526 ވަނަ ޙަދީޘް:
526- وَعَنِ اِبْنِ عُمَرَ -رَضِيَ اَللَّهُ عَنْهُمَا- قَالَ: سَمِعْتُ رَسُولَ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ يَقُولُ: (( إِذَا رَأَيْتُمُوهُ فَصُومُوا, وَإِذَا رَأَيْتُمُوهُ فَأَفْطِرُوا, فَإِنْ غُمَّ عَلَيْكُمْ فَاقْدُرُوا لَهُ )) مُتَّفَقٌ عَلَيْهِ.
وَلِمُسْلِمٍ: (( فَإِنْ أُغْمِيَ عَلَيْكُمْ فَاقْدُرُوا ثَلَاثِينَ )) .
وَلِلْبُخَارِيِّ: (( فَأَكْمِلُوا اَلْعِدَّةَ ثَلَاثِينَ )) .
وَلَهُ فِي حَدِيثِ أَبِي هُرَيْرَةَ -رَضِيَ اَللَّهُ عَنْهُ-: (( فَأَكْمِلُوا عِدَّةَ شَعْبَانَ ثَلَاثِينَ )) .
اِبْنُ عُمَرَ -رَضِيَ اَللَّهُ عَنْهُمَا- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދިޘްކުރައްވާތީ ތިމަން އަޑުއެހީމެވެ. :{ ތިޔަބައިމީހުންނަށް (ރަމޟާންމަހަށް) ހަނދުފެނިއްޖެ ކަމުގައިވާނަމަ ރޯދަ ހިފާށެވެ. އަދި ތިޔަބައިމީހުންނަށް (ޝައްވާލުމަހަށް) ހަނދު ފެނިއްޖެކަމުގައި ވާނަ ރޯދަހިފުން ހުއްޓާލާށެވެ. އަދި ހަނދުފެނުމަށް ހުރަހެއް އެޅިއްޖެނަމަ މަހުގެ ދުވަސްތަކުގެ ޢަދަދު ގުނާށެވެ. (އެބަހީ: އުޑުމަތި ބަނަވެގެން ނުވަތަ ހިރަފުސް އަރާ ހަނދު ފެންނަވަރަށް ޖައްވު ސާފު ނޫންކަމުގައިވާނަމަ އަނެއް މަސް ފެށުމުގެކުރިން ކުރީމަހުގެ ތިރީސް ދުވަސް ހަމަކުރާށެވެ.) }
الإِمَامُ مُسْلِم ގެ ރިވާޔަތުގައި ވެއެވެ: { ހަނދުފެނުމަށް ހުރަހެއް އެޅިއްޖެނަމަ އެމަހަށް ތިރީސް ދުވަސް ގުނާށެވެ.}
الإِمَامُ الْبُخَارِيِّ ގެ ރިވާޔަތުގައި ވެއެވެ: { ތިރީސް ދުވަސް ފުރިހަމަ ކުރާށެވެ.}
އަދި އެކަލޭގެފާނު (الإِمَامُ الْبُخَارِيِّ) أَبُوْ هُرَيْرَةَ -رَضِيَ اَللَّهُ عَنْهُ- ޙަދީޘްގައި ރިވާކުރައްވާފައި ވެއެވެ. :{ ފަހެ ޝަޢުބާން މަހު ޢަދަދަށް ތިރީސް ދުވަސް ފުރިހަމަކުރާށެވެ.}
527 ވަނަ ޙަދީޘް:
527- وَعَنِ اِبْنِ عُمَرَ رَضِيَ اَللَّهُ عَنْهُمَا قَالَ: (( تَرَاءَى اَلنَّاسُ اَلْهِلَالَ، فَأَخْبَرْتُ رَسُولَ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ أَنِّي رَأَيْتُهُ، فَصَامَ، وَأَمَرَ اَلنَّاسَ بِصِيَامِهِ )) رَوَاهُ أَبُو دَاوُدَ، وَصَحَّحَهُ اِبْنُ حِبَّانَ، وَالْحَاكِمُ .
اِبْنُ عُمَرَ رَضِيَ اَللَّهُ عَنْهُمَا ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. { މީސްތަކުން ހަނދުބެލުމުގައި ވިއެވެ. ތިމަންކަލޭގެފާނަށް ހަނދުފެނިއްޖެކަމަށް رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ އަށް ޚަބަރުދިނީމެވެ. ފަހެ އެކަލޭގެފަނު ރޯދަ ހިއްޕެވިއެވެ. އަދި ރޯދަ ހިފުމަށް މީސްތަކުންނަށް އަމުރުކުރެއްވިއެވެ.}
ރިވާކުރެއްވީ الإِمَامُ أَبُو دَاوُدَ އެވެ. އަދި الإِمَامُ اِبْنُ حِبَّان އާއި الإِمَامُ الْحَاكِمُ މިޙަދީޘް ޞައްޙަކުރައްވައެވެ.
(ނޯޓް: މީގެ އިތުރުން الإِمَامُ الذهبي އަދި الشَيْخُ الأَلْباَنِي މި ޙަދީޘް ޞައްޙަކަމުގައި ވިދާޅުވެފައި ވެއެވެ.
މަސްދަރު: الشَيْخُ خَالِدُ بْنُ ضَيْفِ الله الشَلَاحِي ލިޔުއްވި خُلَاصَةُ الْكَلَاِم فِي تَخْرِيْجِ أَحَادِيْثِ بُلُوْغِ الْمَرَام )
-ނުނިމޭ-