[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 74 “ބިންގަނޑު ގަންބަވައިގަތުމާއި، ބައެއްގެ ޞޫރަ [ޖަނަވާރުގެ ޞޫރައަށް] ބަދަލުވުން އަދި އުޑުން ހިލައިގެ ވާރޭ ވެއްސެވުން.. “

qiyaamai vumuge

  1. ބިންގަނޑު ގަންބަވައިގަތުމާއި، ބައެއްގެ ޞޫރަ [ޖަނަވާރުގެ ޞޫރައަށް] ބަދަލުވުން އަދި އުޑުން ހިލައިގެ ވާރޭ ވެއްސެވުން.

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((يَكُونُ فِي آخِرِ هَذِهِ الْأُمَّةِ خَسْفٌ وَمَسْخٌ وَقَذْفٌ)). قَالَتْ: قُلْتُ: يَا رَسُولَ اللَّهِ! أَنَهْلِكُ وَفِينَا الصَّالِحُونَ؟ قَالَ: ((نَعَمْ؛ إِذَا ظَهَرَ الخَبْثُ))[1] މާނައީ: “ބިންގަނޑު ގަންބަވައިގަތުމަކާއި ބައެއްގެ ޞޫރަ ބަދަލުކުރެއްވުމަކާއި އަދި އުޑުން ހިލައިގެ ވާރޭ ވެއްސެވުން މިއުއްމަތުގެ ފަހުކޮޅުގައި ވެއެވެ.” ވިދާޅުވިއެވެ. ތިމަންކަމަނާ ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންމެންގެ ތެރޭގައި ޞާލިޙުން ވަނިކޮށް ތިމަންމެން ހަލާކުވާނީ ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “އާދޭހެވެ. ނުބައިކަން ފާޅުވެއްޖެނަމައެވެ.”

އަދިވެސް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އިބްނު މަސްޢޫދު رضي الله عنه ރިވާކުރައްވާފައި ވެއެވެ. ((بَيْنَ يَدَيِ السَّاعَةِ خَسْفٌ وَمَسْخٌ وَقَذْفٌ))[2] “ޤިޔާމަތް ކުޑަތަންވުމުން ބިންގަނޑު ގަންބަވައިގަތުމަކާއި ބައެއްގެ ޞޫރަ ބަދަލުކުރެއްވުމަކާއި އަދި އުޑުން ހިލައިގެ ވާރޭ ވެއްސެވުމެއް ވެއެވެ.”

ދެންފަހެ ޞޫރަ ބަދަލު ކުރެއްވުމާއި ހިލައިގެ ވާރޭ ވެހުން ލައިގަންނާނީ ޒިންދީޤުންނާއި ޤަދަރިއްޔާއިންނަށް ކަމުގައި ޚަބަރު އައިސްފައިވާކަން ކަށަވަރެވެ.

ޢަބްދުﷲ ބްން ޢުމަރު رضي الله عنهما ގެ ކިބައިން އަލްއިމާމު އަޙްމަދު ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ((إِنَّهُ سَيَكُونُ فِي أُمَّتِي مَسْخٌ، وَقَذْفٌ، وَهُوَ فِي الزِّنْدِيقِيَّةِ وَالْقَدَرِيَّةِ))[3] މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގައި، ޞޫރަ ބަދަލުކުރެއްވުމަކާއި ބިންގަޑު ގަންބަވައިގަތުމެއް ވެއެވެ. އެކަންވަނީ ޒިންދީޤުންނާއި ޤަދަރިއްޔާއިންގެ ތެރެއަށެވެ.”

އަދި ތިރުމިޛީ ރިވާކުރައްވާފައިވާ ރިވާޔަތުގައި ވަނީ: ((فِي هَذِهِ الأُمَّةِ -أَوْ فِي أُمَّتِي- خَسْفٌ أَوْ مَسْخٌ أَوْ قَذْفٌ فِي أَهْلِ القَدَرِ))[4] މާނައީ: “ތިމަންކަލޭގެފާނުގެ އުއްމަތުގައި ޞޫރަބަދަލު ކުރެއްވުމަކާއި ބިންގަޑު ގަންބަވައިގަތުމެއް ޤަދަރިއްޔާއިންގެ މެދުގައި ވާނެއެވެ.”

