[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުޞޫލުލް އީމާން 1

13407530_1116575351719368_527080273_n

  1. ﷲ ތަޢާލާ މަޢްރިފާކޮށް ދެނެގަތުމާއި އެކަލާނގެއަށް އީމާންވުމުގެ ވާހަކަ ބަޔާން ކުރެވުނު ބާބު
  1. عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: (( قَالَ اللهُ تَبَارَكَ وَتَعَالَى: أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ، مَنْ عَمِلَ عَمَلًا أَشْرَكَ فِيهِ مَعِي غَيْرِي، تَرَكْتُهُ وَشِرْكَهُ )). رواه مسلم

އަބޫ ހުރައިރާ رضي الله عنه އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. “ﷲ تَبَارَكَ وَتَعَالَى ވަހީކުރެއްވިއެވެ. ޝިރިކުކުރާ މީހުންގެ ޝިރުކުން ތިމަން އިލާހު ފުދިވޮޑިގެންވަމެވެ. މީހަކު ޢަމަލެއް ކުޅައުމުގައި ތިމަންއިލާހާއި އެހެން ފަރާތެއް ބައިވެރިކޮށްފި ނަމަ ތިމަން އިލާހު އޭނާޔާއި އޭނަގެ އެޝިރުކު ދޫކޮށްލައްވާނަމެވެ.”

 ﷲ ތަޢާލާ ކިބައިން އަވަހާރަފުޅު ލެއްޕެވުން ނަފީކުރުން

  1. عَنْ أَبِي مُوسَى رَضِيَ اللَّهُ عَنْهُ قَالَ: قَامَ فِينَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِخَمْسِ كَلِمَاتٍ، فَقَالَ: (( إِنَّ اللهَ عَزَّ وَجَلَّ لَا يَنَامُ، وَلَا يَنْبَغِي لَهُ أَنْ يَنَامَ، يَخْفِضُ الْقِسْطَ وَيَرْفَعُهُ، يُرْفَعُ إِلَيْهِ عَمَلُ اللَّيْلِ قَبْلَ عَمَلِ النَّهَارِ، وَعَمَلُ النَّهَارِ قَبْلَ عَمَلِ اللَّيْلِ، حِجَابُهُ النُّورُ لَوْ كَشَفَهُ لَأَحْرَقَتْ سُبُحَاتُ وَجْهِهِ مَا انْتَهَى إِلَيْهِ بَصَرُهُ مِنْ خَلْقِهِ )). رواه مسلم

އަބޫ މޫސާ رضي الله عنه ވިދާޅުވިއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ތެދުވެވަޑައިގެން ފަސް ބަސްފުޅެއް އަހަރުމެންނަށް ޙަދީޘް ކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ އަވަހާރަފުޅު ނުލައްޕަވަތެވެ. އަދި އެކަލާނގެއަށް އަވަހާރަފުޅު ލެއްޕެވުން އެކަށީގެންވެސް ނުވެތެވެ. އެކަލާނގެ އަޅުތަކުންގެ މައްޗަށް ރިޒުޤާއި އަދި އެބައިމީހުންގެ މައްޗަށް ލިޔުއްވާފައިވާ ކަންތައްތައް އެކަލާނގެ ބާވާލައްވަތެވެ. އަދި އަޅުތަކުންގެ ޢަމަލުތައް އެކަލާނގެ ޙަޟްރަތަށް އުފުލެވެތެވެ. އެކަލާނގެ ޙަޟްރަތަށް ރޭގަނޑުގެ ޢަމަލުތައް އެއާއި ޖެހިގެން އަންނަ ދުވާލުގެ ޢަމަލުތަކުގެ ކުރިން އުފުއްލެވެތެވެ. އަދި ދުވާލުގެ ޢަމަލުތައް އެއާއި ޖެހިގެން އަންނަ ރޭގަނޑުގެ ޢަމަލުތަކުގެ ކުރިން އުފުއްލެވެތެވެ. އެކަލާނގެ ޙިޖާބަކީ ނޫރެވެ. އެޙިޖާބު އެކަލާނގެ ކަޝްފުކޮށްފި ކަމުގައިވާނަމަ އެކަލާނގެ ވަޖުހުފުޅުގެ ނޫރުގެ ސަބަބުން އެކަލާނގެ ބައްލަވާވޮޑިގެންވާ އެންމެހައި ޚަލްޤުތަކުން އަނދައިގެން ހިނގައިދާ ހުއްޓެވެ.”

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