[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 87 “ކުއްލިމަރު ގިނަވުން. “

  1. ކުއްލިމަރު ގިނަވުން.

ނަބިއްޔާ صلى الله عليه وسلم ނިސްބަތްކުރައްވާ އަނަސް ބްން މާލިކު رضي الله عنه ވިދާޅުވިއެވެ. ((إنَّ مِنْ أَمَارَاتِ السَّاعَةِ…مَوْتُ الْفَجْأَةِ))[1] މާނައީ: “ހަމަކަށަވަރުން ކުއްލި މަރަކީ ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ.”

މިކަމަކީ މިޒަމާނުގައި ފެންނަމުން އަންނަ ކަމެކެވެ. ކުއްލިއަކަށް މަރުވެގެން ދިއުން މިވަނީ މީސްތަކުންގެ މެދުގައި ގިނަވެފައެވެ. ފަހެ ދުޅަހެޔޮ ޞިއްޙަތެއްގައި ހުއްޓައި ފެންނަމީހާ އެއަށްފަހު ކުއްލިގޮތަކަށް މަރުވެއެވެ. މިހާރު މިއަށް މީހުން ކިޔައި އުޅެނީ “ހާރޓް އެޓޭކް ޖެހުމެވެ”. ބުއްދިވެރިޔާއީ އޭނާގެ އަމިއްލަ ނަފްސު ހުށިޔާރު ކުރުވައިގެން ހުރިމީހާއެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ރުޖޫޢަވެ، ކުއްލި މަރެއްގެ ކުރިން ތައުބާވެހުރި މީހާއެވެ.

އިމާމު ބުޚާރީ رَحِمَهُ الله ވިދާޅުވެ އުޅުއްވައެވެ.

((اغْتَنِمْ فِي الفَرَاغِ فَضْلَ رُكُوْعٍ

فَعَسَى أَنْ يَكُوْنَ مَوْتُكَ بَغْتَهْ

كَمْ صَحِيْحٍ رَأَيْتُ مِنْ غَيْرِ سُقْمٍ

ذَهَبَتْ نَفْسُهُ الصَّحِيْحَةُ فَلْتَه))

މާނައީ: “ރުކޫއެއް ކޮށްލުމުގައި (އެބަހީ އަޅުކަން ކުރުމުގައި) ތިބާގެ ހުސްވަގުތުގެ ބޭނުން ހިފާށެވެ. ތިބާގެ މަރަކީ އެއީ ކުއްލި ކަމެއްގެ ގޮތުގައި ވެސް ވެދާނެއެވެ.

އެއްވެސް ބައްޔަކާ ނުލައި ފުރިހަމަ ޞިއްޙަތުގައިވާތީ ފެނުނީ ކިތައް މީހުން ހެއްޔެވެ. އޭނާގެ އެފުރިހަމަ ނަފްސު ކުއްލިއަކަށް ނިމިދިއައީއެވެ.”

އިބްނު ޙަޖަރު ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “އޭގެ ފަހުން ނުވަތަ ދުވަސްކޮޅަކަށްފަހު، އެކަލޭގެފާނު –އެބަހީ ބުޚާރީ- އަށް އެކަން މެދުވެރިވެގެން ދިއުމީ ޙައިރާންވި ކަމެކެވެ.”[2]

=ނުނިމޭ=

___________________________

[1] قال الهيثمي: ((رواه الطبراني في ((الصغير))، و ((الأوسط))، عن شيخه الهيثم بن خالد المصيصي، وهو ضعيف)). ((مجمع الزوائد)) (7 / 325).

وقال الألباني: ((حسن))، وذكر من أخرجه، وهم: الطبراني في ((الأوسط))، والضياء المقدسي. انظر: ((صحيح الجامع الصغير)) (5 / 214) (ح 5775).

[2] ((هدي الساري مقدمة فتح الباري)) (ص 481) للحافظ أحمد بن علي بن حجر العسقلاني، قام بإخراجه وتصحيحه محب الدين الخطيب، أشرف على طبعه قصي محب الدين الخطيب، نشر وتوزيع رئاسة إدارات البحوث العلمية والإفتاء، الرياض.