[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 75 “ޞާލިޙުން ނެތިގެންދިޔުން… “

qiyaamai vumuge

  1. ޞާލިޙުން ނެތިގެންދިޔުން.

އެކަމުގެ ޢަލާމާތްތަކުގެ ތެރޭގައި ޞާލިޙުން ނެތިގެން ދިއުމާއި ހެޔޮމީހުން މަދުވުން ހިމެނެއެވެ. އަދި ނުބައި މީސްތަކުން ގިނަވެ ނުބައިމީހުން ފިޔަވައި އިތުރު ބަޔަކު ނުވާހާ މިންވަރަށް ދެއެވެ. ޤިޔާމަތް ޤާއިމްވާހުށި އެބައިމީހުންނާގެންނެވެ.

عَبْدُ اللهِ بْن عَمْرو رضي الله عنهما ގެ އަރިހުން [ރިވާވެގެންވާ] ޙަދީޘްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى يَأْخُذَ اللهُ شَرِيطَتَهُ مِنْ أَهْلِ الْأَرْضِ، فَيَبْقَى فِيهَا عَجَاجَةٌ، لَا يَعْرِفُونَ مَعْرُوفا، وَلَا يُنْكِرُونَ مُنْكَرًا))[1] މާނައީ: “ﷲ ތަޢާލާ، ބިމުގެ އަހުލުވެރީންގެ ތެރެއިން ދީންވެރި ހެޔޮ މީސްތަކުން ހިއްޕަވައިފުމާ ހަމައަށް ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ. އަދި ބާކީ ތިބޭހުށީ އެބައިމީހުންގެ ކިބައިގައި ލަފާހަކަމެއް ނެތް މީހުންނެވެ. އެބައިމީހުން ހެޔޮކަމެއް ނުވެސް ދަނެތެވެ. އަދި ނުބައި ކަމަކުން މަނަލެއްވެސް ނުވެއެވެ.”

އެބަހީ: ﷲ ތަޢާލާ، ހެޔޮރަނގަޅު ދީންވެރިން ހިއްޕެވުމެވެ. އަދި މީސްތަކުންގެ ތެރެއިން ނުބައި ނުލަފާ، އަދި އެބައިމީހުންގެ ކިބައިގައި އެއްވެސް ހެވެއް ނުވާ މީސްތަކުން ދެމިތިބެއެވެ. މިކަން ވާހުށީ ޢިލްމު އުފުއްލެވި އަދި މީސްތަކުންގެ ވެރީންކަމުގައި ޢިލްމާއި ނުލައި ފަތުވާދޭ ޖާހުލިން ހަދައިފުމުންނެވެ.

عَمْرُو بْن شُعَيْب އެކަލޭގެފާނުގެ ބަފައިކަލުންގެ އަރިހުން ރިވާކުރެއްވިއެވެ. ބައްޕާފުޅު ކާފާފުޅުގެ އަރިހުން، ކާފާފުޅު ނަބިއްޔާ صلى الله عليه وسلم ގެ އަރިހުންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((يَأْتِي عَلَى النَّاسِ زَمَانٌ يُغَرْبَلُونَ فِيهِ غَرْبَلَةً، يَبْقَى مِنْهُمْ حُثَالَةٌ، قَدْ مَرِجَتْ عُهُودُهُمْ وَأَمَانَاتُهُمْ، وَاخْتَلَفُوا، فَكَانُوا هَكَذَا (وَشَبَّكَ بَيْنَ أَصَابِعِهِ)))[2] “މީސްތަކުންގެ ތެރެއަށް ދުވަސްތަކެއް އަންނާނެއެވެ. އެދުވަސްތަކުގައި ހެޔޮމީހުން ނެތިގެން ދާނެއެވެ. އަދި އޭގެތެރެއިން ނުބައި މީސްތަކުން ތިބެއެވެ. އެބައިމީހުންގެ ވަޢުދާއި އަމާނާތް އޮޅުންބޮޅުންވެ އެކަމުގައި ޚިލާފުވެތެވެ. ފަހެ އެބައިމީހުން ވާހުށީ މިފަދައިންނެވެ. (އެކަލޭގެފާނުގެ އިނގިލިފުޅުތައް ޖޯޑުކޮށްލެއްވިއެވެ.)”

ދެންފަހެ ޞާލިޙުން ނެތިދިއުން ވަނީ ފާފަތައް ގިނަވެގެން ދިއުމުންނެވެ. އަދި ހެޔޮކަންތަކަން އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުން ދޫކޮށްލުމުންނެވެ. އެހެނީ ޞާލިޙުންނަށް މުންކަރާތްތައް ފެނި އެކަން މަނާނުކޮށް އަދި ފަސާދަތައް ގިނަވުމުން، ކޯފާއެއް އަތުވެއްޖެނަމަ އެހެން މީހުންނެކޭ އެއްފަދައިން އެބޭކަލުންނަށްވެސް އެޢާންމުވެގެން ހިނގައިދާނެއެވެ. ނަބިއްޔާ صلى الله عليه وسلم އަށް މިހެން ދެންނެވުނު ހިނދު ޖަވާބު ދެއްވި ފަދައިންނެވެ. أَنَهْلِكُ وَفِينَا الصَّالِحُونَ؟ قَالَ: ((نَعَمْ؛ إِذَا ظَهَرَ الخَبْثُ)) رواه البخاري[3] ތިމަންމެންގެ ތެރޭގައި ޞާލިޙުން ވަނިކޮށް ތިމަންމެން ހަލާކުވާނީ ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “އާނއެކެވެ. ނުބައިކަން ފާޅުވެއްޖެނަމައެވެ.”

_________________________________

[1] ((مسند أحمد)) (11 / 181 – 182) شرح أحمد شاكر، وقال: ((إسناده صحيح)).

و ((مستدرك الحاكم)) (4 / 435)؛ قال الحاكم: ((هذا حديث صحيح على شرط الشيخين إن كان الحسن سمعه من عبد الله بن عمرو))، ووافقه الذهبي.

[2] ((مسند أحمد)) (12 / 12 –  شرح أحمد شاكر)، وقال: ((إسناده صحيح)).

و ((مستدرك الحاكم)) (4 / 435)، وقال: ((هذا حديث صحيح الإسناد، ولم يخرجاه))، ووافقه الذهبي.

[3] ((صحيح البخاري))، كتاب الفتن، باب قول النبي صلى الله عليه وسلم: ((ويل للعرب من شر قد اقترب)) (13 / 11 – مع الفتح).