[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުޞޫލުލް އީމާން 4

13407530_1116575351719368_527080273_n

އުފާވެވޮޑިގެންނެވުމަކީ ﷲ ތަޢާލާގެ ސިފަފުޅެއްކަން ބަޔާން ކުރެވުން

  1. عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: (( لَلَّهُ أَشَدُّ فَرَحًا بِتَوْبَةِ عَبْدِهِ حِينَ يَتُوبُ إِلَيْهِ مِنْ أَحَدِكُمْ كَانَ عَلَى رَاحِلَتِهِ بِأَرْضِ فَلَاةٍ فَانْفَلَتَتْ مِنْهُ وَعَلَيْهَا طَعَامُهُ وَشَرَابُهُ فَأَيِسَ مِنْهَا فَأَتَى شَجَرَةً فَاضْطَجَعَ فِي ظِلِّهَا قَدْ أَيِسَ مِنْ رَاحِلَتِهِ فَبَيْنَا هُوَ كَذَلِكَ إِذَا هُوَ بِهَا قَائِمَةً عِنْدَهُ فَأَخَذَ بِخِطَامِهَا ثُمَّ قَالَ مِنْ شِدَّةِ الْفَرَحِ: اللهُمَّ أَنْتَ عَبْدِي وَأَنَا رَبُّكَ أَخْطَأَ مِنْ شِدَّةِ الْفَرَحِ)). رواه البخاري و مسلم.

މާނައީ: އަނަސު ބުން މާލިކު رَضِيَ اللَّهُ عَنْهُ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. ބިޔަބޮޑު ސަހާރާއެއްގެ ތެރޭގައި މީހަކު  ޖަމަލެއްގެ މަތީގައި އޭނަގެ ކެއުމާއި ބުއިން ހިފައިގެން ދަތުރުކުރަމުން ދަނިކޮށް އެޖަމަލު އޭނަ އަތުން ފިލައި އަދި އެފެންނާނެ ކަމާއިމެދު އުއްމީދު ކަނޑަލައި ގަހެއްގެ ހިޔަލުގައި އޮށޯވެއޮއްވައި، އެޖަމަލު އޭނަ ކައިރީގައި ހުއްޓައި ފެނުމުން އެވާ އުފަލަށްވުރު ބޮޑަށް ﷲ ތަޢާލާ އެކަލާނގެ ޙަޟްރަތަށް އެކަލާނގެ އަޅާ ތައުބާވުމުން އުފާވެވޮޑިގަންނަވަތެވެ. އެހިނދު އޭނަ އެޖަމަލުގެ ލަގަނުގައި ހިފައި ވީއުފަލެއްގެ ބޮޑުކަމުން ބުންޏެވެ. ޔާ ﷲއެވެ. އިބައިލާހަކީ އަހަރެންގެ އަޅާއެވެ. އަދި އަހަންނަކީ އިބައިލާހުގެ ރައްބެވެ. ލިބިފައިވާ އުފަލެއްގެ ސަބަބުން އޭނަޔަށް އޮޅުނީއެވެ.

ﷲ ތަޢާލާޔަށް އަތްޕުޅެއް ލިބިވޮޑިގެންވާކަން ބަޔާންކުރެވުން

  1. عَنْ أَبِي مُوسَى رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((إِنَّ اللهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا)). رواه مسلم.

މާނައީ: އަބޫ މޫސާ رَضِيَ اللَّهُ عَنْهُ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. ދުވާލު ފާފަކުރާ މީހުންނަށް ތައުބާ ލެއްވުމަށްޓަކައި ރޭގަނޑުގައި ﷲ ތަޢާލާ އެކަލާނގެ އަތްޕުޅު ދިއްކޮށްލައްވަތެވެ. އަދި ރޭގަނޑު ފާފަކުރާ މީހުންނަށް ތައުބާ ލެއްވުމަށްޓަކައި ﷲ ތަޢާލާ އެކަލާނގެ އަތްޕުޅު ދުވާލު ދިއްކޮށްލައްވަތެވެ. އަދި ހުޅަނގު ފަރާތުން އިރު އަރައިފުމަށް ދާންދެން މިކަން މިގޮތުގައި ހިނގަ ހިނގާ ހުރެތެވެ.

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