532 ވަނަ ޙަދީޘް:
532- وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اَللَّهُ عَنْهُ قَالَ: قَالَ رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ { تَسَحَّرُوا فَإِنَّ فِي اَلسَّحُورِ بَرَكَةً } مُتَّفَقٌ عَلَيْهِ.
أَنَس بْنِ مَالِكٍ رَضِيَ اَللَّهُ عَنْهُ ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދިޘްކުރެއްވިއެވެ. { ހާރުކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތް ވެއެވެ. }
مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)
533 ވަނަ ޙަދީޘް:
533- وَعَنْ سَلْمَانَ بْنِ عَامِرٍ اَلضَّبِّيِّ رَضِيَ اَللَّهُ عَنْهُ عَنِ اَلنَّبِيِّ صَلَى اللَّهُ عَلَيْه وَسَلَّمَ قَالَ: { إِذَا أَفْطَرَ أَحَدُكُمْ فَلْيُفْطِرْ عَلَى تَمْرٍ، فَإِنْ لَمْ يَجِدْ فَلْيُفْطِرْ عَلَى مَاءٍ، فَإِنَّهُ طَهُورٌ } رَوَاهُ اَلْخَمْسَةُ، وَصَحَّحَهُ اِبْنُ خُزَيْمَةَ وَابْنُ حِبَّانَ وَالْحَاكِمُ .
سَلْمَان بْنِ عَامِرٍ اَلضَّبِّيِّ رَضِيَ اَللَّهُ عَنْهُ ގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދިޘްކުރެއްވިއެވެ. { ތިޔަބައިމީހުންކުރެ މީހަކު ރޯދަވީއްލާނަމަ ކަދުރަކުން ރޯދަވީއްލާހުށިކަމެވެ. އެ ނުލިބިއްޖެނަމަ ފެނުން ރޯދަވީއްލާހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެއީ ތޯހިރުކޮށްދޭ އެއްޗެކެވެ.}
ރިވާކުރެއްވީ ފަސްބޭފުޅުންނެވެ. އަދި މިޙަދީޘް الإِمَامُ اِبْنُ خُزَيْمَةَ އާއި الإِمَامُ ابْنُ حِبَّانَ އާއި الإِمَامُ الْحَاكِمُ ޞައްޙަ ކުރައްވާފައިވެއެވެ.
-ނުނިމޭ-