[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بُلُوغُ اَلْمَرَامِ ގެ كِتَابُ اَلصِّيَامِ (9 ވަނަ ބައި)- ޙަދީޘް ނަންބަރު: 536 އަދި 537

بُلُوغُ اَلْمَرَامِ مِنْ أَدِلَّةِ اَلْأَحْكَامِ  - غلاف4

 

536 ވަނަ ޙަދީޘް:

536- وَعَنْ عَائِشَةَ رَضِيَ اَللَّهُ عَنْهَا قَالَتْ: (( كَانَ رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ يُقَبِّلُ وَهُوَ صَائِمٌ, وَيُبَاشِرُ وَهُوَ صَائِمٌ, وَلَكِنَّهُ أَمْلَكُكُمْ لِإِرْبِهِ ))  مُتَّفَقٌ عَلَيْهِ, وَاللَّفْظُ لِمُسْلِمٍ .

وَزَادَ فِي رِوَايَةٍ: (( فِي رَمَضَانَ )) .

عَائِشَةَ رَضِيَ اَللَّهُ عَنْهَا ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. { ރޯދަ އަށް ހުންނަވައިގެން ކީރިތި ރަސޫލާ صَلَى اللَّهُ عَلَيْه وَسَلَّمَ ބޮސްދެއްވާ ހައްދަވައެވެ. އަދި މުބާޝަރާކޮށް ހައްދަވައެވެ. އެކަލޭގެފާނަކީ ތިޔަބައިމީހުން ކުރެ ޙާޖަތް ހިފެހެއްޓުމުގައި އެންމެ ކުޅަދާނަ ބޭކަލެވެ.

مُتَّفَقٌ عَلَيْهِ މިއީ الإِمَامُ مُسْلِمٍ ގެ ލަފުޒުންނެވެ. (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ. އެދޭބޭފުޅުންގެ ދެ ރިވާޔަތުގެ ތެރެއިން މިތާ ގެނެވިފައި މިވަނީ الِإمَامُ مُسْلِم ރިވާކުރެއްވި ލަފުޒުންނެވެ. )

އަދި އެކަލޭގެފާނު (الِإمَامُ مُسْلِم) އެހެން ރިވާޔަތެއްގައި އިތުރަށްގެންނަވާފައި ވެއެވެ. { ރަމަޟާންމަހުގައި} (އެބަހީ ރަމަޟާން މަހު އެކަލޭގެފާނު ރޯދަޔަށް ހުންނަވާ އިސްވެދިޔަ ފަދައިން ބައެއްފަހަރު ޢަމަލުކުރައްވާފައި ވާވާހަކައެވެ.)

537 ވަނަ ޙަދީޘް:

537- وَعَنِ اِبْنِ عَبَّاسٍ رَضِيَ اَللَّهُ عَنْهُمَا; (( أَنَّ اَلنَّبِيَّ صَلَى اللَّهُ عَلَيْه وَسَلَّمَ اِحْتَجَمَ وَهُوَ مُحْرِمٌ, وَاحْتَجَمَ وَهُوَ صَائِمٌ ))  رَوَاهُ اَلْبُخَارِيُّ .

اِبْنِ عَبَّاسٍ رَضِيَ اَللَّهُ عَنْهُمَا ގެ ކިބައިން ރިވާވެގެންވެއެވެ. { ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ އިހްރާމްގައި ހުންނަވާ ކަވާޖެއްސެވިއެވެ. އަދި ރޯދައަށް ހުންނަވާ ކަވާޖެއްސެވިއެވެ.}

ރިވާކުރެއްވީ الِإمَامُ اَلْبُخَارِي އެވެ.

-ނުނިމޭ-

ކުރީގެ ބައިތައް ބެއްލެވުމަށް މިލިންކަށް ޒިޔާރަތްކޮށްލައްވާ