546 ވަނަ ޙަދީޘް:
546- وَعَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- قَالَ: (( جَاءَ رَجُلٌ إِلَى اَلنَّبِيِّ صَلَى اللَّهُ عَلَيْه وَسَلَّمَ فَقَالَ: هَلَكْتُ يَا رَسُولَ اَللَّهِ.
قَالَ: ” وَمَا أَهْلَكَكَ ؟ “
قَالَ: وَقَعْتُ عَلَى امْرَأَتِي فِي رَمَضَانَ،
فَقَالَ: ” هَلْ تَجِدُ مَا تَعْتِقُ رَقَبَةً؟ “
قَالَ: لَا.
قَالَ: ” فَهَلْ تَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِ؟ “
قَالَ: لَا.
قَالَ: ” فَهَلْ تَجِدُ مَا تُطْعِمُ سِتِّينَ مِسْكِينًا؟ “
قَالَ: لَا،
ثُمَّ جَلَسَ، فَأُتِي اَلنَّبِيُّ صَلَى اللَّهُ عَلَيْه وَسَلَّمَ بِعَرَقٍ فِيهِ تَمْرٌ.
فَقَالَ: ” تَصَدَّقْ بِهَذَا “،
فَقَالَ: أَعَلَى أَفْقَرَ مِنَّا؟ فَمَا بَيْنَ لَابَتَيْهَا أَهْلُ بَيْتٍ أَحْوَجُ إِلَيْهِ مِنَّا،
فَضَحِكَ اَلنَّبِيُّ صَلَى اللَّهُ عَلَيْه وَسَلَّمَ حَتَّى بَدَتْ أَنْيَابُهُ،
ثُمَّ قَالَ: “اذْهَبْ فَأَطْعِمْهُ أَهْلَكَ ” )) رَوَاهُ اَلسَّبْعَةُ, وَاللَّفْظُ لِمُسْلِمٍ .
أَبُو هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. { ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ ގެ އަރިހަށް މީހަކު ވަޑައިގެން ދެންނެވިއެވެ. ” އޭ اَللَّهُ ގެ ރަސޫލާއެވެ. ތިމަން ހަލާކުވެއްޖެވެ. ”
ހަދީޘްކުރެއްވިއެވެ. ”ތިބާ ހަލާކު ކުރީ ކޮންކަމެއް ހެއްޔެވެ؟ ”
ދެންނެވިއެވެ. ” ރަމަޟާންމަހު (ދުވާލު) ތިމަން އަނބިމީހާއާއި ޖިމާޢުވެއްޖައީމެވެ.”
ހަދީޘްކުރެއްވިއެވެ. ”މިނިވަން ކުރާނެ އަޅަކު އެބަހުރިހެއްޔެވެ؟”
ދެންނެވިއެވެ. ”ނޫނެކެވެ.”
ޙަދީޘްކުރެއްވިއެވެ. ”ދެ މަސްދުވަހު ޖެހިޖެހިގެން ރޯދަ ހިފަން ތިބާއަށް ކުޅަދާނަ ހެއްޔެވެ؟”
ދެންނެވިއެވެ. ”ނޫނެކެވެ.”
ހަދީޘްކުރެއްވިއެވެ. ”މިސްކީނަކަށް ކާންދޭނެ އެއްޗެއް އެބަހުރިހެއްޔެވެ.”
ދެންނެވިއެވެ. ”ނޫނެކެވެ.” އެޔަށްފަހު އިށީނެވެ. ދެންފަހެ މީހަކު އައިސް ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ އަށް ކަދުރު ތައްޓެއް ގެނެސްދިނެވެ.
އަދި ޙަދީޘްކުރެއްވިއެވެ. ”މީގެން ސަދަގާތްކުރާށެވެ.”
ދެންނެވިއެވެ. ”ތިމަންނަމެނަށްވުރެވެސް ފަޤީރު ބަޔަކަށްތޯއެވެ؟ ތިމަންމެނަށް ވުރެ ބޮޑަށް ހާޖަތައްޖެހިފައިވާ ބަޔަކު މަދީނާގެ މި ބިމުގައި ނުވާނެއެވެ.” އެހިނދު ފޭރާދަތްޕުޅު ފެންނަވަރަށް ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ ހިނިވަރުނަ ކުރެއްވިއެވެ.
ދެންފަހެ ޙަދީޘްކުރެއްވިއެވެ. ”ވަޑައިގެން ތިބާގެ އަހުލުބައިތުންނަށް ކާންދޭށެވެ.”}
މިޙަދީޘް ރިވާކުރެއްވީ ހަތް ބޭފުޅުންނެވެ. މިއީ الِإمَامُ مُسْلِم ގެންނަވާފައިވާ ލަފްޒެވެ.
547 ވަނަ ޙަދީޘް:
547- وَعَنْ عَائِشَةَ ، وَأُمِّ سَلَمَةَ رَضِيَ اللَّهُ عَنْهُمَا (( أَنَّ اَلنَّبِيَّ صَلَى اللَّهُ عَلَيْه وَسَلَّمَ كَانَ يُصْبِحُ جُنُبًا مِنْ جِمَاعٍ، ثُمَّ يَغْتَسِلُ وَيَصُومُ )) مُتَّفَقٌ عَلَيْهِ .
زَادَ مُسْلِمٌ فِي حَدِيثِ أُمِّ سَلَمَةَ: ((وَ لَا يَقْضِي)) .
عَائِشَة އަދި أُمُّ سَلَمَة – رَضِيَ اَللَّهُ عَنْهُمَا – ގެ ކިބައިން ރިވާވެގެންވެއެވެ. { ފަތިސް ވަގުތު ވާއިރު ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ ޖިމާޢުވުމަށްފަހު ޖުނުބުވެރިވެ ވަޑައިގެންވާ ހާލުގައި ވާކަމުގައިވެއެވެ. }
مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)
{ އަދި ޤަޟާއެއް ނުކުރައްވައެވެ.} މިބައި أُمُّ سَلَمَةَ -رَضِيَ اَللَّهُ عَنْها- ގެ ކިބައިން الِإمَامُ مُسْلِم ރިވާކުރައްވާފައިވާ ޙަދީޘްގައި އިތުރަށް ގެންނަވާފައި ވެއެވެ.
-ނުނިމޭ-