- ކުޑަކުދިން ގާތުންޢިލްމު ޙާޞިލްކުރުން.
أُمَيَّة الجُمَحِي رضي الله عنه ގެ ކިބައިން އަލްއިމާމު ޢަބްދުﷲ ބްން މުބާރަކު، އެކަލޭގެފާނުގެ ސަނަދުން ރިވާކުރައްވާފައި ވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((إِنَّ مِنْ أَشْرَاطِ السَّاعَةِ ثَلَاثًا: إِحْدَاهُنَّ: أَنْ يُلْتَمَسَ الْعِلْمُ عِنْدَ الْأَصَاغِرِ…))[1] މާނައީ: “ހަމަކަށަވަރުން ޤިޔާމާތްވުމުގެ ތިން ޢަލާމާތެއް ވެއެވެ. އެއްކަމަކީ: ކުޑަކުދިން ގާތުން ޢިލްމު އުނގެނުމެވެ.”
ކުޑަކުދިންނަކީ ކޮންބައެއްތޯ الإِمَام عَبْد الله بْن المُبارَك އާ ސުވާލު ދެންނެވުނެވެ. ދެންނެވިއެވެ. [އެބަސްފުޅުގެ މާނައީ:] “އެއީ އެބައިމީހުންގެ އަމިއްލަ ރައުޔަށް ވާހަކަދައްކާ މީހުންނެވެ. ކުޑަކުދީންގެ ގާތުން ރިވާކުރާ ބޮޑެތި މީހުން ދަންނައެވެ. ފަހެ އެއީ ކުޑަކުދީންނެއް ނުމެނޫންމެއެވެ.”
އެގޮތުން އެކަލޭގެފާނު އަދިވެސް ވިދާޅުވިއެވެ. [އެބަސްފުޅުގެ ތަރުޖަމާއީ:] “އެބައިމީހުންގެ ގާތަށް ގާތަށް ޢިލްމު އައީ ކުޑަކުދިންގެ ގާތުންނެވެ. އެބަހީ: ބިދުޢައިގެ އަހުލުވެރީންގެ ގާތުންނެވެ.”[2]
އިބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((لاَ يَزَالُ النَّاسُ بِخَيْرٍ مَا أَتَاهُمُ الْعِلْمُ مِنْ أَصْحَابِ مُحَمَّدٍ صلى الله عليه وسلم وَمِنْ أَكَابِرِهِمْ، فَإذا أَتَاهُمْ الْعِلْمُ مِنْ قِبَلِ أَصَاغِرِهِمْ، وَتَفَرَّقَتْ أَهْوَاؤُهُمْ؛ هَلَكُوا))[3] މާނައީ: “މުޙައްމަދު صلى الله عليه وسلم އަޞްޙާބުންނާއި [ޢާލިމުންގެ] ބޮޑުބޮޑެތީންގެ އަރިހުން ޢިލްމު ޙާޞިލްކުރާހާ ހިނދަކު މީސްތަކުން ހެޔޮކަމުން ފިލައިގެން ނުދާހުއްޓެވެ. ފަހެ އެބައިމީހުންގެ ކުދިވެރީންނާއި ހަވާނަފްސަށް ތަބާވާ މީހުންގެ ގާތުން ޢިލްމު އުނގެނެން ފަށައިފި ނަމަ ހަލާކުވެދާނެއެވެ.”
______________________________
[1] كتاب ((الزهد)) لابن المبارك (ص 20 – 21) (ح 61)، تحقيق: حبيب الرحمن الأعظمي، دار الكتب العلمية.
قال الألباني: ((صحيح)). انظر: ((صحيح الجامع الصغير)) (2 / 243) (ح 2203).
واستشهد به الحافظ ابن حجر في ((الفتح)) (1 / 143).
[2] [ބައްލަވާ:] حاشية كتاب ((الزهد)) (ص 31)، تحقيق وتعليق الشيخ حبيب الرحمن الأعظمي.
[3] كتاب ((الزهد)) لابن المبارك، (ص 271) (ح 815).
قال التويجري: ((رواه الطبراني في ((الكبير)) و ((الأوسط))، وعبد الرزاق في ((مصنفه)) بنحوه، وإسناده صحيح على شرط مسلم)).
((إتحاف الجماعة)) (1 / 424)، وانظر: ((المصنف)) (11 / 346) (ح 20446)، تحقيق حبيب الرحمن الأعظمي.