[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ތަރާވީޙް ނަމާދުގައި ދުޢާއުލް އިސްތިފްތާޙު ކިޔުން

ތަރާވީޙް ނަމާދުގައި ދުޢާއުލް އިސްތިފްތާޙު ކިޔަން ޖެހޭ ހެއްޔެވެ؟

 

 

ޖަވާބު: ދުޢާއުލް އިސްތިފްތާޙު ކިޔުމަކީ އިމާމުންގެ މައްޗަށް ޝަރުޢުކުރައްވާފައިފާ ކަމެކެވެ. އަދި ދަތިކަމެއް ނެތްނަމަ މައުމޫމުންވެސް ކިޔުން ޝަރުޢުކުރައްވާފައިވެއެވެ. ފަހެ، ތަކުބީރު ކިޔާފައި ދުޢާއުލް އިސްތިފްތާޙު ނުކިޔާ އިމާމު ކިޔަވަން ފަށާނަމަ، ފަހެ މައުމޫމުންވެސް ދުޢާއުލް އިސްތިފްތާޙު ނުކިޔާ، އިމާމުގެ ކިޔެވުން ކަނުލާ އަޑުއަހާނީއެވެ. ނުވަތަ މައުމޫމު ދުޢާއުލް އިސްތިފްތާޙު ކިޔަން ފެށުމުން، އިމާމު ދުޢާއުލް އިސްތިފްތާޙު ނުކިޔާ ކިޔަވަން ފަށައިފިނަމަވެސް މައުމޫމުން، އިމާމުގެ ކިޔެވުން ކަނުލާ އަޑުއަހާނީއެވެ.

އިމާމާއި މައުމޫމު ދުޢާއުލް އިސްތިފްތާޙު ކިޔުމާމެދު ދަންނައެވެ. އެންމެ މޮޅު އިތުރު ގޮތަކީ އެއީ އެވެ… ނަމަވެސް އިމާމު ދުޢާއުލް އިސްތިފްތާޙު ނުކިޔައި އެސުންނަތް ދޫކޮށްލައިފިނަމަ އެއީ މައްސަލައެއް ނޫނެވެ. އެހެނީ އެއީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ.

ހަމައެފަދައިން އަވަސްއަވަހަށް އިމާމު ދުޢާއުލް އިސްތިފްތާޙު ކިޔުމާމެދު ދަންނައެވެ. ފަހެ، އިމާމު މީހާ ކިޔަވަން ފަށާއިރު މައުމޫމަށް ދުޢާއުލް އިސްތިފްތާޙު ނުކިއިއްޖެނަމަ ދެން އޭނާ ދުޢާއުލް އިސްތިފްތާޙު ނުކިޔާނެއެވެ. އަދި ކިއެއް ހެއްޔެވެ. އިމާމު މީހާ ކިޔަވާ އަޑުއަހަން ހުންނާނީއެވެ.

ނަމަވެސް އެންމެންވެސް (އެބަހީ: އިމާމުވެސް މައުމޫމުންވެސް) ފާތިޙާ ސޫރަތް ކިޔެވުން ވާޖިބުވެގެންވެއެވެ. އިމާމު (އަޑުހަރުކޮށް) ފާތިޙާ ކިޔެވިޔަސް މައުމޫމުން ފާތިޙާ ސޫރަތް ކިޔަވަން ޖެހޭނެއެވެ. ދެން އެއަށްފަހު ކަނުލާ އަޑުއަހާނީއެވެ…

 

 

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް – رحمه الله –

ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ

 

 

މިފަތުވާގެ އަޞްލު