާދިމާލުގައި ހުރުމެވެ. އެހެނީ އެކަންވަނީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައެވެ. އެއީ އަނަސްގެފާނުގެ އަރިހުން ރިވާވެފައިވާ ޙަދީޘްއާއި ސަމުރާ ބުން ޖުންދުބު رضي الله عنهما ގެ އަރިހުން ރިވާވެފައިވާ ޙަދީޘްގައެވެ.

އަދި ބައެއް ޢިލްމުވެރިން ވިދާޅުވަނީ ސުންނަތްވެގެންވަނީ ފިރިހެނެއްނަމަ އޭނާގެ މެޔާދިމާލުގައި ހުރުމެވެ. ނަމަވެސް އެބަސްފުޅަކީ ބަލިކަށި ބަސްފުޅެކެވެ. އަދި އަޅުގަނޑުމެންނަށް އެނގިފައިވާގޮތުގައި އެބަސްފުޅަށް ދަލާލަތުކުރާނެ ދަލީލެއް ނުވެއެވެ.

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله

(ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ)  

مجموع الفتاوى 13/ 142

_____________________________

މިފަތުވާގެ އަޞްލު