[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އޭޕްރިލް ފޫލް…އެވަރުގެ ކަމެއްތަ! 1

މުސްލިމުންގެ ތެރެއިން އިސްލާމީ އަޤީދާގެ އަސާސްތައް ފަނޑުވެ ހުޅަނގުގެ ޡަޤާފަތްތަކާއި އާދަކާދަތައް ރޯވެ އާލާވެ ކުރިފަޅައިގެންގޮސްފައި ވަނީ ޢަޖައިބު ކުރުވަނިވި މިންވަރަކަށެވެ. ޣައިރު މުސްލިމުންގެ ތަފާތު އުޅުންތަކާއި ގުޅުންތައް މުސްލިމުން ނަކަލު ކުރަމުންދަނީ ތެލެއް ފެނެއް ވަކިނުވާ ޙާލުގައެވެ. އެގޮތުން އިސްލާމީ އަޤީދާއާއި ފުށުއަރާ އެތައް ކަމެއް މިއަދު މުސްލިމު މުޖުތަމަޢުތަކުގެ ތެރޭގައި ކުރެވެމުންދާއިރު އެކަމެއްގައި އިސްލާމްދީން ބުނެދީފައިވާ ގޮތް ބަލަނީ ވަރަށްވެސް މަދު މީހެކެވެ. ނަތީޖާއަކަށްވެގެންދަނީ މީހާއަށް ނޭންގި ހުއްޓާ އިސްލާމީ އުސޫލުތަކުން ބޭރުވެ ކާފަރުންގެ އަޤީދާތަކުގެ ތެރެއަށް އެފަދަ މީހާ ވަދެގެންދިޔުމެވެ.

މިގޮތުން ކާފަރުން ފާހަގަކުރާ ތަފާތު ޢީދުތައް މިއަދު މުސްލިމް ޤައުމުތަކުގައި ފާހަގަކުރުން މިވަނީ އާދައަކަށް ހަދާފައެވެ. ލޯބިވެރިންގެދުވަހާއި އުފަންދުވަހާއި ކުރިސްމަސްދުވަހުގެ އިތުރުން މުޅި އިންސާނިއްޔަތު ގޯސް ކަންކަމުގެ ގޮތުގައި ބަލައިގެންފައިވާ ހުތުރު ސިފަތަކުން ނަންދެވިފައިވާ ދުވަސްތައްވެސް މިވަނީ ފާހަގަ ކުރަން ފަށާފައެވެ. އެގޮތުން ކުރިމަތީގައިމިވާ އޭޕްރިލްމަހުގެ 1 ވަނަ ދުވަހަކީ ވެސް އޭޕްރިލް ފޫލް ގެ ނަމުގައި ފާހަގަކުރަމުންދާ މިފަދަ ދުވަހެކެވެ. މިއީ ދިވެހި ޖީލުގައި، ޚާއްޞަކޮށް ޒުވާނުންގެ ތެރޭގައި ފެތުރެމުން އަންނަ ނުބައި އަޚްލާޤީ ސިފައެކެވެ. އެގޮތުން މިދުވަހު ބަޔަކު މީހުން ރާވައިގެން ކޮންމެވެސް މީހަކު މޮޔަ ހައްދާ ބިރުގަންނަވާނެއެވެ. މިކަން ކުރަނީ މަޖާ ކުރުމަށްޓަކައެވެ. އެގޮތުން އެބައިމީހުންގެ ރޭވުން ކާމިޔާބު ކުރުމަށްޓަކައި ގިނަ ދޮގުތަކެއް ހަދާ އެމީހާއަށް ބޮޑުވެގެންވާ ލަނޑެއްދޭނެއެވެ. އަދި އެއީ އޭޕްރިލް ފޫލްކަމަށްބުނެ އެއީ މަޖަލެއްކަމުގައި ހަދައެވެ. އެހެން ކަމުން މިކަމުގައި އިސްލާމްދީން ދެކެނީ ކިހިނެއްކަން އެނގުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކުރާކަމެކެވެ.

 

ދޮގުހެދުމަކީ ބޮޑު ފާފައެއް

ކީރިތި ޤުރްއާނުގެ ސޫރަތުއް ނަޙްލުގެ 105 ވަނަ އާޔަތުގައި اللهُ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ وَأُولَئِكَ هُمُ الْكَاذِبُونَ)

މާނަ: [ދޮގުހަދާކަން ކަށަވަރީ، اللهُގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ ދޮގުވެރީންނެވެ.]

އަދިވެސް ރަސޫލާ (صَلَّى اللهُ عَلَيْهِ وسَلَّمَ) ގެ ސުންނަތުން އެނގޭގޮތުގައި ދޮގުހެދުމަކީ ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައިވާ މުނާފިޤުންގެ ސިފައެކެވެ.

عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( آيَةُ الْمُنَافِقِ ثَلَاثٌ : إِذَا حَدَّثَ كَذَبَ ، وَإِذَا وَعَدَ أَخْلَفَ ، وَإِذَا اؤْتُمِنَ خَانَ )  (رواه البخاري (33) ومسلم (59))

اللهُ ރުއްސުންލެއްވި އަބޫ ހުރައިރާ ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރެއްވިއެވެ. “މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. ވާހަކައެއް ދައްކައިފިނަމަ ދޮގުހަދާނެ އެވެ. ވަޢުދެއްވެއްޖެނަމަ އެއާ ޚިލާފުވާނެ އެވެ. އަމާނާތަކާ ޙަވާލުވެއްޖެނަމަ އެއަށް ޚިޔާނާތްތެރި ވާނެއެވެ.”

 

=ނުނިމޭ=