[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދީނުގައި ފިޤުހުވެރިވުމުގެ މާތްކަން

بسم الله الرحمن الرحيم

حمدހުރީعالمތައް ހައްދަވާ ﷲ އަށެވެ. صلواتތާއި سلام ލެއްވުންއެދި دعاކުރަނީ އަހަރުމެންގެ ނަބިއްޔާ محمد ގެފާނަށާ އެކަލޭގެފާނުގެ އާލުންނާ އަދި أصحابންނާ އަދި އެބޭކަލުންނަށް ހެޔޮގޮތުގައި قيامة އާހަމަޔަށް تبعވީ تابعينނަށެވެ.

އެއަށްފަހު ދަންނައެވެ. ފަހެ ދީނުގައި ފިޤުހުވެރިވުމީ އެންމެ ހެޔޮ އަމަލުތަކުގެ ތެރެއިން ވާކަމެކެވެ. އަދި އެއީ ހެޔޮކަމުގެ ޢަލާމާތެކެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ.

((مَنْ يُرِدْ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ…)) [ رواه البخاري]

މާނައީ” ﷲ تعالى މީހަކަށް ހެޔޮގޮތް އިރާދަކުރައްވާނަމަ، އެމީހާ އެކަލާނގެ ދީނުގައި ފިޤުހުވެރި ކުރައްވައެވެ”

އެއީ ދީނުގައި ފިޤުހު ވެރިވުމުގެ ސަބަބުން ހެޔޮއަމަލުތައް އެއެއްޗެއްގެ މައްޗަށް ބިނާވާ ފައިދާދެނިވި ޢިލްމު ޙާޞިލުވެގެން ދެއެވެ.

ﷲ تعالى وحي ކުރެއްވިއެވެ.

(هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ) [سورة الفتح /28]

މާނައީ ” އެކަލާނގެއީ، ތެދުމަގާއި، حق دين އާއިގެން އެކަލާނގެ رسول އާ ފޮނުއްވި ރަސްކަލާނގެއެވެ”

މިއާޔަތުގައި މިވާ ތެދުމަގަކީ : ފައިދާދެނިވި ޢިލްމެވެ. އަދި حق دين އަކީ: ހެޔޮޢަމަލެވެ.

އަދި ހަމަކަށަވަރުން ﷲ ތަޢާލާވަނީ އެކަލާނގެ ޙަޟްރަތުން علم އިތުރުކޮށްދެއްވުންއެދި ދެންނެވުމަށް އެއިލާހުގެ ނަބިއްޔާﷺ އަށް އަމުރު ކުރައްވާފައެވެ. މިގޮތުން وحي ކުރެއްވެވިއެވެ.

“وَقُل رَّبِّ زِدْنِي عِلْمًا.”(سورة طه /114)

މާނައީ:”އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރައްބެވެ! މިއަޅާއަށް علم އިތުރުކޮށްދެއްވާނދޭވެ.”

 حافظ ابن حجر (رحمه الله) ވިދާޅުވިއެވެ.

“އަދި ﷲ تعالى ގެ ވަހީބަސްފުޅު .”وَقُل رَّبِّ زِدْنِي عِلْمًا.”(سورة طه /114) ޢިލްމުގެ މާތްކަމަށް ސާފުކޮށް ދަލީލުކޮށްދެއެވެ. އެހެނީ ﷲ تعالى ޢިލްމު ފިޔަވައި އެހެން އެއްވެސް އެއްޗަކުން އިތުރުކޮށްދެއްވުން އެދި ދެންނެވުމަށް އެކަލާނގެ ނަބިއްޔާއަށް އަމުރު ނުކުރައްވައެވެ. “ޝައިޚުގެ ބަސްކޮޅު ނިމުނީ

އަދި ހަމަކަށަވަރުން ނަބިއްޔާ ﷺ ފައިދާދެނިވި ޢިލްމު އުނގެނޭ މަޖުލިސްތަކަށް (ސުވަރުގޭގެ ބަގީޗާއެއް)ގެ ނަމުން ނަން ދެއްވިއެވެ. އަދި ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންކަމުގައި ޚަބަރުދެއްވިއެވެ.

 އެއްވެސް ޝައްކެއް ނެތް ގޮތުގައި އިންސާނާ ކޮންމެވެސް ކަމެއް ކުރުމަށް އަވަސްވެގަންނަހިނދު  ކޮންމެހެންވެސް އެކަމެއް އެންމެ ޞައްހަގޮތަށް ކުރާނެ މަގު ދެނެގަންނަން ޖެހެއެވެ. އެއީ އެކުރި ޢަމަލަކީ ޞައްޙަޢަމަލަކަށް ހެދުމަށްޓަކައެވެ. އަދި އެޢަމަލުގެ ފަހަތުގައިވާ އެދެވިގެންވާ ނަތީޖާއަށް ވާޞިލު ވުމަށްޓަކައެވެ. މިގޮތަށް ކަންހުރިއިރު އިންސާނާ އޭނާ ހެއްދެވިފަރާތަށް އަޅުކަންކުރުމަށް އަވަސްވެގަންނަހިނދު  އަދި އެ ކަމެއްގެ މައްޗަށް އެނާ ނަރަކައިން މުއްތިވުމާ އަދި ސުވަރުގެ ވަނުން ހުއްޓިފައިވާކަން(އަޅުކަން)- އެކަން ކުރުމަށް ޢިލްމަކާނުލައި އަވަސްވެގަންނާނީ ކިހިނަކުން ހެއެޔެވެ؟

ދެން ޢިލްމާއި ޢަމަލުގެ އެބައެއްގެ ކިބައިގައިވާ ނިސްބަތުން ތިން ބަޔަކަން މީސްތަކުން ބެހިގެން ދިޔައެވެ.

