[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 72 “ވިޔަފާރި ޢާންމުވެ ގިނަވުން. “

  1. ވިޔަފާރި ޢާންމުވެ ގިނަވުން.

އޭގެތެރޭގައި ވިޔަފާރިތައް ގިނަވުމާއި މީސްތަކުންގެ މެދުގައި އެކަން ޢާންމުވުން ހިމެނެއެވެ. އެކަމުގައި އަންހެނުންނާއި ފިރިހެނުން ހިއްސާވެއްޖައުމަށް ދާންދެނެވެ.

ޢަބްދުﷲ ބްން މަސްޢޫދު رضي الله عنه ގެ ކިބައިން އަލްއިމާމު އަޙްމަދު އަދި ޙާކިމް ރިވާކުރައްވާފައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިކަމުގައި އެކަލޭގެފާނު ރިވާކުރެއްވިއެވެ ކުރެއްވިއެވެ. ((بَيْنَ يَدَيِ السَّاعَةِ تَسْلِيْمُ الخَاصَّةِ، وَفُشُوُّ التِّجَارَةِ، حَتَّى تُشَارِكَ المَرْأَةُ زَوْجَهَا فِيْ التِّجَارَةِ))[1] “ޤިޔާމަތާ ކައިރީގައި ވަކިބަޔަކަށް ސަލާންގޮވުމާއި ވިޔަފާރިތައް ގިނަވުން ވެއެވެ. އަނބިމީހާ ފިރިމީހާއާއެކު ވިޔަފާރީގައި ހިއްސާވެއްޖައުމާ ހަމައަށެވެ.”

އަދި ޢަމްރު ބްން ތަޣްލިބްގެ ކިބައިން ނަސާއީ ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يَفْشُوَ الْمَالُ وَيَكْثُرَ، وَتَفْشُوَ التِّجَارَةُ))[2] މާނައީ: “މުދާގިނަވެ ޢާންމުވުމާއި ވިޔަފާރިތައް ގިނަވުމީ ޤިޔާމަތުގެ ޢަލާމާތްތަކުން ކުރެ ޢަލާމާތެކެވެ.”

ދެންފަހެ މިކަމެއް މިވަނީ ހިނގައިގެން ގޮއްސައެވެ. ފަހެ ވިޔަފާރިތައް ގިނަވެއްޖެއެވެ. އެކަމުގައި އަންހެނުންވެސް ބައިވެރިވެއްޖެއެވެ. އަދި މުދާ އެއްކުރުމާއި އެކަމުގައި ވާދަޖެހައި މީސްތަކުން ފިތުނަވެރި ވެއްޖެއެވެ.

ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ވަނީ މިއުއްމަތް ފަޤީރުވެދާނެތީ އެކަލޭގެފާނު ބިރުފުޅުވެވަޑައިނުގަންނަވާ ކަމުގައި ޚަބަރު ދެއްވާފައެވެ. އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ހަމައެކަނި ބިރުފުޅުވެ ވަޑައިގެންނެވީ، މީސްތަކުންނަށް ދުނިޔެ [ޚަޒާނާތައް] ހުޅުވައިލެވި އެކަމުގެ ވާދަވެރިކަން މީސްތަކުންނަށް ލައިގަނެފާނެތީއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރުކަލޭގެފާނު ވިދާޅުވި ކަމުގައި ޙަދީޘްގައި ވެއެވެ. ((وَاللَّهِ مَا الْفَقْرَ أَخْشَى عَلَيْكُمْ، وَلَكِنِّي أَخْشَى عَلَيْكُمْ أَنْ تُبْسَطَ الدُّنْيَا عَلَيْكُمْ كَمَا بُسِطَتْ عَلَى مَنْ كَانَ قَبْلَكُمْ، فَتَنَافَسُوهَا كَمَا تَنَافَسُوهَا، فَتُهْلِكَكُمْ كَمَا أَهْلَكَتْهُمْ)) متفق عليه.[3] “ﷲ ގަންދީ ހުވައިކުރައްވާ ވިދާޅުވަމެވެ. ތިމަންކަލޭގެފާނު ބިރުފުޅުވެވަޑައިގަންނަވަނީ ތިޔަބައިމީހުން ފަޤީރުވެދާނެތީކީ ނޫނެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު  ބިރުފުޅުވަޑައިގަންނަވަނީ، ތިޔަބައިމީހުންގެ ކުރީގެ މީސްތަކުންނަށް ހުޅުވައިލެވުން ފަދައިން ތިޔަބައިމީހުންނަށް ދުނިޔެ [ކަންޒުތައް] ހުޅުވައިލެވިދާނެ ކަމަށްޓަކައެވެ. ފަހެ އެކަމުގައި އެބައިމީހުން ވާދަޖެހިފަދައިން ތިޔަބައިމީހުން ވާދަވެރިވެ، އެބައިމީހުން ހަލާކުވެގަތް ފަދައިން ތިޔަބައިމީހުންވެސް ހަލާކުވެގަނެފާނެތީއެވެ.”

