[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بُلُوغُ اَلْمَرَامِ ގެ كِتَابُ اَلصِّيَامِ (19 ވަނަ ބައި)- ޙަދީޘް ނަންބަރު: 565 އިން 570 އަށް

بُلُوغُ اَلْمَرَامِ مِنْ أَدِلَّةِ اَلْأَحْكَامِ - غلاف4

بَابُ اَلِاعْتِكَافِ وَقِيَامِ رَمَضَانَ

އިޢުތިކާފުކުރުމާއި ރަމާޟާން މަހުގެ ރޭ އަޅުކަމުގެ ވާހަކަ ނަންގަނެވުނު ބާބު.

565 ވަނަ ޙަދީޘް:

565- عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- أَنَّ رَسُولَ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ قَالَ: (( مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ))  مُتَّفَقٌ عَلَيْهِ .

أَبُو هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘްކުރެއްވިއެވެ. { އީމާންވެހުރެ ސަވާބާއި ދަރުމައަށް އެދޭ ހާލު ރަމަޟާން މަހުގެ ރޭއަޅުކަން ކޮށްފިމީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވާހުއްޓެވެ.}

مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)

566 ވަނަ ޙަދީޘް:

566- وَعَنْ عَائِشَةَ رَضِيَ اَللَّهُ عَنْهَا قَالَتْ: (( كَانَ رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ إِذَا دَخَلَ اَلْعَشْرُ -أَيْ: اَلْعَشْرُ اَلْأَخِيرُ مِنْ رَمَضَانَ- شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ ))  مُتَّفَقٌ عَلَيْهِ.

عَائِشَة -رَضِيَ اَللَّهُ عَنْهَا- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. { ފަހުދިހައެއްގެ (އެބަހީ:ރަމަޟާން މަހުގެ ފަހުދިހައެއްގެ) ދުވަސްތައް ވަދެއްޖެ ކަމުގައިވާނަމަ رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ އެކަލޭގެފާނުގެ ކަމަރު ބާރުކޮށްލައްވާ ކަމުގައި ވެއެވެ (އެބަހީ: އަޅުކަމުގައި އިތުރަށް ހީވާގިވެ ވަޑައިގަންނަވައެވެ). އަދި ރޭތައް (އަޅުކަން ކުރައްވާ) އިޙުޔާ ކުރައްވާ ކަމުގައި ވެއެވެ. އަދި އާއިލާގެ ބޭފުޅުން (ރޭއަޅުކަމަށް) ހޭލައްވާކަމުގައި ވިއެވެ.}

مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)

567 ވަނަ ޙަދީޘް:

567- وَعَنْهَا: (( أَنَّ اَلنَّبِيَّ صَلَى اللَّهُ عَلَيْه وَسَلَّمَ كَانَ يَعْتَكِفُ اَلْعَشْرَ اَلْأَوَاخِرَ مِنْ رَمَضَانَ، حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ ))  مُتَّفَقٌ عَلَيْهِ.

އަދިވެސް އެކަމަނާ (އެބަހީ: عَائِشَة -رَضِيَ اَللَّهُ عَنْهَا- ) ގެ ކިބައިން ރިވާވެގެންވެއެވެ. { ﷲތަޢާލާ ނަބިއްޔާ ފުރާނަފުޅު ގެންދަވަންދެން (ކޮންމެ) ރަމަޟާންމަހެއްގެ ފަހުދިހައެއްގެ ދުވަސްތަކުގައި އެކަލޭގެފާނުގެ އިޢުތިކާފުކުރައްވާކަމުގައި ވިއެވެ. ދެން އެކަލޭގެފާނަށްފަހު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އިޢުތިކާފުކުރެއްވިއެވެ.}

مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)

568 ވަނަ ޙަދީޘް:

568- وَعَنْهَا قَالَتْ: (( كَانَ رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ إِذَا أَرَادَ أَنْ يَعْتَكِفَ صَلَّى اَلْفَجْرَ، ثُمَّ دَخَلَ مُعْتَكَفَهُ ))  مُتَّفَقٌ عَلَيْهِ.

އަދިވެސް އެކަމަނާ (އެބަހީ: عَائِشَة -رَضِيَ اَللَّهُ عَنْهَا-) ގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ އިޢުތިކާފު ކުރައްވަން ބޭނުންފުޅުވެވަޑައިގެންފިނަމަ ފަތިސް ނަމާދު ކުރައްވާ، ދެން އެޔަށްފަހު އިޢުތިކާފު ކުރައްވާތަނަށް ވަޑައިގަންނަވާކަމުގައި ވިއެވެ.}

مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)

569 ވަނަ ޙަދީޘް:

569- وَعَنْهَا قَالَتْ: (( إِنْ كَانَ رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ لَيُدْخِلُ عَلَيَّ رَأْسَهُ -وَهُوَ فِي الْمَسْجِدِ- فَأُرَجِّلُهُ، وَكَانَ لَا يَدْخُلُ الْبَيْتَ إِلَّا لِحَاجَةٍ، إِذَا كَانَ مُعْتَكِفًا ))  مُتَّفَقٌ عَلَيْهِ، وَاللَّفْظُ لِلْبُخَارِيِّ.

