[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރިޒުޤު ތަނަވަސް ކުރަން އެދޭމީހާ…! 2

rizq

4- ރިޒުޤުދެއްވާ އޭގައި ބަރަކާތްލެއްވުމާއި ތަނަވަސްކަން ދެއްވުމަށްއެދި ދުޢާކުރުން

ކޮންމެ ކަމެއްވެސް ޙާޞިލުކުރުމަށްވެސް މުސްލިމުއަޅާ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭނެ އެއްކަމަކީ ދުޢާކުރުމެވެ. އެގޮތުން ﷲ ތައާލާގެ އިސްމުފުޅުތަކުން ގިނަގިނައިން ދުޢާކޮށް އެއިލާހުގެ ހަޟުރަތުގައި ދަންނަވަން ޖެހެއެވެ. އެއިލާހު ކީރިތި ޤުރުއާނުގައި މިކަމަށް އަމުރުކުރައްވަވާ ވަޙިކުރައްވައިފައިވެއެވެ.

(وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ)(سورة الغافر 60)

މާނައީ: ”  އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاء ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.”

5- ޝުކުރުކުރުން

ﷲ ތައާލާ ދެއްވައިފައިވާ ރިޒުޤަށް އެއިލާހަށް ގިނަގިނައިން ޝުކުރުކުރަންޖެހެއެވެ. ދުލުންނާއި ހެޔޮ ޢަމަލުތަކުންނެވެ. އެއިލާހު ދެއްވައިފައިވާ މުދަލުން ހޭދަކޮށްގެންނެވެ. އަދި ހަރާމްކަންކަމަށް މުދާހޭދަ ކުރުމާއި މުދަލުން އިޞްރާފްކުރުމާއި ހަރާމް މަގުމަގުން މުދާ ހޯދުމުން ދުރުހެލިވެގެންނެވެ. ރިބާ، ޖުވާ، މިޔުޒިކު ކުޅުންފަދަ ކަންކަމުން ހޯދާ މުދަލަކީ އޭގައި އެއްވެސް ބަރަކާތެއް އެކުލެވިގެންވާ އެއްޗެއް ނޫނެކެވެ. ހަމައެހެންމެ އެފަދަ ކަންކަމަށް މުދާ ހޭދަކުރުމަކީ އެނިޢުމަތަށް ކުފުރުވެރިވުމެވެ. ﷲ ތަޢާލާގެ ރިޒުޤު ތަނަވަސް ކޮށްދެއްވަނީ ހެޔޮގޮތުގައި ޝުކުރުކުރާ އަޅުންނަށެވެ. އެއިލާހު ވަޙީ ކުރައްވައިފައިވެއެވެ.

(وَإِذْ تَأَذَّنَ رَبُّكُمْ لَئِنْ شَكَرْتُمْ لأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ) (سورة إبراهيم 7)

މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.”

އެހެންކަމުން ރިޒުޤު ތަނަވަސްވުމަށް އެދޭމީހާ މިކަންކަމާއި މިނޫނަސް ޤުރުއާނާއި ސުންނަތުން ޡާބިތުވާ އެންމެހާ ކަންކަމަށް ފަރުވާތެރިވެ އެކަންކަންކުރުމުގެ މަތީގައި ދެމިހުންނަށް ޖެހެއެވެ. ހަމައެހެންމެ ފާފަތަކާއި މުންކަރާތްތަކުން ދުރުހެލިވާންވެސް ޖެހެއެވެ. އެފަދަމީހާގެ މުދަލުގައި ބަރަކާތް ލެއްވިގެންދާނެކަމީ ޝައްކެތްހުރިކަމެއް ނޫނެކެވެ.

ނިމުނީ