عَبْدُ الرَّحْمَنِ بْنِ صحار العَبْدِي، އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރައްވާ ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދިޘްކުރެއްވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى يُخْسَفَ بِقَبَائِلَ، فَيُقَالَ: مَنْ بَقِيَ مِنْ بَنِي فُلَانٍ؟)). قَالَ: فَعَرَفْتُ حِينَ قَالَ: ((قَبَائِل)) أَنَّهَا الْعَرَبُ؛ لِأَنَّ الْعَجَمَ تُنْسَبُ إِلَى قُرَاهَا[5] މާނައީ: “ޤަބީލާތަކެއްގެ ބައެއްގެ ސޫރަ ބަދަލުކުރެއްވިއްޖައުމާ ހަމައަށް ޤިޔާމަތް ޤާއިމެއް ނުވާނެއެވެ. ފަހެ ބުނެވެއެވެ. މިވެނި ދަރިކޮޅަކުން ބާކީ ހުރީ ކާކު ހެއްޔެވެ؟” ވިދާޅުވިއެވެ. “ޤަބީލާތަކެކެވެ.” ދެންނެވި ހިސާބުން އެއީ ޢަރަބިންކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގެންފިއެވެ. އެހެނީ ޢަޖަމީން ނިސްބަތް ކުރެވެނީ އެމީހުންގެ ޤައުމަށެވެ.

ދެންފަހެ އަޅުގަނޑުމެންގެ މިޒަމާނުގެ ކުރީގައި އިރާއި ހުޅަނގުގެ އެތައްމިތަނުގައި ބިންގަނޑު ގަނބައިގަނެފައިވާތީ ފެންނަން އެބައޮތެވެ. އަދި މިޒަމާނުގައިވެސް ދުނިޔޭގެ އެކި ދިމަދިމާގައި ދަނީ ބިންގަނޑު ގަންބަވައިގަތުމުގެ ގިނަ ޙާދިޘާތައް ހިނގަމުންނެވެ. އެއީ ގަދަފަދަވެގެންވާ ޢަޛާބެއް ވާކަމުގެ އިންޒާރެކެވެ. ﷲގެ ޙަޟްރަތުން، އަޅުތަކުންނަށްވާ ބިރުގެންނެވުމެކެވެ. އަދި ބިދުޢައާއި ފާފައިގެ އަހުލުވެރިންނަށް ހުރި ޢުޤޫބާތެކެވެ. މީސްތަކުން ޢިބްރަތް ޙާޞިލްކޮށް އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަވޭތޯއެވެ. އަދި ހަމަކަށަވަރުންވެސް ޤިޔާމަތްދުވަސް ވަނީ ކުޑަތަންވެފައިކަން އެންގެވުމަށާއި ﷲ ޙަޟްރަތުން މެނުވީ ޙިމާޔަތެއް ނެތްކަން އެނގެވުމަށްޓަކައެވެ.

އަދި ހަމަކަށަވަރުން މިޔުޒިކާއި ރާބުއިން ފަދަ ފާފަތަކުގެ އަހުލުވެރިންނަށް ވަނީ ބިންގަނޑު ގަންބަވައިގަތުމަކާއި ޞޫރަ ބަދަލުކުރެއްވުމަކާއި އަދި އުޑުން ހިލައިގެ ވާރޭ ވެއްސެވެމުގެ ބިރުވެރި އިންޒާރު އައިސްފައެވެ.

عِمْرَانَ بْنِ حُصَيْن رضي الله عنه ގެ ކިބައިން ތިރުމިޛީ ރިވާކުރައްވާފައި ވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((فِي هَذِهِ الْأُمَّةِ خَسْفٌ وَمَسْخٌ وَقَذْفٌ)). فَقَالَ رَجُلٌ مِنْ الْمُسْلِمِينَ: يَا رَسُولَ اللَّهِ! وَمَتَى ذَلِكَ؟ قَالَ: ((إذَا ظَهَرَتْ الْقِيَانُ وَالْمَعَازِفُ وَشُرِبَتْ الْخُمُورُ))[6] “ބިންގަނޑު ގަންބަވައިގަތުމަކާއި ބައެއްގެ ޞޫރަ ބަދަލުކުރެއްވުމަކާއި އަދި އުޑުން ހިލައިގެ ވާރޭ ވެއްސެވުން މިއުއްމަތުގައި ވާނެއެވެ.” މުސްލިމުންގެ ތެރެއިން ބޭކަލަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެއީ ކޮންއިރަކުން ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “ލަވަކިޔާ މީހުންނާއި މިޔުޒިކުގެ ސާމާނު ފާޅުވެ އަދި ރާ ބޯންފެށުމުންނެވެ.”

