534 ވަނަ ޙަދީޘް:
534- وَعَنْ أَبِي هُرَيْرَةَ رَضِيَ اَللَّهُ عَنْهُ قَالَ: (( نَهَى رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ عَنِ اَلْوِصَالِ، فَقَالَ رَجُلٌ مِنَ اَلْمُسْلِمِينَ: فَإِنَّكَ يَا رَسُولَ اَللَّهِ تُوَاصِلُ، قَالَ: وَأَيُّكُمْ مِثْلِي؟ إِنِّي أَبِيتُ يُطْعِمُنِي رَبِّي وَيَسْقِينِي. فَلَمَّا أَبَوْا أَنْ يَنْتَهُوا عَنِ اَلْوِصَالِ وَاصَلَ بِهِمْ يَوْمًا، ثُمَّ يَوْمًا، ثُمَّ رَأَوُا اَلْهِلَالَ، فَقَالَ: لَوْ تَأَخَّرَ الْهِلَالُ لَزِدْتُكُمْ -كَالْمُنَكِّلِ لَهُمْ حِينَ أَبَوْا أَنْ يَنْتَهُوا -)) مُتَّفَقٌ عَلَيْهِ .
أَبُو هُرَيْرَةَ رَضِيَ اَللَّهُ عَنْهُ ގެކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. { އެއްރޯދަ އަނެއްރޯދައާ ގުޅުވައިގެން ހިފުން رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ނަހީކުރެއްވިއެވެ. އެހިނދު މުސްލިމުންގެ ތެރެއިން މީހަކު ދެންނެވިއެވެ. އޭ اَللَّهގެ ރަސޫލާއެވެ. ހަމަކަށަވަރުން ކަލޭގެފާނު ގުޅުވައިގެން ހިއްޕަމަވެއްނޫންތޯއެވެ؟ ހަދީޘްކުރެއްވިއެވެ. އަދި ތިމަންކަލޭގެފާނާ އެއްވަރުވެގެން ވަނީ ތިޔަބައިމީހުންގެ ތެރެއިން ފަހެ ކާކުހެއްޔެވެ؟ ހަމަކަށަވަރުން ރޭގަނޑު އަވަހާރަޕުޅު ލައްޕަވާއިރު ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ވެރި އިލާހު ކާންދެއްވާ ބޯންދެއްވައެވެ.
އެކަންދޫކޮށްލުމަށް ސަޙާބީބޭކަލުން އެއްބަސްނުވުމުން އެބޭކަލުންނާއި އެކު އިތުރު އެއްދުވަހު ގުޅުވައިގެން ރޯދަ ހިއްޕެވިއެވެ. ދެންވެސް ދުވަހެއް އިތުރުކުރެއްވިއެވެ. ދެންފަހެ ހަނދު ފެނިއްޖެއެވެ. ޙަދީޘްކުރެއްވިއެވެ. ހަނދުފެނުން ފަސްވިނަމަވެސް ދުވަހެއް އިތުރު ކުރެއްވީމުހެވެ.
އެއީ އެކަން ނުކޮށްދޫކޮށްލުމަށް އެއްބަސްނުވުމުން، (އެކަމުގެ އުނދަގޫ ފެނި) އެކަން ދޫކޮށްލާތޯއެވެ.}
مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)
535 ވަނަ ޙަދީޘް:
535- وَعَنْهُ قَالَ: قَالَ رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ (( مَنْ لَمْ يَدَعْ قَوْلَ اَلزُّورِ وَالْعَمَلَ بِهِ، وَالْجَهْلَ، فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ )) رَوَاهُ اَلْبُخَارِيُّ، وَأَبُو دَاوُدَ وَاللَّفْظُ لَهُ .
އެކަލޭގެފާނު (أَبُو هُرَيْرَةَ رَضِيَ اَللَّهُ عَنْهُ)ގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދިޘްކުރެއްވިއެވެ. { (ރޯދައަށް ހުރެ) ހަޑިހުތުރު ބަސްތަކާއި ބޭކާރު ވާހަކަ ދެއްކުމާއި، އެފަދައިން ޢަމަލުކުރުމާއި ޖާހިލުކަން ދޫކޮށްނުލާހާ ހިނދަކު، އޭނާ ކާތަކެއްޗާއި ބޯތަކެތި ދޫކޮށްލުންއެއީ ﷲއެދި ވޮޑިގަންނަވާ ގޮތެއްނޫނެވެ.}
ރިވާކުރެއްވީ الإِمَامُ الْبُخَارِيُّ އަދި الإِمَامُ أَبُو دَاوُدَ އެވެ. މިއީ الإِمَامُ أَبُو دَاوُدَ ރިވާކުރެއްވި ލަފުޒެވެ.
-ނުނިމޭ-