ފުރަތަމަ ބަޔަކީ: ޢިލްމާއި ހެޔޮޢަމަލު އެއްކުރިމީހުންނެވެ. ފަހެ އެބައިމީހުންނަށް ﷲ تعالى ނަބިއްޔުންނާ ޞިއްދީޤުންނާ ޝަހީދުންނާ ޞާލިހުންފަދަ ނިޢުމަތް ދެއްވި މީހުންގެ މަގަށް މަގު ދައްކަވައިފިއެވެ. އަދި އެ ނިޢުމަތް ދެއްވިމީހުންނީ އެކުގައިވާނޭ ރަފީޤުންގެގޮތުގައި ހެޔޮވެގެންވާ ބައެކެވެ.

ދެވަނަ ބަޔަކީ: ފައިދާދެނިވި ޢިލްމު އުނގެނުމަށްފަހު އެ ޢިލްމަށް ޢަމަލު ނުކުޅަމީހުންނެވެ، މިބައިމީހުންނަކީ އެބައެއްގެ މައްޗަށް ﷲ تعالى ކޯފާޙައްޤުވީ މީހުންކަމުގައިވި ޔަހޫދީންނާ އެމީހުން ހިނގި މަގުން ހިނގި މީހުންނެވެ.

ތިންވަނަ ބަޔަކީ: އެއްވެސް ޢިލްމަކާއި ނުލާ ޢަމަލުކުރި މީހުންނެވެ. މިބައިމީހުންނީ މަގުފުރެދިފައިވި ނަޞާރާއިންނާ އެމީހުން ހިނގި މަގުގައި ހިނގި މީހުނެވެ.

އަދި މިހުރިހާ ފިރުޤާއެއްގެ ވާހަކަ އަޅުގަނޑުމެން ނަމާދުގެ ކޮންމެ ރަކުޢަތެއްގައި ކިޔަވާ فاتحة ސޫރަތުގެ ﷲ تعالى ގެ މިވަޙީ ބަސްފުޅުގައި ޝާމިލުވެފައިވެއެވެ.

اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾ (سورة الفاتحة /6,7)

މާނައީ:” އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ. [6] (އެއީ) އެއުރެންނަށް އިބަރަސްކަލާނގެ نعمة ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ. [7]”

އިމާމު މުޙައްމަދު ބިން ޢަބްދުލް ވައްޙާބް رحمه الله ވިދާޅުވިއެވެ:

“ފަހެ ﷲ تعالى ގެ ވަޙީބަސްފުޅު  : (غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ) ” އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ”

ކޯފާލެއވިގެންވީ މީހުންނީ : އެބައިމީހުން އުނގެނުނު ޢިލްމަށް ޢަމަލުނުކުރި ޢިލްމުވެރިންނެވެ. އަދި މަގުފުރެދުނު މީހުންނީ: ޢިލްމެއް ނެތި ޢަމަލުކުރި މީހުންނެވެ”

ފަހެ ފުރަތަމަ ޞިފައަކީ : ޔަހޫދީންގެ ސިފައެކެވެ. ދެވަނައީ: ނަޞާރާއިންގެ ސިފައެކެވެ.

މީސްތަކުންގެ ތެރެއިން ގިނަމީހުންނަށް ތަފްސީރުތަކުން ކޯފާލެއްވުނު މީހުންނީ ޔަހޫދީންކަމަށް އަދި މަގުފުރެދުނު މީހުންނީ ނަޞާރާއިންކަމަށް ފެންނަހިދު ޖާހިލުމީހާ އެ ދެ ސިފައަކީ އެދެބައިމީހުންނަށް ޚާއްސަ ދެ ސިފަކަމުގައި ހީކުރެއެވެ. އަދި އެ ޖާހިލުމީހާގެ މައްޗަށް އޭނާގެ ވެރި ރައްބު މިދުޢާއިން ދުޢާކުރުމަށް ފަރުޟު ކުރެއްވުމުން ކިޔަވާހިނދުގައިވެސްމެއެވެ. އަދި އޭނާގެ ރައްބުގެ ޙަޟްރަތުން އިސްވެ ދިޔަ ދެސިފަ ލިބިގަތް މީހުންގެ މަގުން ރައްކާތެރި ކޮށްދެއްވުންއެދި ދަންނަވާހިނދުގައިވެސްމެއެވެ.

ﷲ تعالى ގެ ހުސްޠާހިރުވަންތަކަމާއެވެ!! އަބަދުމެ މި ދުޢާކިޔުން ﷲ تعالى އޭނާގެ މައްޗަށް ފަރުޟުކުރައްވާ، އޭނާއަށް އެދުޢާ ޚިޔާރުކޮށްދެއްވާ އަދި ދަސްކޮށްދެއްވީ އޭގައި އޭނާ ރައްކާތެރިވަންޖެހޭ ކަމެއް ނުވާނަމަ ކީއްވެގެން ހެއްޔެވެ؟

އަދި އޭނާ ރައްކާތެރިވަންޖެހޭ ކަމެއް މިދުޢާގައި ނުވާކަމަށް އޭނާ ހީކުރުމީ ﷲ ތަޢާލާއާއި މެދު ނުބައި ހީކުރުންކަމެއް އޭނާއަކަން ތަސައްވަރެއްނުކުރެވެއެވެ.

= ނުނިމޭ =

___________________________

މިއީ ފަޟީލަތުއްޝައިޚް ޞާލިޙުލް ފައުޒާން ލިޔުއްވާފައިވާ الملخص الفقهي ގެ މުޤައްދިމާއިން ތަރުޖަމާކުރެވިފައި ބައެކެވެ.

އެހެނިހެން ބައިތައް