އަދި މުސްލިމްގެ ރިވާޔަތުގައި ވަނީ: ((وَتُلْهِيكُمْ كَمَا أَلْهَتْهُمْ))[4] “އެބައިމީހުން އެކަމުގައި އަވަދިނެތި ވީފަދައިން ތިޔަބައިމީހުން ވެސް އެކަމުގައި އަވަދިނެތި ވާނޫއެވެ.”

އަދިވެސް ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((إِذَا فُتِحَتْ عَلَيْكُمْ فَارِسُ وَالرُّومُ؛ أَيُّ قَوْمٍ أَنْتُمْ؟)). قَالَ عَبْدُ الرَّحْمَنِ بْنُ عَوْفٍ: نَقُولُ كَمَا أَمَرَنَا اللهُ. قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((أَوْ غَيْرَ ذَلِكَ: تَتَنَافَسُونَ، ثُمَّ تَتَحَاسَدُونَ، ثُمَّ تَتَدَابَرُونَ، ثُمَّ تَتَبَاغَضُونَ)) أَوْ نَحْوَ ذَلِكَ[5] މާނައީ: “ތިޔަބައިމީހުންނަށް ފާރިސްކަރައާއި ރޯމު ފަތަޙަކުރެވުމުން ތިޔަބައިމީހުން ވާނީ ކޮންބަޔަކާއެކު ހެއްޔެވެ؟” عَبْدُ الرَّحْمَنِ بْنُ عَوْف ދެންނެވިއެވެ. “ތިމަންމެން ވާނީ މާތް ﷲ އަމުރުކުރެއްވި ގޮތަށެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ނުވަތަ އެނޫން ގޮތަކަށެވެ. އެއްބަޔަކު އަނެއްބަޔަކަށް ވާދަވެރިވުމާއި އެއަށްފަހު ޙަސަދަވެރިވުމާއި އެއަށްފަހު ޢަދާވާތްތެރި ވުމާއި އޭގެފަހުގައި ރުޅިވެރިކަމުގައެވެ.” ނުވަތަ އެފަދަ ގޮތަކަށް [ޙަދީޘްކުރެއްވި] އެވެ.

ދީންވެރިކަން ބަލިކަށިވި ވަރަކަށް ދުނިޔެއާގެން ވާދަކުރުމާއި، މީގެ ކުރިން ކަންހިނގާފައިވާ ގޮތަށް އަދި މިހާރުވެސް ކަން ހިނގަމުންދާގޮތަށް، އުއްމަތް ހަލާކުވެ ބަސްމަގު ކަފިކަފިވެގެން ދެއެވެ.

_________________________________

[1] ((مسند أحمد)) (5 / 333 – بشرح أحمد شاكر)، وقال: ((إسناده صحيح))، و ((مستدرك الحاكم)) (4 / 445 – 446).

[2] ((سنن النسائي)) (7 / 244 – بشرح السيوطي).

والحديث من رواية الحسن عن عمرو بن تغلب، والحسن مدلس، وقد عنعن هنا، ولكنه صرح بالتحديث عن عمرو بن تغلب في رواية الإمام أحمد.

انظر: ((المسند)) (5 / 69 – بهامشة منتخب الكنز)، وانظر: ((سلسلة الأحاديث الصحيحة)) للألباني (م 2 / 251 – 252).

[3] ((صحيح البخاري))، كتاب الجزية والموادعة، باب الجزية والمواعدة مع أهل الذمة والحرب، (6 / 257 – 258 – مع الفتح)، و ((صحيح مسلم))، كتاب الزهد، (18 / 95 – مع شرح النووي).

[4] ((صحيح مسلم))، كتاب الزهد، (18 / 96 – مع شرح النووي).

[5] ((صحيح مسلم))، كتاب الزهد، (18 / 96 – مع شرح النووي).