މީސްތަކުންގެ ތެރެއިން ގިނަބަޔަކުވަނީ ރިބާކެއުމުގެ ނުބައިކަން ބަޔާންވުމުން އެކަމުން ދުރުވެފައެވެ. ނަމަވެސް އެއަށްވުރެން ނުބައިވެގެންވާ ކަމެއްގެ މަތިން ހަނދާން ނައްތާލާ ފަރުވާކުޑަކޮށްފައެވެ. އެއީ ޣީބަބުނުމެވެ.
وعن سعيد بن زيد – رضي الله عنه – عن النبي صلى الله عليه وسلم قال : (( مِنْ أَرْبَى الرِّبَا الِاسْتِطَالَةُ فِي عِرْضِ الْمُسْلِمِ بِغَيْرِ حَقٍّ )) . [رواه أبو داود ، والبيهقي في شعب الإيمان وصححه الألباني]
ސަޢީދު ބުން ޒައިދު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން އެންމެ ބޮޑުވެގެންވާ ރިބާއަކީ މުސްލިމަކު އޭނާގެ މުސްލިމް އަޚާގެ އަބުރަށް ޙައްޤަކާ ނުލާ އަރައިގަތުމެވެ.” (ޙަދީޘް ރިވާކުރެއްވީ އަބޫދާވޫދު އަދި ބައިހަޤީ، ޝުޢަބުލް އީމާން ކިޔުނު ފޮތުގައި)
* ލޮބުވެތި އަޚާއެވެ: ޣީބަބުނުމަކީ ތިބާގެ އަޚާގެ ކިބައިގައިވާ އޭނާ ނުރުހޭ ކަމެއްގެ ވާހަކަ ދެއްކުމެވެ. އެކަމަކީ އޭނާގެ ނަސަބާއި އަޚުލާޤާއި ފޭރާމާއި އަދި ޖިސްމާނީ ގޮތުން ހުރިކަމެއްގެ ވާހަކަ ކަމުގައި ވީނަމަވެސް ނޫނީ, ދީނީ ކަންކަމަށް ފަރުވާކުޑަކުރުން ކަމުގައި ވީނަމަވެސް އޭނާ ނުރުހޭ ފަދަ ވާހަކައެއް ޒިކުރުކުރުން ކަމުގައިވާނަމަ އެކަން ވެގެންދާނި ޣީބަބުނުމުގެ ތެރެއިންނެވެ.
=ނުނިމޭ=
_________________________________
(މިއީ މަދާރުލްވަތަންގެ މަޖައްލާ ފާކިހަތުލް މަޖާލިސް، ޢަދަދު 146، އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެއް)