މިލިޔުމަކީ ރާބިޠަތުލް ޢާލަމުލް އިސްލާމީގެ ދަށުން ކުރިއަށް ގެންދާ މަޖްމަޢުލް ފިޤްހީއިން ތައްޔާރުކޮށްފައިވާ “متعة المطلقة” މިބަޙުޘް އަޞްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. މިލިިޔުން ޢަރަބި ބަހުން ލިޔުއްވާފައިވަނީ أ.د. أحمد بن صالح آل عبدالسلام (أستاذ الفقه المقارن في المعهد العالي للقضاء) އެވެ.
- މުޤައްދިމާ
 - مُتْعَةُ المُطَلَّقَة (ވަރިކުރެވޭ އަންހެނާއަށް ފިރިމީހާގެ ފަރާތުންދޭ މުދަލާއި ވަރީ)ގެ ތަޢާރަފު
 - ވަރިކުރުމަށްފަހު މުދަލެއް ދިނުން ޝަރުޢުކުރައްވާފައިވާކަމުގެ ދަލީލުތައް
 - ޙުކުމް
 - މިންވަރު ކަނޑައެޅުން
 - އަނބިމީހާއަށް އަނިޔާކުރުމުގެ ގަޞްދުގައި އޭނާ ވަރިކުުރުމާއި މިކަމާހުރި ގުޅުން
 - މިކަން ފިލައިދިޔުމަށް މެދުވެރިވާ ސަބަބުތައް
 - ވަރިކުރެވޭ އަންހެނާއަށް ފިރިމީހާގެ ފަރާތުން މުދަލެއް ދިނުމަށް ލާޒިމުކުރުން
 - ނިންމުން
 
***
- 
މުޤައްދިމާ
 
ދެމަފިރިންނަށް ދިމާވާ މައްސަލަތަކުން ދުރުހެލިވުމުގެ ވަސީލަތެއްކަމުގައި، ﷲ ތަޢާލާވަނީ ވަރިކުރުން ލައްވާފައެވެ. އެގޮތުން ވަރިކުރުމާ ގުޅިގެން މެދުވެރިވާ ކަންތައްތަކެއް ހުރެއެވެ. އެކަންކަމުގެ ތެރޭގައި ވަރިކުރުމަށްފަހު އަންހެނާއަށް މުދަލެއް (مُتْعَةُ المُطَلَّقَة) ދިނުން ހިމެނެއެވެ.
އެހެންކަމުން މިލިޔުމުގައި މައިގަނޑު ގޮތެއްގައި ބަލާލާނީ ތިން ކަމަކަށެވެ.
ފުރަތަމައީ: އިސްލާމީ ޝަރީޢަތުގައްޔާއި ވަޟައީ ޤާނޫނުތަކުގައި، ވަރިކުރެވިފައިވާ އަންހެނާއަށް މުދަލެއް ދިނުމުގެ ޙުކުމް
ދެވަނައީ: އިސްލާމީ ޝަރީޢަތުގައްޔާއި ވަޟަޢީ ޤާނޫނުތަކުގައި މިފަދައިން ދެވޭ މުދަލުގެ މިންވަރު ކަނޑައެޅުން
ތިންވަނައީ: މިކަން ފިލައިދާ ސަބަބުތައް
= ނުނިމޭ =
ތަރުޖަމާކުރީ
އައްޝައިޚް ޔާމީން ނާޞިރު
އައްޝައިޚް ޢިމްރާން މުޙައްމަދު
________________________
				
								
















