554 ވަނަ ޙަދީޘް:
554- وَعَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- أَنَّ رَسُولَ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ قَالَ: (( لَا يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ )) مُتَّفَقٌ عَلَيْهِ، وَاللَّفْظُ لِلْبُخَارِيِّ .
وَزَادَ أَبُو دَاوُدَ: (( غَيْرَ رَمَضَانَ )) .
أَبُوْ هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘްކުރެއްވިއެވެ. { ފިރިމީހާ ރަށުގައި ހުއްޓާ އޭނާގެ ހުއްދައާއެކު މެނުވީ ރޯދައަށް ހުރުން އަންހެނާއަށް ހުއްދަވެގެން ނުވެއެވެ.}
مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)
އަދި މިއީ الإِمَامُ الْبُخَارِيِّ ގެންނަވާފައިވާ ލަފްޒެވެ.
އަދި الإِمَامُ أَبُو دَاوُدَ ގެ ރިވާޔަތުގައި އިތުރަށް ގެންނަވާފައި ވެއެވެ. { ރަމަޟާން މަސް ފިޔަވައެވެ.}
555 ވަނަ ޙަދީޘް:
555- وَعَنْ أَبِي سَعِيدٍ الْخُدْرِيِّ -رَضِيَ اللَّهُ عَنْهُ- (( أَنَّ رَسُولَ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ نَهَى عَنْ صِيَامِ يَوْمَيْنِ: يَوْمِ اَلْفِطْرِ وَيَوْمِ اَلنَّحْرِ )) مُتَّفَقٌ عَلَيْهِ .
أَبُوْ سَعِيدٍ الْخُدْرِيِّ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. { ހަމަކަށަވަރުން ދެދުވަހެއްގެ ރޯދަ رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ނަހީކުރެއްވިއެވެ. (އެއީ) ފިތުރު ޢީދު ދުވަހާއި ޤުރުބާނުގެ ދުވަހުގެ (އެބަހީ: އަލްޙާ ޢީދު ދުވަހުގެ) ރޯދައެވެ.}
مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)
556 ވަނަ ޙަދީޘް:
556- وَعَنْ نُبَيْشَةَ اَلْهُذَلِيِّ -رَضِيَ اللَّهُ عَنْهُ- قَالَ: قَالَ رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ (( أَيَّامُ اَلتَّشْرِيقِ أَيَّامُ أَكْلٍ وَشُرْبٍ, وَذِكْرٍ لِلَّهِ عَزَّ وَجَلَّ )) رَوَاهُ مُسْلِمٌ .
نُبَيْشَةُ الْهُذَلِيِّ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘްކުރެއްވިއެވެ. { أَيَّامُ اَلتَّشْرِيقِ ގެ ދުވަސްތަކަކީ (އެބަހީ: ހައްޖު މަހުގެ އެގާރަ، ބާރަ އަދި ތޭރަ، މިތިންދުވަހަކީ) ކެއުމާއި ބުއިމުގެ އަދި اَللَّه عَزَّ وَجَلَّ ހަނދުމަކުރުމުގެ ދުވަސްތަކެކެވެ.}
ރިވާކުރެއްވީ الِإمَامُ مُسْلِم އެވެ.
557 ވަނަ ޙަދީޘް:
557- وَعَنْ عَائِشَةَ وَابْنِ عُمَرَ رَضِيَ اللَّهُ عَنْهُمْ قَالَا: (( لَمْ يُرَخَّصْ فِي أَيَّامِ اَلتَّشْرِيقِ أَنْ يُصَمْنَ إِلَّا لِمَنْ لَمْ يَجِدِ اَلْهَدْيَ )) رَوَاهُ الْبُخَارِيُّ .
عَائِشَة އަދި ابْنِ عُمَرَ -رَضِيَ اَللَّهُ عَنْهُمْ- ގެ ކިބައިން ރިވާވެގެންވެއެވެ. އެ ދެ ބޭކަލުން ވިދާޅުވިއެވެ. { ހަދުޔު ނުގެންދެވޭ މީހުނަށް ފިޔަވައި އެހެންބަޔަކަށް أَيَّامُ اَلتَّشْرِيقِ ގެ ދުވަސްތަކުގައި (އެބަހީ: ހައްޖު މަހުގެ އެގާރަ، ބާރަ އަދި ތޭރަ، މިތިންދުވަހުގައި) ރޯދަ ހިފުން ހުއްދަ ދެވިގެން ނުވެއެވެ.}
ރިވާކުރެއްވީ الإِمَامُ البُخَارِي އެވެ.
-ނުނިމޭ-