[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 82 “އިސްލާމްދިނުގައި ކުރުމަށް ހިތްވަރު ދެވިފައިވާ ސުންނަތްތަކާމެދު ފަރުވާކުޑަކުރުން “

  1. އިސްލާމްދިނުގައި ކުރުމަށް ހިތްވަރު ދެވިފައިވާ ސުންނަތްތަކާމެދު ފަރުވާކުޑަކުރުން.

އޭގެ ތެރޭގައި ﷲ ތަޢާލާގެ ޝިޢާރުތަކަށް އިހާނާތްތެރިވުން ހިމެނެއެވެ. އިބްނު މަސްޢޫދު رضي الله عنه ގެ އަރިހުން އައިސްފައިވާ ޙަދީޘްގައި ވާފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ((إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يَمُرَّ الرَّجُلُ  بِالْمَسْجِدِ؛ لَا يُصَلِّي فِيهِ رَكْعَتَيْنِ))[1] މާނައީ: “ހަމަކަށަވަރުން ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި މީހުން މިސްކިތް ހުރަސްކުރުން ހިމެނެއެވެ: އޭނާ އެތަނުގައި ދެރަކްޢަތް ނުކުރެއެވެ.”

އަދި އެހެން ރިވާޔަތެއްގައި ވަނީ: ((أَنْ يَجْتَازَ الرَّجُلُ بِالْمَسْجِدِ، فَلَا يُصَلِّي فِيهِ))[2] “އެތަނުގައި ނަމާދެއް ކޮށްނުލައި، މީހުން މިސްކިތް ހުރަސްކޮށްލުމެވެ.”

އަދިވެސް އިބްނު މަސްޢޫދުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ تُتَّخَذَ الْمَسَاجِدُ طُرُقًا))[3] މާނައީ: “ހަމަކަށަވަރުން ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި، މަގުތަކެއް ކަމުގައި މިސްކިތްތައް ހެދުން ހިމެނެއެވެ.”

އަދި އަނަސް رضي الله عنه، ނަބިއްޔާ صلى الله عليه وسلم އާ ހަމައިން ރިވާކުރައްވާ ވިދާޅުވިއެވެ. ((إِنَّ مِنْ أَمَارَاتِ السَّاعَةِ أَنْ تُتَّخَذَ الْمَسَاجِدُ طُرُقًا))[4] “ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި މިސްކިތްތަކަކީ ހިނގާބިނގާވެ އުޅޭ މަގުތައް ކަމުގައި ހެދުންވެއެވެ.”

ދެންފަހެ މިކަމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. ފަހެ މިސްކިތްތަކަށް މާތްކޮށް ހިތުމީ ﷲ ތަޢާލާ ގެ ޝިޢާރުތައް[5] މަތިވެރި ކުރުމެވެ. އަދި އެއީ އީމާންކަމާއި ތަޤްވާވެރިކަމުގެ ޢަލާމާތެއްކަން ކަށަވަރެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (وَمَن يُعَظِّمْ شَعَائِرَ اللَّـهِ فَإِنَّهَا مِن تَقْوَى الْقُلُوبِ)) [الحج: 32]. މާނައީ: “މާތް ﷲގެ ޝިޢާރުތަކަށް މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ ތަޤުވާވެރިކަމުގެ ތެރެއިންނެވެ.”

އަދިވެސް ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޡްކުރައްވާފައި ވެއެވެ. ((إِذَا دَخَلَ أَحَدُكُمْ الْمَسْجِدَ؛ فَلَا يَجْلِسْ حَتَّى يَرْكَعَ رَكْعَتَيْنِ))[6] މާނައީ: “ތިޔަބައިމީހުންކުރެ މީހަކު މިސްކިތައް ވަދެއްޖެ ކަމުގައި ވަނީނަމަ ދެރަކުޢަތް ކޮށްފުމަށް ދާންދެން ނީށީންނަ ހުށިކަމެވެ.”

މިސްކިތްތަކުގެ ބޭނުމަކީ ޛިކުރު ކުރުމާއި އަޅުކަން ކުރުން ކަމުގައި ވުމާއެކު، އެތަންތަނަކީ ފަތުރުވެރި މަންޒިލް ތަކެއް ކަމުގައްޔާއި ކާފަރުން ހިތްހަމަ ޖައްސާލާ ތަންތަން ކަމުގައި ވުމީ ބޮޑުވެގެންވާ ބަލިމަޑުކަމެކެވެ. އަދި ބައެއް އިސްލާމީ ޤައުމުތަކުގައާއި، ކާފަރުންގެ އަތްދަށުގައިވާ ޤައުމުތަކުގައި، މިޒަމާނުގައި މިކަން ހިނގަމުންދާކަން ޔަޤީނެވެ. لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ العَظِيْم.

 =ނުނިމޭ=

___________________________

[1] ((صحيح ابن خزيمة))، باب كراهية المرور في المساجد من غير أن تصلي فيها، والبيان أنه من أشراط الساعة، (2 / 283 – 284)، تحقيق د. محمد مصطفى الأعظمي، طبع المكتب الإسلامي، ط. الأولى 1391 هـ).

وعلق عليه الألباني، فقال: ((إسناده ضعيف، ولكن له أو لغالبه طرق أخرى)).

وذكر في ((السلسلة الصحيحة)) أن له طريقا أخرى عن ابن مسعود يتقوى بها. انظر (م 2 / 253) (ح 649).

[2] رواه البزار، وصحح الهيثمي هذه الرواية في ((مجمع الزوائد)) (7 / 329).

[3] ((منحة المعبود في ترتيب مسند الطيالسي))، باب ماجاء في الفتن التي تكون بين يدي الساعة (2 / 212)، ترتيب الساعاتي، و ((مستدرك الحاكم)) (4 / 446)، وقال: ((هذا حديث صحيح الإسناد))، وقال الذهبي: ((موقوف)).

[4] ((منحة المعبود في ترتيب مسند الطيالسي))، باب ماجاء في الفتن التي تكون بين يدي الساعة (2 / 212)، ترتيب الساعاتي، و ((مستدرك الحاكم)) (4 / 446)، وقال: ((هذا حديث صحيح الإسناد))، وقال الذهبي: ((موقوف)).

[5] (شَعَائِرِ اللهِ) “ﷲގެ ޝިޢާރުތައް”: އޭގެ އެކަހެރި ގޮތަކީ (شَعِيْرَة) “ޝީޢާރު” އެވެ. އެއީ ﷲ ތަޢާލާއަށް ކިޔަމަންވުމުގެ ޢަލާމާތެއް ކަމުގައި ލެއްވޭ ކޮންމެ ޢަލާމާތެކެވެ. ބައްލަވާ: ((تفسير غريب القرآن)) (ص 32) لابن قتيبة، بتحقيق السيد أحمد صقر، طبع دار الكتب العلمية، بيروت، (1398هـ).

[6] ((صحيح مسلم))، كتاب صلاة المسافرين وقصرها، باب استحباب تحية المسجد بركعتين، وكراهة الجلوس قبل صلاتهما، وأنها مشروعة في جميع الأوقات، (5 / 225 – 226 – مع شرح النووي).