538 ވަނަ ޙަދީޘް:
538- وَعَنْ شَدَّادِ بْنِ أَوْسٍ رَضِيَ اَللَّهُ عَنْهُ (( أَنَّ رَسُولَ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ أَتَى عَلَى رَجُلٍ بِالْبَقِيعِ وَهُوَ يَحْتَجِمُ فِي رَمَضَانَ، فَقَالَ: ((أَفْطَرَ اَلْحَاجِمُ وَالْمَحْجُومُ )) رَوَاهُ اَلْخَمْسَةُ إِلَّا اَلتِّرْمِذِيَّ، وَصَحَّحَهُ أَحْمَدُ، وَابْنُ خُزَيْمَةَ، وَابْنُ حِبَّانَ .
شَدَّاد بْنِ أَوْسٍ رَضِيَ اَللَّهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. { ރަމަޟާންމަހު، ބަޤީޢުގައި (ބަޤީޢުލް ޣަރުގަދުއޭ ކިޔުނު މަދީނާގެ ގަބްރުސްތާނުގެ ކައިރީގައި) ކަވާޖަހަން ހުރި މީހެއްގެ ކައިރިއަށް رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ވަޑައިގަތެވެ. އަދި ހަދީޘްކުރެއްވިއެވެ. ” ކަވާޖަހައިދޭ މީހާއާއި ކަވާޖަހާމީހާގެ ރޯދަ ގެއްލިއްޖެއެވެ.”}
ރިވާކުރެއްވީ الإِمَامُ التِّرْمِذِي ފިޔަވައި ފަސްބޭފުޅުންނެވެ. އަދި الإِمَامُ أَحْمَدُ އާއި الإِمَامُ ابْنُ خُزَيْمَةَ އަދި الإِمَامُ ابْنُ حِبَّانَ މިހަދީޘް ޞައްޙަކުރެއްވިއެވެ.
(ނޯޓް: މަތީގައި ބަޔާންކުރެވުނު ބޭފުޅުންފިޔަވައިވެސް މި ހަދީޘް މީ ޞައްޙަ ޙަދީޘެއްކަމަށް އެތައް ބޭކަލަކު ވިދާޅުވެފައި ވެއެވެ. އަދި الشَيْخُ الأَلْباَنِي މި ޙަދީޘް ޞައްޙަ ކަމުގައި ވިދާޅުވެފައި ވެއެވެ.
މަސްދަރު:
خُلَاصَةُ الْكَلَاِم فِي تَخْرِيْجِ أَحَادِيْثِ بُلُوْغِ الْمَرَام ލިޔުއްވީ الشَيْخُ خَالِدُ بْنُ ضَيْفِ الله الشَلَاحِي
محمد بن عبد الله الخطيب التبريزي ލިޔުއްވި مشكاة المصابيح ގެ الشَيْخُ الأَلْباَنِي ތަޙްޤީޤުކުރެއްވި ފޮތް )
539 ވަނަ ޙަދީޘް:
667- وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اَللَّهُ عَنْهُ قَالَ: (( أَوَّلُ مَا كُرِهَتِ اَلْحِجَامَةُ لِلصَّائِمِ أَنَّ جَعْفَرَ بْنَ أَبِي طَالِبٍ اِحْتَجَمَ وَهُوَ صَائِمٌ، فَمَرَّ بِهِ اَلنَّبِيُّ صَلَى اللَّهُ عَلَيْه وَسَلَّمَ فَقَالَ: أَفْطَرَ هَذَانِ ، ثُمَّ رَخَّصَ اَلنَّبِيُّ صَلَى اللَّهُ عَلَيْه وَسَلَّمَ بَعْدُ فِي الْحِجَامَةِ لِلصَّائِمِ، وَكَانَ أَنَسٌ يَحْتَجِمُ وَهُوَ صَائِمٌ )) رَوَاهُ اَلدَّارَقُطْنِيُّ وَقَوَّاهُ .
أَنَس بْنُ مَالِكٍ رَضِيَ اَللَّهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. { ރޯދަވެރިޔާ ކަވާޖެހުން ހަރާމްކުރެވިގެންވާކަން ބަޔާންވި އެންމެ ފުރަތަމަ ފަހަރަކީ : جَعْفَرُ بْنَ أَبِي طَالِبٍ رَضِيَ اَللَّهُ عَنْهُ ރޯދައަށް ހުންނަވައި ކަވާ ޖައްސަވަނިކޮށް ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ އަށް އެބޭފުޅުންގެ ކައިރިން ވަޑައިގެންނެވިއެވެ. ދެންފަހެ ހަދީޘްކުރެއްވިއެވެ. ”މި ދެމީހުންގެ ރޯދަ ގެއްލިއްޖެއެވެ.” ދެން އޭގެފަހުން ރޯދަވެރިޔާ ކަވާޖެހުން ހުއްދަކުރެވުނެވެ. އަދި ރޯދައަށް ހުންނަވާ أَنَسٌ رَضِيَ اَللَّهُ عَنْهُ ކަވާޖައްސަވާކަމުގައި ވިއެވެ.}
الإِمَامُ الدَّارَقُطْنِيُّ ރިވާކުރައްވާ އަދި ހަދީޘް ވަރުގަދަ ކަމުގައި ވިދާޅުވިއެވެ.
-ނުނިމޭ-