[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: (ނަމާދުގައި) އާމީން ކިޔުމަކީ ސުންނަތެއް

(ނަމާދުގައި) އާމީން ކިޔުމަކީ ސުންނަތެއް ހެއްޔެވެ؟

އާނއެކެވެ. ނަމާދުގައި އާމީން ކިޔުމަކީ ސުންނާ މުއައްކަދާއެކެވެ. ވަކިން ޚާއްޞަކޮށް އިމާމު މީހާ އާމީން ކިޔުމުންނެވެ. އެގޮތުން ޞަޙީޙުލް ބުޚާރީއާއި މުސްލިމުގައި އަބޫ ހުރައިރާ ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

« إِذَا أَمَّنَ الإِمَامُ فَأَمِّنُوا فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ » [رواه البخاري ومسلم]

މާނައީ: “އިމާމު މީހާ އާމިން ކިޔުމުން ތިޔަބައިމީހުންވެސް އާމީން ކިޔާށެވެ. އެހެނީ  އެމީހެއް އާމީން ކިޔާވަޤުތާއި މަލާއިކަތް ބޭކަލުން އެފަދައިން ވިދާޅުވާ ވަޤުތާ ދިމާވެއްޖެނަމަ އެމީހެއްގެ އިސްވެގޮސްފައިވާ ފާފަތައް ފުހެވިގެން ދެއެވެ.”

އެގޮތުން އިމާމު މީހާއާއި މައުމޫމުން އާމީން ކިޔާނީ އެކުއެކީގައެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

« إِذَا قَالَ الإِمَامُ ( غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ ) فَقُولُوا آمِينَ » [رواه البخاري ومسلم]

މާނައީ: “އިމާމު މީހާ ( غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ ) ކިޔުމުން ތިޔަބައިމީހުން އާމީން ކިޔާށެވެ.”

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

فتاوى أركان الإسلام / رقم: 240