[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 67 ” ބާޒާރުތައް ކައިރިވުން… “

qiyaamai vumuge

  1. ބާޒާރުތައް ކައިރިވުން.

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ. ((لَا تَقُومَ السَّاعَةُ حَتَّى تَظْهَرَ الْفِتَنُ، وَيَكْثُرَ الْكَذِبُ، وَتَتَقَارَبَ الْأَسْوَاقُ))[1] “ފިތުނަ ފާޅުވެ، ދޮގުހެދުން ގިނަވެ އަދި ބާޒާރުތައް ކައިރިވުމަށް ދާންދެން ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ.”

الشيخ حَمُوْد التُّوَيجِرِي[2] ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “ބާޒާރުތައް ކައިރި ވުމާމެދު ދަންނައެވެ. ފަހެ އެއީ އިޤްތިޞާދު އަޑިއަޅައި ފައިދާ ދަށަށްދިއުން ކަމުގައި ޟަޢީފް ޙަދީޘެއްގައި އައިސްފައި ވެއެވެ. –އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.- ފާޅުވެ ފެންނަންއޮތީ އެއީ އަހުރެމެންގެ މިޒަމާނުގައި މިވާގޮތަށް ބިމުގެ އެއްބަޔަކު އަނެއްބަޔަކާ ކައިރިވާނެ ކަމުގެ އިޝާރާތެއްކަމެވެ. އެއީ އެއްގަމާއި ޖައްވުގެ އުޅަނދުތަކާއި އެއެއްގެ ސަބަބުން ވިޔަފާރީގެ މަރުކަޒުތައް ކައިރިކޮށްލަދިން ރޭޑިއޯއާއި ފޯނުފަދަ މުވާޞަލާތު ކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތަކުގެ ސަބަބުންނެވެ. ފަހެ ވިޔަފާރިވެރިންނަށް ނޭނގޭ ގޮތަކަށް ނުވަތަ ގިނަފަހަރުގައި އެފަދައިން ނުވާ ގޮތަކަށް ދުނިޔޭގެ އެއްވެސް ބާވަތެއްގެ މުދަލެއްގެ އަގަކަށް ބަދަލެއް ނާދެއެވެ. އަގު ބޮޑުވެއްޖެ ނަމަ އެމީހުންވެސް އަގުބޮޑު ކޮށްލައެވެ. އަދި އަގު ދަށަށް ގޮސްފިނަމަ ދަށްކޮށްލައެވެ. އެތައް ދުވަހަކުން ދަތުރު ކުރެވޭ ދުރުމިނުގައިވާ ޤައުމުތަކުގެ ބާޒާރުތަކަށް ވިޔަފާރިވެރިން ކާރުގައި ޖައްސާލަނީއެވެ. އަދި އެމީހުންގެ ޙާޖަތްތައް ފުއްދައި އެއަށްފަހު އެއްދުވަސް ނުވަތަ ދުވަހެއްގެ ބައިކުޅަބައި ތެރޭގައި އެނބުރި އަންނަނީއެވެ. އަދި މައްސަރެއްގެ ރާސްތާވާ ޤައުމުތަކުގެ ބާޒާރުތަކަށް މަތިންދާބޯޓުގައި ގޮސްލުމަށްފަހު އެމީހުންގެ ބޭނުން ފުއްދައި ދުވަހެއް ނުވަތަ ދުވާލެއްގެ ބައިކުޅަބައިގެ ތެރޭގައި އެނބުރި އަންނަނީއެވެ.

ދެންފަހެ ބާޒާރުތައް ކައިރިވުމާމެދު ތިން ގޮތެއް ވެއެވެ:

ފުރަތަމައީ: އަގުތައް އުފުލި ތިރިވާކަން އެނގޭލެއް އަވަސްކަމެވެ.

ދެވަނައީ: އެއް ބާޒާރުން އަނެއް ބާޒާރަށް ދަތުރު ކުރެވޭލެއް އަވަސްކަމެވެ. އެއީ މަގުގެ ދިގުމިން ކިތަންމެ ދުރު ކަމުގައި ވިޔަސްމެއެވެ.

ތިންވަނައީ: އެއްބަޔެއްގެ އަގުތައް އަނެއްބަޔަކާ ދާދި އެއްވަރެއްގައި ހުރުމެވެ. އަދި އަގު ބޮޑުކޮށް ކުޑަކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް ތަބާވުމެވެ. –والله أعلم-“

_________________________

[1] ((مسند أحمد)) (2 / 519 – بهامشه منتخب الكنز).

قال الهيثمي: ((رواه أحمد، ورجاله رجال الصحيح؛ غير سعيد بن سمعان، وهو ثقة)). (( مجمع الزوائد)) (7 / 327).

[2] އެއީ العَلاّمة الشيخ حَمُود بن عبدالله التوَيجِري النجدي އެވެ. ފަހުގެ ޢިލްމުވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މިހާރު ދިރިއުޅުއްވަނީ ރިޔާޒުގައެވެ. އަދި އެބޭފުޅާގެ ތާފާތު ލިޔުއްވުންތައް ވެއެވެ. އޭގެތެރޭގައި: ދެމުޖައްލަދުގެ މައްޗަށް އެކުލެވޭ ((إتحاف الجماعة بما جاء في الفتن والملاحم وأشراط الساعة)) ހިމެނެއެވެ. އަދި ކުދި ރިސާލާތަކާއި ބަޙުޘްތައް ހިމެނެއެވެ. މިސާލަކަށް: ((الصارم المشهور على أهل التبرج والسفور)) އާއި ((التنبيهات على رسالة الألباني قي الصلاة)) އާއި ((فصل الخطاب في الرد على أبي تراب)) އަދި މިނޫންވެސް ފޮތްތައް ހިމެނެއެވެ.