[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ސެލިއުޓުކުރުމާއި ސަލާމުގެ ގޮތުގައި ހަމައެކަނި އިޝާރާތްކުރުމުގެ ޙުކުމް

salute

الحمد لله

އިމާމުއް ތިރްމިޛީގެ ސުނަންގައި ރިވާވެގެން އައިސްފައިވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ޢަބްދުﷲ ބުން ޢަމްރު ރިވާކުރެއްވިއެވެ.

((لَيْسَ مِنَّا مَنْ تَشَبَّهَ بِغَيْرِنَا، لَا تَشَبَّهُوا بِاليَهُودِ وَلَا بِالنَّصَارَى، فَإِنَّ تَسْلِيمَ اليَهُودِ الإِشَارَةُ بِالأَصَابِعِ، وَتَسْلِيمَ النَّصَارَى الإِشَارَةُ بِالأَكُفِّ)) [رواه الترمذي وقال الألباني : حسن]

މާނައީ: “އަހަރުމެން ނޫން ބަޔަކާ ވައްތަރުވެގެންފިމީހާ އަހަރުމެންގެ ތެރެއިން ނުވެއެވެ. ޔަހޫދީންނާއި ނަޞާރާއިންނާ ވައްތަރުވެ ނުގަންނާށެވެ. ފަހެ، ޔަހޫދީންގެ ސަލާމަކީ އިނގިލިތަކުން އިޝާރާތްކުރުމެވެ. އަދި ނަޞާރާއިންގެ ސަލާމަކީ އަތްތިލައިން އިޝާރާތްކުރުމެވެ.”

އެކަލޭގެފާނުގެ ޙަދީޘްފުޅުގައި މިވާ (އަހަރުމެންގެ ތެރެއިން ނުވެއެވެ.) ގެ މުރާދަކީ އަހަރުމެންގެ މަގަށް ތަބާވާ މީހެއްކަމުގައި އޭނާ ނުވެއެވެ. އަދި (އެހަރުމެން ނޫން ބަޔަކާ ވައްތަރުވެގެންފިމީހާ) ގެ މުރާދަކީ އަހަރުމެންގެ މިއްލަތް ނޫން އެހެން މިއްލަތްތަކުގެ ބަޔަކާ ވައްތަރުވެގަތުމެވެ. މާނައަކީ: “އެބައިމީހުންކުރެ އެއްވެސް ބަޔަކާ އެބައިމީހުންގެ ޢަމަލުތަކުގައި ވައްތަރުވެ ނުގަންނާށެވެ. ޚާއްޞަކޮށް މިދެސިފައިގައެވެ.”

ބެލެވޭގޮތުން ސަލާމްކުރުމުގައި ނުވަތަ އެއަށް ޖަވާބު ދިނުމުގައި ނުވަތަ އެދެކަމުގައިވެސް އެބައިމީހުން އަނގަބަހުން ސަލާމްކިޔުމަކާ ނުލައި، އިޝާރާތްކުރާކަމުގައެވެ. އަނގަބަހުން ސަލާމް ކިޔުމަކީ އާދަމުގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ނަބިއްޔުންނާއި ޞާލިޙުންގެ ސުންނަތެކެވެ.

އަދި އިމާމުއްނަސާއީ ރަނގަޅު ސަނަދަކުން ޖާބިރުގެފާނުގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރެއްވިއެވެ.

((لَا تسلموا تَسْلِيم الْيَهُود وَالنَّصَارَى فإِن تسليمهم بالأكف والرؤوس وَالْإِشَارَة)) [رواه النسائي في السنن الكبرى]

މާނައީ: “ޔަހޫދީންނާއި ނަޞާރާއިން ސަލާމްކުރާފަދައިން ސަލާމްނުކުރާށެވެ. ފަހެ، ހަމަކަށަވަރުން އެބައިމީހުން ސަލާމްކުރަނީ އަތުންނާއި ބޮލުންނާ އަދި އިޝާރާތުންނެވެ.” …

ފަހެ، ދުލުންބަހެއްނުކިޔައި ހަމައެކަނި އިޝާރާތުން ސަލާމްކުރުމަކީ ޔަހޫދީން ނުވަތަ ނަޞާރާއިންނާ ވައްތަރުވެގަތުމެވެ. މިގޮތުން ޢަސްކަރިއްޔާގައި ކުރާ ގިނަ ސެލިއުޓުތައް މީގައި ހިމެނެއެވެ. އަނގަބަހުން ސަލާމްކުރުމަކާ ނުލައި (އެބަހީ: އައްސަލާމް ޢަލައިކުން ނުކިޔައި)، ހަމައެކަނި އިޝާރާތުން ސަލާމްކުރުމަކީ ބިދުޢައެއްކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ.[1]

والله تعالى أعلم.

الشيخ محمد صالح المنجد

މިފަތުވާގެ އަޞްލު: ބައްލަވާ

______________________________

[1]  انظر اللُّمَع للتركماني 1/285،282