[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުޞޫލުލް އީމާން 5

ރަޙްމަތްވަންތަކަމަކީ ﷲ ތަޢާލާގެ ސިފަފުޅެއްކަން ބަޔާންކުރެވުން

  1. عَنْ عُمَرَ رَضِيَ اللَّهُ عَنْهُ قَالَ:(( قُدِمَ عَلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِسَبْيٍ فَإِذَا امْرَأَةٌ مِنَ السَّبْيِ تَبْتَغِي إِذَا وَجَدَتْ صَبِيًّا فِي السَّبْيِ أَخَذَتْهُ فَأَلْصَقَتْهُ بِبَطْنِهَا وَأَرْضَعَتْهُ فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَتَرَوْنَ هَذِهِ الْمَرْأَةَ طَارِحَةً وَلَدَهَا فِي النَّارِ؟ قُلْنَا: لَا، وَاللهِ وَهِيَ تَقْدِرُ عَلَى أَنْ لَا تَطْرَحَهُ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: الَلَّهُ أَرْحَمُ بِعِبَادِهِ مِنْ هَذِهِ المَرأَةِ بِوَلَدِهَا)). رواه البخاري و مسلم.

މާނައީ: “ޢުމަރު رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް ހަނގުރާމައިގައި އަސީރުކުރެވުނު ބަޔަކު ގެންދެވުނެވެ. އެހިނދު އެތަނުން އަންހެނަކު އޭނަގެ ދަރިފުޅު ގެއްލިގެން ހޯދަނިކޮށް ދެކުނީމެވެ. ދެން އެއަންހެން މީހާ އެކުއްޖާ ފެނުމުން ނަގައި އެކުއްޖާގައިގައި ބައްދާލައި ބުއްދިނެވެ. ދެންފަހެ ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ މިތަން ފެނިގެން ޙަދީޘް ކުރެއްވިއެވެ. މިއަންހެންމީހާ އޭނަގެ ދަރިފުޅު އަލިފާނަށް އެއްލައިފާނެ ކަމަށް ތިޔަބައިމީހުންނަށް ހީވޭ ހެއްޔެވެ؟ އަހަރުމެން ދެއްނެވީމެވެ. ﷲ ގަންދީ ބުނަމެވެ. ނޫނެކެވެ. އޭނަޔަށް އެދަރިފުޅު އެއްލައިނުލަން ކުޅަދާނަކަން ލިބިގެންވާ ޙާލު އެއްލައެއް ނުލާނެތެވެ. ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. މިއަންހެން މީހާ އޭނަގެ ދަރިފުޅު ދެކެވާ ރަޙްމަތާއި ކުލުނާއި ލޯތްބަށް ވުރެ ބޮޑަށް، ﷲ އެކަލާނގެ އަޅުންދެކެ ރަޙްމަތްވަންތައެވެ.

ﷲ ގެ ރަޙްމަތުގެ ތަނަވަސްކަން ބަޔާންކުރެވުން

  1. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((لَمَّا قَضَى اللَّهُ الخَلْقَ كَتَبَ فِي كِتَابِهِ فَهُوَ عِنْدَهُ فَوْقَ العَرْشِ إِنَّ رَحْمَتِي غَلَبَتْ غَضَبِي)).رواه البخاري.

މާނައީ: އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. ﷲ ތަޢާލާ އެންމެހައި މަޚްލޫޤުން ހެއްދެވުމަށްފަހު، ޢަރުޝުގެ މަތީގައިވާ އެކަލާނގެ ޙަޟްރަތުގައިވާ  ފޮތެއްގައި ލިޔުއްވިއެވެ. “ހަމަކަށަވަރުން ތިމަން އިލާހުގެ ރަޙްމަތް ކޯފާގެ މައްޗަށް ގަދަވެގެންފިއެވެ”.

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