[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 42

17760

13.ޝަރުޢީ ޢިލްމު އުނގެނުމުގައި އިޙްލާޞްތެރި ނުވުން

އަބޫހުރައިރާ رضي الله عنه  އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((مَنْ تَعَلَّمَ عِلْمًا يُبْتَغَى بِهِ وَجْهُ اللَّهِ لَا يَتَعَلَّمُهُ إِلَّا لِيُصِيبَ به عَرَضًا مِنَ الدُّنْيَا لَمْ يَجِدْ عَرَفَ الْجَنَّةِ يَوْم الْقِيَامَة))1

މާނައީ: މީހަކު ﷲ ތަޢާލާގެ ވަޖްހުފުޅު އަދައިގެން އުނގެނެންޖެހޭ ޢިލްމެއް އޭނަ އުނގެނުނީ ދުނިޔޭގެ ބޭނުންތަކުގެ ތެރެއިން ބޭނުމެއް ފުއްދަން ފިޔަވައި އެހެން ކަމެއް ކަމުގައި ނުވާނަމަ އޭނަޔަށް ސުވަރުގޭގެ ވަސްވެސް ޤިޔާމަތްދުވަހުން ނުލިބޭނެތެވެ.”

އަދި ޖާބިރު رضي الله عنه އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((لَا تَعَلَّمُوا الْعِلْمَ، لِتُبَاهُوا بِهِ الْعُلَمَاءَ، وَلَا لِتُمَارُوا بِهِ السُّفَهَاءَ، وَلَا تَخَيَّرُوا بِهِ الْمَجَالِسَ، فَمَنْ فَعَلَ ذَلِكَ، فَالنَّارَ النَّارَ))2

މާނައީ: ” ފަޚުރުވެރިވެ ޢިލްމުވެރިންނާއި ވާދަ ކުރުމަށާއި އަދި ޖާހިލުންނާއި ޖަދަލުކުރުމަށާއި އަދި މަޖްލިސްތަކުގައި މޮޅުކަން ދެއްކުމަށްޓަކައި ޢިލްމު ނުއުނގެނޭށެވެ. ފަހެ އެފަދަ ސަބަބަކަށް ޓަކައި ޢިލްމު އުނގެނިއްޖެ މީހަކަށް ވަނީ ނަރަކައެވެ. އަދި ނަރަކައެވެ.”

އަދި އިބްނު ޢުމަރު رضي الله عنه އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((من تعلَّم عِلمًا لغيرِ اللهِ ، أو أراد به غيرَ اللهِ ؛ فليتبوَّأْ مقعدَه من النَّارِ))3

މާނައީ: ﷲ ފިޔަވައި އެހެން ފަރާތަކަށް (ޝަރުޢީ) ޢިލްމެއް އުނގެނިއްޖެ މީހާ އޭނަގެ ޖާގަ ނަރަކައިން ހޯދައިފިއެވެ”  

 =ނުނިމޭ=

 މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ

                                          

 [1]رواه أبو داود و ابن ماجه وصححه الألباني

[2]رواه ابن ماجه و ابن حبان

[3]رواه الترمذي و ابن ماجه