548 ވަނަ ޙަދީޘް:
548- وَعَنْ عَائِشَةَ رَضِيَ اَللَّهُ عَنْهَا أَنَّ رَسُولَ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ قَالَ: (( مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ )) مُتَّفَقٌ عَلَيْهِ .
عَائِشَةَ -رَضِيَ اَللَّهُ عَنْهَا- ގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘްކުރެއްވިއެވެ. { ޤަޟާކުރަންޖެހޭ ރޯދަ ވާހާލު މަރުވާމީހާގެ ރޯދަ ވާރުތަވެރިން ހިފާހުށިކަމެވެ.}
مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)
بَابُ صَوْمِ التَّطَوُّعِ وَمَا نُهِيَ عَنْ صَوْمِهِ
ސުންނަތް ރޯދައާއި ހިފުން ނަހީކުރެވިގެންވާ ރޯދައާ ގުޅޭ ޙަދީޘްތައް ނަންގަނެވުނު ބާބު
549 ވަނަ ޙަދީޘް:
549- عَنْ أَبِي قَتَادَةَ اَلْأَنْصَارِيِّ -رَضِيَ اللَّهُ عَنْهُ- ((أَنَّ رَسُولَ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ سُئِلَ عَنْ صَوْمِ يَوْمِ عَرَفَةَ؟ قَالَ: ” يُكَفِّرُ اَلسَّنَةَ اَلْمَاضِيَةَ وَالْبَاقِيَةَ “،
وَسُئِلَ عَنْ صِيَامِ يَوْمِ عَاشُورَاءَ؟ قَالَ: ” يُكَفِّرُ اَلسَّنَةَ اَلْمَاضِيَةَ “.
وَسُئِلَ عَنْ صَوْمِ يَوْمِ اَلِاثْنَيْنِ؟ قَالَ: ” ذَاكَ يَوْمٌ وُلِدْتُ فِيهِ، وَبُعِثْتُ فِيهِ، أَوْ أُنْزِلَ عَلَيَّ فِيهِ ” )) رَوَاهُ مُسْلِمٌ .
أَبو قَتَادَةَ اَلْأَنْصَارِيِّ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. { ޢަރަފާތު ދުވަހުގެ ރޯދައާއި މެދު رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ އާ ސުވާލު ދެންނެވުނެވެ. ހަދީޘްކުރެއްވިއެވެ. ”(އެދުވަހު ރޯދަހިފާމީހަގެ) ފާއިތުވި އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވަތެވެ.”
އަދި عَاشُورَاءَ ދުވަހުގެ ރޯދައާމެދު ސުވާލުދެއްނެވުނެވެ. ހަދީޘްކުރެއްވިއެވެ. ” (އެދުވަހު ރޯދަހިފާމީހަގެ) ފާއިތުވި އަހަރުގެ ފާފަތައް ފުއްސަވަތެވެ.”
އަދި ހޯމަ ދުވަހުގެ ރޯދައާމެދު ސުވާލުދެންނެވުނެވެ. ހަދީޘްކުރެއްވިއެވެ. ”އެއީ ތިމަންކަލޭގެފާނު އުފަންވި ދުވަހެވެ. އަދި އެދުވަހެއްގައި ރަސޫލުކަމާގެން ފޮނުއްވުނު ދުވަހެވެ. ނުވަތަ އެއީ ތިމަންކަލޭގެފާނަށް (އެންމެ ފުރަތަމަ) ވަޙީބާއްވާލެއްވުނު ދުވަހެވެ.}
މިޙަދީޘް ރިވާކުރެއްވީ الِإمَامُ مُسْلِم އެވެ.
550 ވަނަ ޙަދީޘް:
550- وَعَنْ أَبِي أَيُّوبَ اَلْأَنْصَارِيِّ -رَضِيَ اللَّهُ عَنْهُ- أَنَّ رَسُولَ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ قَالَ: (( مَنْ صَامَ رَمَضَانَ، ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ اَلدَّهْرِ )) رَوَاهُ مُسْلِمٌ .
أَبو أَيُّوبَ اَلْأَنْصَارِيِّ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘްކުރެއްވިއެވެ. { ރަމަޟާންމަހު ރޯދަ ހިފައި ދެން އެޔަށްފަހު ޝައްވާލުމަހުގެ ހަ ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދައެވެ.}
މިޙަދީޘް ރިވާކުރެއްވީ الِإمَامُ مُسْلِم އެވެ.
-ނުނިމޭ-