[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بُلُوغُ اَلْمَرَامِ ގެ كِتَابُ اَلصِّيَامِ (6 ވަނަ ބައި)- ޙަދީޘް ނަންބަރު: 530 އަދި 531

بُلُوغُ اَلْمَرَامِ مِنْ أَدِلَّةِ اَلْأَحْكَامِ - غلاف4

530 ވަނަ ޙަދީޘް:

530- وَعَنْ عَائِشَةَ رَضِيَ اَللَّهُ عَنْهَا قَالَتْ: ((دَخَلَ عَلَيَّ اَلنَّبِيُّ صَلَى اللَّهُ عَلَيْه وَسَلَّمَ ذَاتَ يَوْمٍ، فَقَالَ: هَلْ عِنْدَكُمْ شَيْءٌ ؟ قُلْنَا: لَا، قَالَ: فَإِنِّي إِذًا صَائِمٌ، ثُمَّ أَتَانَا يَوْمًا آخَرَ، فَقُلْنَا: أُهْدِيَ لَنَا حَيْسٌ، فَقَالَ: أَرِينِيهِ، فَلَقَدْ أَصْبَحْتُ صَائِمًا، فَأَكَلَ ))  رَوَاهُ مُسْلِمٌ.

عَائِشَة رَضِيَ اَللَّهُ عَنْهَا ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. { އެއް ދުވަހެއްގައި ތިމަން ކަމަނާގެ އަރިހަށް ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ ވަދެވަޑައިގެންނެވިއެވެ. ދެންފަހެ ޙަދީޘްކުރެއްވިއެވެ. ކަމަނާގެ އަރިހުގައި އެއްވެސް އެއްޗެއް އެބަހުރި ހެއްޔެވެ. ތިމަންކަމަނާދެއްނެވީމެވެ. ނޫނެކެވެ. ހަދީޘްކުރެއްވިއެވެ. އެހެންވީމާ ތިމަންކަލޭގެފާނު މިހުރީ ރޯދައަށެވެ. ދެންވެސް އެހެން ދުވަހެއްގައި ތިމަން ކަމަނާގެ އަރިހަށް ވަޑައިންގެންނެވިއެވެ. ތިމަންކަމަނާދެއްނެވީމެވެ. ތިމަންމެނަށް حَيْس ހަދިޔާކޮށްފައި އެބަހުއްޓެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. އެ ދައްކާލައްވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެ ފާނު ރޯދަވެރިއެއް ކަމުގައި ވީމެވެ. ދެންފަހެ އެކަލޭގެފާނު އޭގެން ފަރިއްކުޅުއްވިއެވެ.}

ޙަދީޘް ރިވާކުރެއްވީ الِإمَامُ مُسْلِم އެވެ.

531 ވަނަ ޙަދީޘް:

531- وَعَنْ سَهْلِ بْنِ سَعْدٍ رَضِيَ اَللَّهُ عَنْهُمَا, أَنَّ رَسُولَ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ قَالَ: (( لَا يَزَالُ اَلنَّاسُ بِخَيْرٍ مَا عَجَّلُوا اَلْفِطْرَ ))  مُتَّفَقٌ عَلَيْهِ .

 وَلِلتِّرْمِذِيِّ: مِنْ حَدِيثِ أَبِي هُرَيْرَةَ رَضِيَ اَللَّهُ عَنْهُ عَنِ اَلنَّبِيِّ صَلَى اللَّهُ عَلَيْه وَسَلَّمَ قَالَ: (( قَالَ لله عَزَّوَجَلَّ أَحَبُّ عِبَادِي إِلَيَّ أَعْجَلُهُمْ فِطْرًا )).

سَهْلِ بْنِ سَعْدٍ رَضِيَ اَللَّهُ عَنْهُمَا ގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘްކުރެއްވިއެވެ. { ރޯދަ ވީއްލުން އަވަސްކުރާހާ ހިނދަކު މީސްތަކުންގެ ކިބައިން ހެޔޮކަން ފިލާނުދެތެވެ.}

مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)

އަދި الِإمَامُ التِّرْمِذِيِّ ރިވާކުރެއްވި ޙަދީޘްގައި ވެއެވެ. أَبُو هُرَيْرَةَ رَضِيَ اَللَّهُ عَنْهُ ރިވާކުރައްވާފައި ވެއެވެ. ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދިޘްކުރެއްވިއެވެ. { الله عَزَّوَجَلَّ ވަޙީކުރެއްވިއެވެ. ތިމަން އިލާހު އަޅުތަކުންގެ ތެރެއިން ތިމަން އިލާހުގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ ރޯދަ ވީއްލުން އެންމެ އަވަސްކުރާ މީހާއެވެ.}

(ނޯޓް: الِإمَامُ التِّرْمِذِيِّ ރިވާކުރެއްވި ޙަދީޘްގެ މިބައި ޢިލްމުވެރިން ޟަޢީފުކަމަށް ވިދާޅުވެއެވެ. އެގޮތުން الِإمَامُ أحمد މިއީ މުންކަރު ޙަދީޘެއްކަމަށް ވިދާޅުވިއެވެ.

މަސްދަރު: خُلَاصَةُ الْكَلَاِم فِي تَخْرِيْجِ أَحَادِيْثِ بُلُوْغِ الْمَرَام ލިޔުއްވީ الشَيْخُ خَالِدُ بْنُ ضَيْفِ الله الشَلَاحِي.)

-ނުނިމޭ-

ކުރީގެ ބައިތައް ބެއްލެވުމަށް މިލިންކަށް ޒިޔާރަތްކޮށްލައްވާ