ﷲ ތަޢާލާއަށް ކަނާތްޕުޅެއް ލިބިވޮޑިގެންވާ ކަން ބަޔާންކުރެވުން
- عَنْ أَبِي هُرَيْرَةَ رضي الله عنه مَرْفُوعًا (( يَمِينُ اللَّهِ مَلْأَى لاَ تَغِيضُهَا نَفَقَةٌ سَحَّاءُ اللَّيْلِ وَالنَّهَارِ، أَرَأَيْتُمْ مَا أَنْفَقَ مُنْذُ خَلَقَ السَّمَاوَاتِ وَالأَرْضَ، فَإِنَّهُ لَمْ يَغِضْ مَا فِي يَمِينِهِ, وَالْقِسسْطُ بِيَدِه الأُخْرَى يَرْفَعُ وَيَخْفِضُ)). رواه مسلم
މާނައީ: އަބޫ ހުރައިރާ رضي الله عنه އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. “ﷲ ތަޢާލާގެ ކަނާތްޕުޅު ވަނީ މީސްތަކުންނަށް ދެއްވަވާ އެންމެހައި ރިޒުޤާއި އަދި ހެޔޮކަމަކުން ފުރިގެންނެވެ. މީސްތަކުންނަށް ދެއްވެވުމުން އެކަލާނގެ ކަނާތްޕުޅުގައިވާ އެއްޗެއް އުނިއެއް ނުވެތެވެ. މަޚްލޫޤުންގެ މައްޗަށް ރޭގަނޑާއި ދުވާލު މެދުކެނޑުމެއް ނެތި އެކަލާނގެ ދަނީ ހޭދަކުރަމުންނެވެ. އުޑުތަކާއި ބިން ހެއްދެވުމަށްފަހު އެކަލާނގެ ހޭދަކުރެއްވި ހޭދެކުރެއްވުން ތިޔަބައިމީހުންނަށް ތަޞައްވަރު ނުކުރެވޭ ހެއްޔެވެ؟ ފަހެ އެކަމަކުން އެކަލާނގެ ކަނާތްޕުޅުގައިވާ އެއްޗެއް ކުޑަކޮށް ނަމަވެސް އުނިއެއް ނުވެތެވެ. އަދި ޢަދުލުވެރިކަން ވަނީ އެކަލާނގެ އަނެއް އަތްޕުޅުގައެވެ. އެކަލާނގެ ޤަދަރުފުޅު މީސްތަކުންގެ މައްޗަށް ބާވާލައްވައި އަދި އެއުފުއްލަވަތެވެ. އަދި މީސްތަކުންގެ ޢަމަލުތައް އެކަލާނގެ ޙަޟްރަތައް އުފުއްލަވަތެވެ.”
ﷲ ތަޢާލާގެ ޢިލްމުފުޅު
- عَنْ أَبِي ذَرٍ قَالَ (( رَأَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ شَاتَينِ تَنْتَطِحَانِ فَقَالَ : أَتَدْرِي فِيْمَ تَنْتَطِحَانِ يَا أَبَا ذَرٍ ؟ قُلتُ : لَا .قَالَ : وَلَكِنَّ اللهَ يَدْرِي وَسَيَحْكُمُ بَيْنَهُمَا)) . رواه أحمد
މާނައީ: އަބޫ ޛައްރު رضي الله عنه އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ދެ ބަކަރިއެއް ތަޅާފޮޅަނިކޮށް ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އެދެބަކަރި ތަޅާފޮޅަނީ ކީއްވެގެންކަން ތިބާއަށް އިނގޭ ހެއްޔެވެ؟ އަބޫ ޛައްރު ވިދާޅުވިއެވެ. ނޭގެއެވެ. ޙަދީޘް ކުރެއްވިއެވެ. އެހެން ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ޤިޔާމަތް ދުވަހުން އެދޭތީގެ މެދުގައި އެކަލާނގެ ޙުކުމް ކުރައްވާނެތެވެ.
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