އަދިވެސް އެކަމަނާ (އެބަހީ: عَائِشَة -رَضِيَ اَللَّهُ عَنْهَا-) ގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ މިސްކިތުގައި އިޢުތިކާފަށް އިންނަވާ ތިމަންކަމަނާގެ ގާތައް (ގެކޮޅުގެ ތެރެއަށް) އިސްތަށިފުޅު ވައްދަވާލެއްވުމުން، ދެންފަހެ ތިމަންކަމަނާ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ފުނާއަޅުއްވާ ހައްދަވަމެވެ. އަދި އެކަލޭގެފާނު އިޢުތިކާފަށް އިންނަވާއިރު ޙާޖަތެއްނެތި ގެއަށް ވަންނަވާކަމުގައި ނުވެއެވެ.}

مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)

އަދި މިއީ الإِمَامُ الْبُخَارِيِّ ގެންނަވާފައިވާ ލަފްޒެވެ.

570 ވަނަ ޙަދީޘް:

570- وَعَنْهَا قَالَتْ: (( اَلسُّنَّةُ عَلَى اَلْمُعْتَكِفِ أَنْ لَا يَعُودَ مَرِيضًا، وَلَا يَشْهَدَ جِنَازَةً، وَلَا يَمَسَّ امْرَأَةً، وَلَا يُبَاشِرَهَا، وَلَا يَخْرُجَ لِحَاجَةٍ، إِلَّا لِمَا لَا بُدَّ لَهُ مِنْهُ، وَلَا اعْتِكَافَ إِلَّا بِصَوْمٍ وَلَا اعْتِكَافَ إِلَّا فِي مَسْجِدٍ جَامِعٍ ))  رَوَاهُ أَبُو دَاوُدَ، وَلَا بَأْسَ بِرِجَالِهِ، إِلَّا أَنَّ اَلرَّاجِحَ وَقْفُ آخِرِهِ.

އަދިވެސް އެކަމަނާ (އެބަހީ: عَائِشَة -رَضِيَ اَللَّهُ عَنْهَا- ) ގެ ކިބައިން ރިވާވެގެންވެއެވެ. { އިޢުތިކާފު ކުރާމީހާއަށް ސުންނަންވެގެން ވަނީ ބަލިމީހާއަށް ޒިޔާރަތް ނުކުރުމެވެ. އަދި ޖަނާޒާގައިވެސް ބައިވެރި ނުވުމެވެ. އަދި ޖިމާޢު ނުވުމާއި މުބާޝަރާ ކޮށް ނުހެދުމެވެ. އަދި ކޮންހެން މަޖުބޫރުވެގެން ނޫން ގޮތަކަށް ކަންކަމުގައި ނިކުމެ ނުހެދުމެވެ. ރޯދަޔާއި އެކުމެނުވީ އިޢުތިކާފު (ފުރިހަމަ) ނުވެއެވެ. މީސްތަކުން އެއްވެއުޅޭ (އެބަހީ: ހުކުރު ކުރާ ) މިސްކިތެއްގައި މެނުވީ އިޢުތިކާފު (ފުރިހަމަ) ނުވެއެވެ.}

ރިވާކުރެއްވީ الإِمَامُ أَبُو دَاوُدَ އެވެ. މިޙަދީޘްއާއި މެދު ރާޖިޙު ގޮތަކީ ޙަދީޘްގެ ފަހުބަޔަކީ މައުޤޫފު ކޮށް އައިސްފައިވުން ފިޔަވައި ޙަދީޘްގެ ރާވީންނާމެދު މައްސަލައެއް ނެތެވެ.

(ނޯޓް: ޙަދީޘްގެ ފަހުބައި ކަމަށް މިތާގައި މުއައްލިފު ވިދާޅުވެފައި އެވަނީ އަނަނިވި ބައެވެ. ((وَلَا اعْتِكَافَ إِلَّا بِصَوْمٍ وَلَا اعْتِكَافَ إِلَّا فِي مَسْجِدٍ جَامِعٍ)) މާނައީ:{ ރޯދަޔާއި އެކުމެނުވީ އިޢުތިކާފު (ފުރިހަމަ) ނުވެއެވެ. މީސްތަކުން އެއްވެއުޅޭ (އެބަހީ: ހުކުރު ކުރާ) މިސްކިތެއްގައި މެނުވީ އިޢުތިކާފު (ފުރިހަމަ) ނުވެއެވެ.}

-ނުނިމޭ-

ކުރީގެ ބައިތައް ބެއްލެވުމަށް މިލިންކަށް ޒިޔާރަތްކޮށްލައްވާ