[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުޞޫލުލް އީމާން 6

13407530_1116575351719368_527080273_n

ރަޙްމަތް ސަތޭކަ ބަޔަށް ﷲ ތަޢާލާ ލެއްވިކަން ބަޔާން ކުރެވުން

  1. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((جَعَلَ اللهُ الرَّحْمَةَ مِائَةَ جُزْءٍ، فَأَمْسَكَ عِنْدَهُ تِسْعَةً وَتِسْعِينَ وَأَنْزَلَ فِي الْأَرْضِ جُزْءًا وَاحِدًا، فَمِنْ ذَلِكَ الْجُزْءِ تَتَرَاحَمُ الْخَلَائِقُ، حَتَّى تَرْفَعَ الدَّابَّةُ حَافِرَهَا عَنْ وَلَدِهَا، خَشْيَةَ أَنْ تُصِيبَهُ)) رواه البخاري و مسلم.

މާނައީ: އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. ރަޙްމަތް ސަތޭކަ ބަޔަށް ﷲ ތަޢާލާ ލެއްވިއެވެ. އަދި އެކަލާނގެ ޙަޟްރަތުގައި ނުވަދިހަ ނުވަ ބައި ހިފެހެއްޓެވިއެވެ. އަދި ބިމަށް އެއް ބައި ބާވާލެއްވިއެވެ. ޚަލްޤުތަކުން އެއްބަޔަކު އަނެއް ބަޔަކަށް ރަޙުމްކޮށް ހަދަނީ މިރަޙްމަތުގެ ސަބަބުންނެވެ. އަދި ޖަނަވާރު އޭތީގެ ފައި އޭގެ ދަރިއެއްގެ ގައިމަތީގައި އެޅިދާނެކަމަށް ބިރުން މައްޗަށް އުފުއްލަނީވެސް މިރަޙްމަތުގެ ސަބަބުންނެވެ.”

  1. وَلِمُسلِمٍ مَعنَاهُ مِنْ حَدِيثِ سَلْماَنَ فِيْهِ: ((كُلُّ رَحْمَةٍ طِبَاقَ مَا بَيْنَ السَّمَاءِ وَالْأَرْضِ)) ، وَفِيْهِ : ((فَإِذَا كَانَ يَوْمُ الْقِيَامَةِ أَكْمَلَهَا بِهَذِهِ الرَّحْمَةِ))

އަދި ސަޙީހު މުސްލިމުގައި މިމާނަ ދޭހަވާ ގޮތަށް ސަލްމާނު رَضِيَ اللَّهُ عَنْهُ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. “ކޮންމެ ރަޙްމަތެއްގެ ތަނަވަސްކަން އުޑާއި ބިމާއި ދެމުގައިގައިވާ ތަނަވަސްކަން ހައިބޮޑެވެ.” އަދި އެޙަދީޘުގައި ވެއެވެ. “ފަހެ ޤިޔާމަތްދުވަހުން، ބިމަށް ބާވާލެއްވިރަޙްމަތާއި އެކަލާނގެ ޙަޟްރަތުގައި ހިފެހެއްޓެވި ރަޙްމަތްތައް އެއްކުރައްވައި ފުރިހަމަ ކުރައްވާނެތެވެ.”

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