އަދި أَبُو مَالِك الْأَشْعَرِيّ رضي الله عنه ގެ ކިބައިން އިބްނު މާޖާ ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((لَيَشْرَبَنَّ نَاسٌ مِنْ أُمَّتِي الْخَمْرَ يُسَمُّونَهَا بِغَيْرِ اسْمِهَا، يُعْزَفُ عَلَى رُؤوسِهِمْ بِالْمَعَازِفِ، يَخْسِفُ اللَّهُ بِهِم الْأَرْضَ، وَيَجْعَلُ مِنْهُمْ الْقِرَدَةَ وَالْخَنَازِيرَ))[7] މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގެ ބަޔަކު ރަލަށް އެހެން ނަމެއް ކިޔައި އެބޯނެއެވެ. އެބައިމީހުންގެ ބޯތަކުގެ މަތީގައި މިޔުޒިކުގެ ސާމާނުތަކުން ކުޅޭވޭނެއެވެ. ﷲ ތަޢާލާ އެބައިމީހުންނާގެން ބިންގަނޑު ގަންބަވައިގަންނަވާނެއެވެ. އަދި އޭގެތެރެއިން ބަޔަކު ރާމާމަކުނާއި އޫރު ކަމުގައި ލައްވާނެއެވެ.”

ޞޫރަ ބަދަލު ކުރެއްވުން ޙަޤީގަތަށްވެސް އަދި މަޢުނަވީކޮށްވެސް ވެއެވެ.

ސޫރަ ބަދަލު ކުރެއްވުމުގެ ތަފްސީރު، ﷲ ތަޢާލާގެ މި ވަޙީބަސްފުޅުން الحَافِظ ابن كَثِيْر رَحِمَهُ اللهُ ކުރައްވައެވެ. (وَلَقَدْ عَلِمْتُمُ الَّذِينَ اعْتَدَوْا مِنكُمْ فِي السَّبْتِ فَقُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ) [البقرة: 65] އާޔަތުގެ މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން، ހޮނިހިރުދުވަހާމެދު (ދެކޮޅުވެރިވެ، ނުކިޔަމަންތެރިވުމުގައި) ހައްދުފަހަނަޅައިދިޔަ މީހުންގެ ވާހަކަ، ތިޔަބައިމީހުންނަށް އެނގިފައިވާކަން ކަށަވަރެވެ. ފަހެ، ތިމަންރަސްކަލާނގެ، އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ދެރަވެ، ނިކަމެތި ވެގެންވާ ރާމާމަކުނުތަކަކަށް ވާށެވެ!” އެއީ ޙަޤީޤަތުގައި ވެސް ޞޫރަ ބަދަލުކުރެއްވުމެވެ. ހަމައެކަނި މާނަވީކޮށް ޞޫރަބަދަލު ކުރެއްވުމެއް ނޫނެވެ. މިބަސްފުޅަކީ އެންމެ ރަނގަޅު ބަސްފުޅެވެ. އަދި އެއީ އިބްނު ޢައްބާސް އާއި އެނޫންވެސް ތަފްސީރު [ޢިލްމުގެ] ދަންނަބޭކަލުން (އެބަހީ މުފައްސިރުން) ވިދާޅުވާގޮތެވެ.

އަދި مُجَاهِد އާއި أَبُو العَالِيَة އަދި قَتَادَة ބުރަވެ ވަޑައިގަންނަވާ ގޮތުގައި އެއީ މަޢުނަވީކޮށް ޞޫރަބަދަލު ކުރެއްވުމެވެ. އެކަން ވަނީ އެބައިމީހުންގެ ހިތުގައެވެ. އެބައިމީހުން ރާމާމަކުނަށް ބަދަލު ކުރައްވަނީއެއް ނޫނެވެ.[8]

އަދި [މި] ދެބަސްފުޅު، ابْنُ العَرَبِي ގެ އަރިހުން އިބްނު ޙަޖަރު ރިވާކުރައްވާފައި ވެއެވެ. އަދި އެންމެ ރަނގަޅު ކަމުގައި ވިދާޅުވެފައިވަނީ ފުރަތަމަ ބަސްފުޅެވެ.[9]

ރަޝީދު ރިޟާ އެބޭފުޅާގެ ތަފްސީރުގައި[10] ، ދެވަނަ ބަސްފުޅު ރާޖިޙު ކުރައްވާފައި ވެއެވެ. އަދި [ވިދާޅުވެފައި ވަނީ] އެއީ އެބައިމީހުންގެ އަޚްލާޤް ބަދަލު ކުރެއްވުން ކަމުގައެވެ.

