[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بُلُوغُ اَلْمَرَامِ ގެ كِتَابُ اَلصِّيَامِ (16 ވަނަ ބައި)- ޙަދީޘް ނަންބަރު: 551 އާއި 552 އަދި 553

بُلُوغُ اَلْمَرَامِ مِنْ أَدِلَّةِ اَلْأَحْكَامِ - غلاف4

551 ވަނަ ޙަދީޘް:

551- وَعَنْ أَبِي سَعِيدٍ اَلْخُدْرِيِّ -رَضِيَ اللَّهُ عَنْهُ- قَالَ: قَالَ رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ (( مَا مِنْ عَبْدٍ يَصُومُ يَوْمًا فِي سَبِيلِ اَللَّهِ إِلَّا بَاعَدَ اَللَّهُ بِذَلِكَ اَلْيَوْمِ عَنْ وَجْهِهِ اَلنَّارَ سَبْعِينَ خَرِيفًا ))  مُتَّفَقٌ عَلَيْه، وَاللَّفْظُ لِمُسْلِمٍ .

أَبُو سَعِيدٍ الْخُدْرِيِّ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘްކުރެއްވިއެވެ. { (اللَّه ގެ އަޅުތަކުންގެ ތެރެއިން) އެއްވެސް އަޅަކު، اللَّه ގެ މަގުގައި ރޯދައެއް ހިފައިފި ކަމުގައިވާނަމަ، އެ ރޯދައަށްޓަކައި އޭނާގެ މޫނު ނަރަކައާއި ހައްދިހަ އަހަރުގެ ރާސްތާއަށް ދުރު ކުރެވޭ ހާލު މެނުވީ އޭނާ އެރޯދަ ނުހިފައެވެ.}

مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)

މިއީ الِإمَامُ مُسْلِم ގެންނަވާފައިވާ ލަފްޒެވެ.

552 ވަނަ ޙަދީޘް:

552- وَعَنْ عَائِشَةَ رَضِيَ اَللَّهُ عَنْهَا قَالَتْ: (( كَانَ رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ يَصُومُ حَتَّى نَقُولَ لَا يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ لَا يَصُومُ، وَمَا رَأَيْتُ رَسُولَ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ اِسْتَكْمَلَ صِيَامَ شَهْرٍ قَطُّ إِلَّا رَمَضَانَ، وَمَا رَأَيْتُهُ فِي شَهْرٍ أَكْثَرَ مِنْهُ صِيَامًا فِي شَعْبَانَ ))  مُتَّفَقٌ عَلَيْهِ، وَاللَّفْظُ لِمُسْلِمٍ.

عَائِشَة رَضِيَ اَللَّهُ عَنْهَا ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. { މުޅިމަހު އެއްވެސް ރޯދައެއް ނުހިއްޕަވާ ދޫކޮށްނުލައްވަޔޭ ތިމަންބޭކަނބަލުން ބުނާ ވަރަށް އެކަލޭގެފާނު އެމަހުގައި (އެބަހީ:ޝަޢުބާން މަހުގައި) ރޯދަ ހިއްޕަވާކަމުގައިވެއެވެ. އަދި އެމަހުގައި (އެބަހީ:ޝަޢުބާން މަހުގައި) އެއްވެސް ރޯދައެއް ނުހިއްޕަވައޭ ތިމަންބޭކަނބަލުން ބުނާވަރަށް (ބައެއް ފަހަރު) އެމަހުގައި ރޯދައަށް ނުހުންނަވާކަމުގައި ވިއެވެ. އަދި ރަމަޟާން މަސް ފިޔަވައި އެހެން މަހެއްގައި މުޅިމަސް އެއްކޮށް ރޯދަ ނުހިއްޕަވައެވެ. އަދި (ރަމަޟާން މަސް ފިޔަވައި) ޝަޢުބާން މަހަށްވުރެ ގިނައިން އެހެން މަހެއްގައި އެކަލޭގެފާނު ރޯދަހިއްޕަވަނިކޮށް ތިމަންކަމަނާ ދެކެވަޑައިނުގަންނަވަމެވެ.. ”

مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)

މިއީ الِإمَامُ مُسْلِم ގެންނަވާފައިވާ ލަފްޒެވެ.

553 ވަނަ ޙަދީޘް:

553- وَعَنْ أَبِي ذَرٍّ -رَضِيَ اللَّهُ عَنْهُ- قَالَ: (( أَمَرَنَا رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ أَنْ نَصُومَ مِنَ الشَّهْرِ ثَلَاثَةَ أَيَّامٍ: ثَلَاثَ عَشْرَةَ، وَأَرْبَعَ عَشْرَةَ، وَخَمْسَ عَشْرَةَ ))  رَوَاهُ النَّسَائِيُّ، وَالتِّرْمِذِيُّ، وَصَحَّحَهُ اِبْنُ حِبَّانَ .

أَبُو ذَرٍّ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. { މަހުގެ ތިން ދުވަހެއްގައި ރޯދަ ހިފުމަށް ތިމަންބޭކަލުންނަށް رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ އަމުރުކުރެއްވިއެވެ. ތޭރަ ވަނަ ދުވަހާއި ސާދަ ވަނަދުވަހާއި އަދި ފަނަރަވަނަދުވަހެވެ.

ރިވާކުރެއްވީ الإِمَامُ النَّسَائِيُّ އަދި الإِمَامُ التِّرْمِذِيُّ އެވެ. އަދި الإِمَامُ اِبْنُ حِبَّانَ މިޙަދީޘް ޞައްޙަކުރެއްވިއެވެ.

-ނުނިމޭ-

ކުރީގެ ބައިތައް ބެއްލެވުމަށް މިލިންކަށް ޒިޔާރަތްކޮށްލައްވާ