[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 81 “ފޮތްތައް ގިނަވެ ފެތުރިގެން ދިޔުން.… “

  1. ފޮތްތައް ގިނަވެ ފެތުރިގެން ދިޔުން.

ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އިބްން މަސްޢޫދު رضي الله عنه [ރިވާކުރައްވާފައިވާ] ޙަދީޘެއްގައި އައިސްފައިވެއެވެ. ((إنَّ بَيْنَ يَدَيِ السَّاعَةِ…ظُهُوْرُ القَلَم))[1] މާނައީ: “ހަމަކަށަރުން ޤިޔާމަތް ކުޑަތަން ވުމުން ޤަލަން ފާޅުވާހުއްޓެވެ.”

ޤަލަން ފާޅުވުމުގެ މުރާދަކީ ލިޔުންތައް ފާޅުވުމާއި[2] އެފެތުރިގެން ދިއުމެވެ. وَاللهُ أَعْلَم.

އަދި عَمْرُو بْنِ تَغْلِب ގެ ކިބައިން ނަސާއީ އާއި الطَيَالِسِيّ ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ((إِنَّ مِنْ أَشْرَاطِ السَّاعَةِ… أَنْ يَكْثُرَ التُّجَّارُ، وَيَظْهَرَ الْعِلْمُ))[3] “ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ވިޔަފާރިވެރިން ގިނަވުމާއި ޢިލްމު ފާޅުވުން ވާކަން ކަށަވަރެވެ.”

އޭގެ މާނައަކީ ޢިލްމުގެ ވަޞީލާތްތައް ފާޅުވުމެވެ. އެއީ އެކަމާގުޅޭ ފޮތްތަކެވެ. وَاللهُ أَعْلَم.

ދެންފަހެ ހަމަކަށަވަރުން މިޒަމާނުގައި މިވަނީ ފިސާރި ބޮޑުމިންވަރަކަށް އެކަން ފާޅުވެގެން ގޮސް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެފެތުރިގެން ގޮސްފައެވެ. ޕްރިންޓްކުރާ ސާމާނުތަކާއި ނަކަލު ކުރާ ސާމާނު ތަކުގެ ސަބަބުން އެފެތުރުމަށް އައި ފަސޭހަކަމުގެ ސަބަބުންނެވެ. އަދި ހަމަ މިއާއެކު މީސްތަކުންގެ ތެރޭގައި ޖާހިލުކަން ވަނީ ފާޅުވެފައިކަން ކަށަވަރެވެ. އަދި މަންފާކުރަނިވި ޢިލްމު، އެއީ ޤުރުއާނާއި ސުންނަތުގެ ޢިލްމު އެބައިމީހުންގެ ތެރެއިން ދަށްވެ، އެދޭއްޗަށް ޢަމަލުކުރުން ވަނީ މަދުވެފައެވެ. ފޮތްތައް ގިނަވުމުން އެބައިމީހުންނަށް ލިބުން އެއްވެސް މޮޅެއް ނެތެވެ.[4]

 =ނުނިމޭ=

___________________________

[1] ((مسند أحمد)) (5 / 333 – 334) (ح 3870)، شرح أحمد شاكر، وقال: ((إسناده صحيح)).

[2] ބައްލަވާ: ((شرح مسند أحمد)) (5 / 334) لأحمد شاكر.

[3] ((منحة المعبود في ترتيب مسند الطيالسي)) (2 / 112) (ح 2763)، ترتيب الساعاتي، و ((سنن النسائي))، كتاب البيوع، باب التجارة، (7 / 244).

قال التويجري على رواية النسائي: ((إسناد صحيح على شرط الشيخين)). ((إتحاف الجماعة)) (1 / 428).

[4] ބައްލަވާ: ((إتحاف الجماعة)) (1 / 428).