ދެންފަހެ މުޖާހިދުގެ އަރިހުން ރިވާވެފައިވާ ގޮތާ އިބްނު ކަޘީރު ވަނީ ދުރުވެ ވަޑައިގެންފައެވެ. އަދި ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “އެއީ ވަރަށް ބީރަށްޓެހި ބަސްފުޅެކެވެ. ބުނެވިފައިވާ ތަނުގެ ގޮތުންނާއި ބަސްމަގުގެ ގޮތުން ހާމަވާން އޮތްގޮތާ ޚިލާފުވުމާއި އަދި އެނޫންވެސް ސަބަބުތަކަށްޓަކައެވެ.”[11]

އެއަށްފަހު އެބޭފުޅާގެ ވާހަކަފުޅުގައި ޢިލްމުވެރީންގެ ބަސްފުޅުތަކެއް ގެންނަވައި ވިދާޅުވެފައި ވެއެވެ. [ބަސްފުޅުގެ މާނައީ:] “މިބަސްމަގާމެދު ޢިލްމުވެރީން ބުރަވެވަޑައިގެންފައިވަނީ މުޖާހިދު –رحمه الله- ވިދާޅުވެފައިވާ ގޮތާ ޚިލާފަށެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ އެއީ ހަމައެކަނި މާނަވީ ގޮތުންވާ ޞިފަ ބަދަލު ކުރެއްވުކެވެ. ޞޫރަ ބަދަލު ކުރެއްވުމެއް ނޫނެވެ. ދަންނައެވެ! ރަނގަޅުގޮތަކީ އެއީ މާނަވީ ގޮތުންނާއި ޞޫރައިގައިވެސް ވާކަމެކެވެ. وَاللهُ أَعْلَم.”[12]

އަދި ޞޫރަ ބަދަލުކުރެއްވުން މާނަވީ ގޮތުން ވާކަމުގައި ވަނީނަމަ، ފާފަތަކަށް އަރައިގަންނަމުންދާ އެތައް ބައެއްގެ ހިތްތައް ވާހުށީ ބަދަލުވެފައިކަން ކަށަވަރެވެ. ފަހެ  އެބައިމީހުންނީ ޙަލާލެއް ޙަރާމެއް، ހެވެއް ނުބައެއް ވަކިކުރަން ނޭނގޭ ބައެއް ކަމުގައި ވީހެވެ. އެކަމުގައި ރާމާމަކުނާއި އޫރުގެ  މިޘާލުގައި އެބައިމީހުން ވެއްޖައީހެވެ. ﷲ ޙަޟްރަތުން ރައްކާތެރިކަމާއި ޢާފިޔަތުގެ ނިޢުމަތަށް އެދެމެވެ. ދެންފަހެ ނަބިއްޔާ صلى الله عليه وسلم ޚަބަރުދެއްވާފައިވާ، [ޖަނަވާރުގެ ޞޫރައަށް] ސިފަ ބަދަލުކުރެއްވުން އަދި ހިނގާނެއެވެ. އެއީ މަޢުނަވީ ގޮތުން ނުވަތަ ސިފައިގެ ގޮތުން ކަމުގައި ވީނަމަވެސް މެއެވެ.

______________________________

[1] ((سنن الترمذي))، كتاب الفتن، باب ماجاء في الخسف، (6 / 418).

قال الألباني: ((صحيح)). انظر: ((صحيح الجامع الصغير)) (6 / 358) (ح 8012).

[2] ((سنن ابن ماجه))، كتاب الفتن، باب الخسوف، (2 / 1349).

والحديث صحيح.

انظر: ((صحيح الجامع الصغير)) (3 / 13) (ح 2853).

[3] ((مسند أحمد)) (9 / 73 – 74) (ح 6208)، تحقيق أحمد شاكر، وقال: ((إسناده صحيح)).

[4] الترمذي، أبواب القدر (6 / 327 – 328).

والحديث صحيح. انظر: ((صحيح الجامع الصغير)) (4 / 103) (ح 4150).

[5] ((مسند أحمد)) (4 / 483 – بهامشة منتخب الكنز).

قال الهيثمي: ((رواه أحمد والطبراني وأبو يعلى والبزار، ورجاله ثقات)). ((مجمع الزوائد)) (8 / 9).

[6] ((جامع الترمذي))، أبواب الفتن، (6 / 458) (ح 458).

والحديث صحيح. انظر: ((صحيح الجامع الصغير)) (4 / 103) (ح 4119).

[7] ((سنن ابن ماجه))، كتاب الفتن، باب العقوبات، (2 / 1333) (ح 4020).

والحديث صحيح. انظر: ((صحيح الجامع الصغير)) (5 / 105) (5330).

[8] ބައްލަވާ: ((تفسير ابن كثير)) (1 / 150 – 153).

[9] ބައްލަވާ: ((فتح الباري)) (10 / 56).

[10] ބައްލަވާ: ((تفسير المنار)) (1 / 343 – 344).

[11] ބައްލަވާ: ((تفسير ابن كثير)) (1 / 151).

[12] [ބައްލަވާ:] ((تفسير ابن كثير)) (1 / 153).