-
ވަރިކުރެވޭ އަންހެނާއަށް ފިރިމީހާގެ ފަރާތުން މުދަލެއް ދިނުމަށް ލާޒިމުކުރުން
– ޝަރުޢީ ކޯޓަކުން ވަރިކުރި މީހާ މުދަލެއް ދިނުމަށް ލާޒިމުކުރުން
ވަރިކުރުމަށްފަހު މުދަލެއް ދިނުމަކީ އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ޙުކުމެކެވެ. އެހެންކަމުން ވަރިކުރުމަށްފަހު އެފަދަ ކަމެއްގައި ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ކޯޓުން ވަކި ގޮތަކަށް އެމައްސަލަ ނިންމުމުން އެޙުކުމަށް ދެމަފިރިން ލާޒިމުވުން ހުއްޓެވެ.
– ވަޟުޢީ ޤާނޫނަކުން ވަރިކުރި މީހާ މުދަލެއް ދިނުން ލާޒިމުކުރުން
ވަރަށް ގިނަ ޤައުމުތަކުގައި ވަޟުޢީ ޤާނޫނުތަކުން ވަނީ ޝަރީޢަތުގައި މިކަން އައިސްފައިވާ މިންވަރަށްވުރެ ބޮޑަށް ކަނޑައަޅާފައެވެ. އެގޮތުން ވަރިކުރުމުން ދޭ މުދަލެއްގެ ބަދަލުގައި މިފަދަ ޤާނޫނުތަކުން އެކަން ބަލާފައިވަނީ ފިރިމީހާގެ މައްޗަށް އޮތް ޢުޤޫބާތެއްގެ ގޮތުގައެވެ.
އެގޮތުން މިފަދަ ޤާނޫނަކުން ފިރިމީހާއަށް އަނިޔާވެރިވާފަދަ ގޮތަކަށް މިޙުކުމް ކަނޑައަޅާފައިވާނަމަ އެފަދަ ޙުކުމަކަށް އެޙާލަތުގައި ޢަމަލުކުރުން ހުއްދަވެގެން ނުވެއެވެ.
= ނުނިމޭ =
ލިޔެ ޖަމާކުރީ
އައްޝައިޚް ޔާމީން ނާޞިރު
އައްޝައިޚް ޢިމްރާން މުޙައްމަދު
________________________