- ބިންހެލުންތައް ގިނަވުން.
އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى تَكْثُرَ الزَّلَازِلُ))[1] “ބިންހެލުންތައް ގިނަވެއްޖައުމާ ހަމައަށް ޤިޔާމަތް ޤާއިމެއް ނުވާނެއެވެ.”
އަދި سَلَمَةُ بْنُ نُفَيْلٍ السَّكُونِي ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((كُنَّا جُلُوسًا عِنْدَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ (فَذَكَرَ الحَدِيْث، وَفِيْهِ): ((وَبَيْنَ يَدَيِ السَّاعَةِ مُوَتَانٌ شَدِيدٌ، وَبَعْدَهُ سَنَوَاتُ الزَّلَازِلِ))[2] ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި އިށީނދެވަޑައިގެން ތިމަންމެން ބޭކަލުން ތިއްބެވީމުއެވެ. (ދެން ޙަދީޘް ކިޔުއްވިއެވެ. އޭގައި ވެއެވެ.): “ޤިޔާމަތާ ކައިރީގައި ގިނަ މަރުތަކެއް ވެއެވެ. އޭގެފަހުގައި ބިންހެލުންތައްގިނަ އަހަރުތަކެއް ވެއެވެ.”
އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. [ބަސްފުޅުގެ މާނައީ:] “ހަމަކަށަވަރުން އިރާއި ހުޅަނގުގައި އަދި ދެކުނުގެ ޤައުމުތަކަށް ވަނީ ގިނަ ބިންހެލުންތަކެއް އައިސްފައެވެ. ނަމަވެސް ހާމަވާންއޮތީ [މިޙަދީޘްގެ] މުރާދަކީ ބިންހެލުންތައް ގިނަވުމާއި ހުރިހާ ކަންކޮޅުތަކެއް އޭގައި ހިމެނުމާއި އަދި އެކަން ދެމިގެން ދިއުމެވެ.”[3]
عَبْدُ اللهِ بْنُ حَوَالَة ގެ އަރިހުން ރިވާވެފައިވާ ރިވާޔަތުން އެކަން އެނގިގެން ދެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. وَضَعَ رَسُوْلُ الله صَلَّى اللهُ عَلَيْهِ وَسَلَّم يَدَي عَلَى رَأْسِي -أَوْ هَامَتِي-، فَقَالَ: ((يَا ابْنَ حَوَالَةَ! إِذَا رَأَيْتَ الْخِلَافَةَ قَدْ نَزَلَتِ الْأَرْضَ الْمُقَدَّسَةَ؛ فَقَدْ دَنَتِ الزَّلَازِلُ وَالْبَلَايَا وَالْأُمُورُ الْعِظَامُ، وَالسَّاعَةُ يَوْمَئِذٍ أَقْرَبُ إِلَى النَّاسِ مِنْ يَدَيَّ هَذِهِ مِنْ رَأْسِكَ))[4] މާނައީ: “ރަސޫލުﷲ صلى الله عليه وسلم ގެ އަތްޕުޅު ތިމަންކަލޭގެފާނުގެ ބޮލުގައި –ނުވަތަ ބޮލުގެ ނިއްކުރިއާ ދިމާގައި- ބާއްވަވާ ޙަދީޘްކުރެއްވިއެވެ. “އޭ ޙަވާލާގެ ދަރިފުޅާއެވެ! މުޤައްދަސް ބިމަށް ޚިލާފަތް އަތުވެއްޖެތަން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ؛ ފަހެ ހަމަކަށަވަރުން ބިންހެލުންތަކާއި ބަލާވެރިކަން އަދިވެސް ބޮޑެތި އެތައްކަމެއް ލައިގަންނާނެއެވެ. އަދި އެދުވަހުން، ކަލޭގެފާނުގެ ބޮލުގައިވާ ތިމަންކަލޭގެފާނުގެ މިއަތްޕުޅަށްވުރެ މީސްތަކުންނާ ޤިޔާމަތް ގާތްވެގެން ވާނެއެވެ.”
_____________________________
[1] ((صحيح البخاري))، كتاب الفتن، (13 / 81 – 82 – مع الفتح).
[2] ((مسند الإمام أحمد)) (4 / 104 – بهامشة منتخب كنز العمال).
قال الهيثمي: ((رواه أحمد والطبراني والبزار وأبو يعلى، ورجاله ثقات)). ((مجمع الزوائد)) (7 / 306).
[3] [ބައްލަވާ:] ((فتح الباري)) (13 / 87).
[4] ((مسند أحمد)) (5 / 288 – بهامشة منتخب الكنز)، و ((سنن أبي داود))، كتاب الجهاد، باب في الرجل يغزو يلتمس الأجر والغنيمة (7 / 209 – 210 – مع عون المعبود)، و ((مستدرك الحاكم)) (45 / 425)، وقال: ((هذا حديث صحيح الإسناد، ولم يخرجاه))، ووافقه الذهبي.
وصححه الألباني. انظر: ((صحيح الجامع الصغير)) (6 / 263) (ح 7715).