[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ބޭރުޤައުމުތަކުން އެތެރެކުރާ އެއްގަމުމަސް ކެއުމާއި އޭގެ ވިޔަފާރިކުރުން

ބޭރު ޤައުމުތަކުގައި އުފައްދާފައިވާ ގަނޑުކުރި، ފިނިކުރި ނުވަތަ ކޮށާފައިހުރި އެއްގަމުމަސް(ހަމައެފަދައިން ކުކުޅާއި އެކިބާވަތުގެ ދޫންޏާއި މުސަޅުމަސް) އެތެރެކުރުމާ އޭގެ ވިޔަފާރިކުރުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

ޖަވާބު: އަހުލުކިތާބީން ދިރިއުޅޭ ޤައުމުތަކުން އެތެރެކުރާ އެއްގަމުމަސް ގަނެވިއްކާ، ކެއުމަކީ މައްސަލައެއް ނޫނެވެ. އެހެނީ އެބައިމީހުންގެ (އެފަދަ) ކާނާ ﷲ ތަޢާލާވަނީ އަޅުގަނޑުމެންނަށް ޤުރުއާނުގެ ނައްޞުން ހުއްދަކުރައްވާފައެވެ…

އަޞްލަކީ އެބައިމީހުންގެ ކާނާ އަޅުގަނޑުމެންނަށް ހުއްދަވެގެންވުމެވެ.

ނަމަވެސް (އިސްލާމީ) ޝަރީޢަތުގައި ކަނޑައަޅާފައިވާ ގޮތްނޫން ގޮތަކަށް އެއްވެސް ކުންފުންޏަކުން ކަތިލާކަން އަޅުގަނޑުމެންނަށް އެނގިއްޖެނަމަ އެ ހުއްދައެއް ނުވާނެއެވެ. (މިޘާލަކަށް) އެތަކެތީގެ ބޯވެސް ނުކަނޑާ ނުވަތަ ކަރަށް ފިތައިގެން މަރާލެވޭ ތަކެތި ނުވަތަ އެފަދަ އެނޫންގޮތަކަށް ކަތިލާނަމަ އެ ކުންފުނިން އެތެރެކުރާ އެއްޗެއް މުސްލިމަކަށް ހުއްދައެއް ނުވާނެއެވެ. މިޘާލަކަށް މުސްލިމަކުވެސް (ޖަނަވާރެއްގެ) ކަރަށް ފިތައިގެން އެމަރައިފިނަމަ އެކެއުން ހުއްދަ ނުވާނެއެވެ. އުސްތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި، އެހެން ޖަނަވާރެއްގެ ދަޅުންޖަހައިގެން މަރުވާތަކެތިވެސް ހަމައެފަދައެވެ. ފަހެ އެގޮތުން ޔަހޫދީންނާއި ނަޞާރާއިން އެފަދައިން މަރާތަކެތި އަޅުގަނޑުމެން ނުކެއުން މާއެދެވިގެންވެއެވެ.

އެމީހުން ކަތިލާތަކެތި އެއީ ޝަރީޢަތާ އެއްގޮތަށް ކަތިލާ ތަކެތިކަން ނޭނގިއްޖެނަމަ ދަންނައެވެ. އެ ޖަނަވާރުގެ ބޯބުރިކޮށްލާފައި އެބުރިކުރި ގޮތް ތިބާއަށް ނޭނގުނަސް ބަލާނީ އޭގެ އަޞްލަށެވެ. އެއީ އެ ހުއްދަވުމެވެ. އޭގެން ކައި އަދި ގަނެވިއްކުމަކީ މައްސަލައެއް ނޫނެވެ.

އެނޫން އެހެން ޤައުމުތަކުން ގެންނަ އެއްގަމުމަހާ ބެހޭގޮތުން ދަންނައެވެ. އިންޑިއާއި ކޮރިއާއި ޖަޕާނުފަދަ ބުދުދީނުގެ ޤައުމުތަކުގެ މީހުން ކަތިލާތަކެތި ހުއްދަނުވާނެއެވެ. ހަމަ އެފަދައިން ޗައިނާއާއި ބަލްޣޭރިއާއި ރޮމޭނިއާފަދަ ކޮމިއުނިސްޓު ޤައުމުތަކުން ގެންނަ ތަކެތިވެސް ހުއްދަނުވާނެއެވެ. މުސްލިމަކު ނުވަތަ އަހުލުކިތާބީންގެ މީހަކު ކަތިލާއެއްޗެއް މެނުވީ މިޤައުމުތަކުން ގެންނަ (އެއްގަމު) މަސް ހުއްދަނުވާނެވެ.

 

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله

_______________________________

ފަތުވާގެ އަޞްލު