[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޣީބަބުނުމުގެ ޙަޤީޤަތާއި އޭގެ ނުރައްކާތެރިކަން! – 11

qeeba

އަންނަނިވި ޙަދީޘް ބަސްފުޅު ބައްލަވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.

 ((مَنْ رَدَّ عَنْ عِرْضِ أَخِيهِ الْمُسْلِمِ كَانَ حَقًّا عَلَى اللهِ عَزَّ وَجَلَّ أَنْ يَرُدَّ عَنْهُ نَارَ جَهَنَّمَ يَوْمَ الْقِيَامَةِ)) [رواه أحمد]

މާނައީ: ” އޭނާގެ މުސްލިމު އަޚާގެ އަބުރު ދިފާޢުކޮށްދީފިނަމަ، ޤިޔާމަތްދުވަހުން އެމީހަކު ޖަހަންނަމައިގެ އަލިފާނުން ދުރުކޮށް (ރައްކާތެރިކޮށް) ދެއްވުމަކީ ﷲ عز وجل އަށް ޙައްޤުވެވޮޑިގެންވާ ކަމެކެވެ.” (ޙަދީޘް ރިވާކުރެއްވީ އިމާމް އަޙްމަދު)

ޣީބަބުނުމަށް ދެވިހިފާފައި މީހަކު، އޭނާގެ ވާހަކަތައް އަޑުއަހާނެ ކަންފަތެއް ނެތްކަމުގައި ވީނަމަވެސް އޭނާ އެވާހަކަ ކުރުކުރާކަށް ނުހަދާނެއެވެ. އަދި ތިބާ އޭނާގެ ވާހަކަ އަޑުއަހާ އެކަމަށް އިންކާރު ނުކޮށްފިކަމުގައި ވަނީނަމަ، ތިބާވެސް އޭނާގެ ފާފައިގެ ހިއްސާދާރެއް ކަމުގައި ވެގެންދާނެއެވެ. އަދި އެކަމަށް އިންކާރު ނުކުރާޙާލު، އެފަދަވާހަކަދެކެވޭ މަޖިލިހެއްގައި ތިބާ ބައިވެރިވާކަމުގައި ވަނީނަމަ ތިބާއަކީވެސް އެކަމުގެ ބައިވެރި އެއްކަމުގައި ވެގެންދެއެވެ.

އިސްވެ ބަޔާންވެގެން ދިޔަފަދައިން ޣީބަބުނުމަކީ އިންތިހާއަށް އެކަމުގެ ނުބައިކަން ބޮޑު ހުތުރު ޢަމަލެކެވެ. އަދި ﷲ ތަޢާލާގެ ތައުފީޤު ދެއްވި އަޅަކު މެނުވީ ގިނަބަޔަކު މިވަނީ މިކަމުގެ ތެރެއަށް ޣަރަޤުވެފައެވެ. އެހެންކަމުން ތިބާގެ ނަފްސު އެކަމުގައި ހޭލައްވާލައި، ޣީބައިން ހަށިފޮޅާލެވޭނެފަދަ މީހަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރައްވާށެވެ. އަދި މުސްލިމުންގެ މައްޗައްވަނީ އެކަމުން ދުރުވެ ރައްކާތެރި ވުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. އަދި ތިބާގެ މައްޗަށް ޣީބަ ބުނެ ހަދާ މީހުންނަށް މާފުކޮށް، ޞުލްޙަވެ، ހިތްޚަލާސް ކުރުމަކީ އެކަމުގައި މަތިވެރިވެގެންވާ ދަރުމަ ހުރިކަމެކެވެ.

ﷲ ތަޢާލާ ވަޙިކުރައްވާފައި ވެއެވެ.

﴿ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّـهِ ۚإِنَّهُ لَا يُحِبُّ الظَّالِمِينَ﴾  الشورى: ٤٠

މާނައީ: “ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) ޢަފޫކޮށް، ޞުލްޙަ ވެގަތްމީހާގެ ޘަވާބު ވަނީ، ﷲ ގެ ޙަޟުރަތު ގައެވެ. ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ.”

މީސްތަކުންނަށް މާފުކުރުމުގެ ސަބަބުން ތިބާގެ ފަރާތުން މީސްތަކުންނަށް ބުނެވިފައިވާ ހިތްނުރުހޭ ބަސްތަކަށް މީސްތަކުން މަޢާފުކޮށް ސުލްޙަވުމަށް ހުޅުވޭ ދޮރަކަށް އެކަން ވެގެންދެއެވެ. އަދި މާފުކޮށް ސުލްޙަވީ މީހާއަށް އެކަމުގެ ސަބަބުން ވިސްނި، ހެޔޮމަގަށް ރުޖޫޢަވުމަށް އެޅިގެންދާ ބާރަކަށް އެކަންވެގެންދެއެވެ.

=ނުނިމޭ=

_________________________________

(މިއީ މަދާރުލްވަތަންގެ މަޖައްލާ ފާކިހަތުލް މަޖާލިސް، ޢަދަދު 146، އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެއް)

މިލިޔުމުގެ އެހެންބައިތައް