[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނިފާޤުކަން 12

nifaq

  1. މުއުމިނުންނަށް ފުރައްސާރަކުރުން

ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.

 (( وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَىٰ شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُون))  )) اللَّـهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ )) ﴿سورة البقرة 14، 15﴾

މާނައީ: “އަދި إيمان ވި މީހުންނާ އެބައިމީހުން ބައްދަލުވެއްޖެނަމަ، އެބައިމީހުން ބުނެއުޅެނީ، ތިމަންމެން މިތިބީ إيمان ވެގެންނެވެ. އެބައިމީހުންގެ شيطان ންނާ (އެބަހީ: ދެކޮޅުވެރިކަމާއި كفر ވެރިކަމުގައި އެބައިމީހުންގެ ތެރެއިން ކުރިޔަށް ތިބިމީހުންނާ) އެބައިމީހުން އެއްތަންވެއްޖެނަމަ، އެބައިމީހުން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބަޔަކީމުއެވެ. اللَّه، އެބައިމީހުން ކުރި ފުރައްސާރައިގެ ޖަޒާ އެބައިމީހުންނަށް ދެއްވާހުށްޓެވެ. އަދި ދެފުށުއެޅޭ حال ގައި، އެބައިމީހުންގެ އުރެދުމުގައި އުޅުމަށް އެބައިމީހުންނަށް މުއްދަތު ދިގުކުރައްވާނެތެވެ.”

އިބުނުލް ޤައްޔިމް –رحمه ﷲ- ވިދާޅުވެފައިވެއެވެ. “އެއިން ކޮންމެ މީހަކަށް ދެމޫނެއް ލިބިގެން ވެއެވެ. މުއުމިނުންނާއި ބައްދަލުކުރާ މޫނަކާއި އެބައިމީހުންގެ އެކުވެރިންކަމުގައިވާ ކާފަރުންނާއި ބައްދަލުކުރާ މޫނެވެ. އަދި ދެދޫވެސް އެއިން ކޮންމެ މީހަކަށް ލިބިގެންވެއެވެ. އެއިން އެއްދުލުން ބޭރުފުށުގައި މުއުމިނުންނާއި އެކުގައިވާކަށް ހާމަކުރެއެވެ. އަނެއްދުނުން އެބައިމީހުންގެ އެތެރޭގައި ފޮރުވިފައިވާ ސިއްރުތައް ތަރުޖަމާ ކުރެއެވެ.

އަދި ހަމަކަށަވަރުން ﷲގެ ފޮތާއި ސުންނަތުން އެބައިމީހުން މޫނު އަނބުރާލާފައިވަނީ މުއުމިނުންނަށް ފުރައްސާރަކޮށް ދެރަކުރާޙާލުގައެވެ. އަދި ވަޙީއާއި ސުންނަތުގެ ޙުކުމްތަކަށް އިޖާބަނުދީ ފުރަގަސްދެނީ އެބައިމީހުންގެ އަތުގައިވާ ، އެ ޢިލުމެއްގެ ސަބަބުން ނުބައިކަމާއި ކިބުރުވެރިކަން ފިޔަވާ އިތުރު އެއްޗެއް އިތުރުނުވާ ޢިލުމުގެ މައްޗަށް އުފާކުރާޙާލުގައެވެ. އެގޮތުން ތިބާއަށް އަބަދުވެސް އެފަދަ މީހާ ފެންނާނީ ޞަރީޙް ވަޙީގައި ހިފަހައްޓައިގެން ތިބޭ މީހުންނަށް ފުރައްސާރަކުރާތަނެވެ.

(( اللَّـهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ  )) ﴿سورة البقرة 15﴾

މާނައީ: ” اللَّه، އެބައިމީހުން ކުރި ފުރައްސާރައިގެ ޖަޒާ އެބައިމީހުންނަށް ދެއްވާހުށްޓެވެ. އަދި ދެފުށުއެޅޭ حال ގައި، އެބައިމީހުންގެ އުރެދުމުގައި އުޅުމަށް އެބައިމީހުންނަށް މުއްދަތު ދިގުކުރައްވާނެތެވެ.””

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް