[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދީނުގައި ފިގުހުވެރިވުމުގެ މާތްކަން 2

(އިސްވެދިޔަ ލިޔުމުގައި(ދީނުގައި ފިޤުހުވެރިވުމުގެ މާތްކަން)  އެންމެ ފަހުން އަޅުގަނޑުމެން ބަލައިލާފައިވާނީ  الفاتحة ސޫރތުގައިވާ، ތިން ބައިމީހުންނާ އަދި އެތިންބައި މީހުން ގެ ތެރެއިންވާ ކޯފާލެއްވުނު މީހުންނާ މަގުގެއްލުނު މީހުންނަކީ ހަމައެކަނި ޔަހޫދީންނާ ނަޞާރާއިންނޫންކަމެވެ.އަދި އެކަމާބެހޭގޮތުން އިމާމް މުޙަންމަދު ބިން ޢަބްދުލް ވައްހާބް رحمه ﷲ ގެ ބަސްކޮޅެވެ.) މުތަރްޖިމް

ޝެއިޚް މުޙަންމަދު ބިން ޢަބްދުލް ވައްހާބް رحمه الله ގެ  އިސްވެދިޔަ ބަސްކޮޅުގައި އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައި އެވަނީ މި ސޫރަތް އަޅުގަނޑުމެން ކުރާ ނަމާދު ތަކުގެ ކޮންމެ ރަކުޢަތެއްގައި ކިޔެވުން ފަރުޟަކަށް ވުމުގެ ޙިކުމަތެވެ. އެއީ އެސޫރަތުގައި މަތިވެރި ސިއްރުތަކެއް އެކުލަވިފައި ވީމައެވެ. އަދި މި މަތިވެރި ދުޢާވަނީ އެސިއްރު ތަކުގެތެރެއިންނެވެ:”ދުނިޔެއާއި އާޚިރަތުގައިވެސް ނަޖާވާން އޮތް މަގު ކަމުގައިވާ ފައިދާ ދެނިވި ޢިލްމާ ހެޔޮޢަމަލުގެ އަހުލުވެރިން ހިނގި މަގުގައި ހިނގުމަށް ﷲ އަހަރެމެންނަށް ތައުފީޤު ދެއްވުމާ އަދި ފައިދާ ދެނިވި ޢިލްމު ގައި ނުވަތަ ހެޔޮޢަމަލުކުރުމުގައި ފަރުވާކުޑަކޮށް އެ ދެކަމުންކުރެ ކަމެއް ދޫކޮށް ލުމުން ހަލާކުވެގެންދިޔަ މީހުންގެ މަގުން އަހަރެމެން ރައްކާތެރި ކޮށްދެއްވުމަށް އެދި ދެންނެވުމެވެ.

މިލިޔުންކިޔަމުންދާކިޔުންތެރިޔާއެވެ! ދަންނާށެވެ! ހަމަ ކަށަވަރުންވެސް ހެޔޮޢަމަލު އިސްތިމްދާދުކުރެވިފައިވަނި(އެކަން ކުރުމަށް އެހީއަށް އެދެވިފައިވަނީ) ޤުރުއާނާއި ސުންނަތް ތަދައްބުރުކުރުމާއި ފަހުމްކުރުމުންނެވެ.އަދި ހަމަ އެއާއެކު އިޚުލާސްތެއި މުދައްރިސުންނާ،ތަފްސީރު ފޮތްތަކާއި، ޙަދިޘްތަކުގެ ޝަރަޙަތަކާއި،ފިޤުހު ފޮތްތަކާއި،ކީރިތިޤުރުޢާން އެބަހަކުން ބާވައިލެއްވުނު ޢަރަބި ބަހާއި ނަޙޫ ފޮތްތަކުގެ އެހީގައެވެ. ފަހެ ޤުރުޢާނާއި ސުންނަތް ފަހުމްވާން އޮތް މަގަކީ މި ފޮތްތަކެވެ.

 އޭ މުސްލިމް އަޚާއެވެ!  ފަހެ ތިބާގެ މައަޗަށް ވާޖިބުވެގެންވަނީ ތިބާގެ ޢަމަލުތަށް ޞައްޙައަމަލުތަކަކަށް ހެދުމަށް ޓަކައި ދީން ހަމަމަގުގައި ބެހެއްޓޭނެ ކަންކަން ދަސްކުރުމެވެ،އެއީ ތިބާގެ ނަމާދާއި ތިބާގެ ރޯދައާއި ތިބާގެ މުދަލުގެ ޒަކާތުގެ ޙުކުމްތަށް ދަސްކުރުމެވެ. އަދި ހަމަ އެހެންމެ މުޢާމަލާތް ތަކުގެ ޙުކުމްތަށް ވެސް ތިބާއަށް ޙާޖަތަށް ޖެހޭވަރަކުން ދަސްކުރުމެވެ، އެއީ އެ މުޢާމަލާތް ތަކުން ﷲ تعالى މުބާހް ކުރށް ވާފައިވާ ކަންކަމުގައި ހިފެހެއްޓުމަށެވެ. އަދި ﷲ تعالى ޙަރާމް ކުރަށްވާފައިވާ ކަންކަމުން ދުރުހެލިވުމަށެވެ.އެއީ ތިބާ ކަސްބުކުރާ(ބުރަ މަސައްކަތްކޮށް ހޯދާ) މުދަލަކީ ހަލާލު އެއްޗަކަށް ހެދުމަށެވެ.އަދި ތިބާ ކާތަކެތިވެސް ޙަލާލުވުމަށެވެ.އެއީ ތިބާގެ ދުޢާއަކީ ޢިޖާބަވެވޭ ދުޢާ އަކަށް ހެދުމަށެވެ..(މުޢާމަލާތް ތަކުގެތެރެއިން ތިބާ ދަސްކުރުންވަނީ) ހަމައެކަނި އެކަންތައްތަކަކަށް ޙާޖަތަށް ޖެޙޭކަނަކަން އެކަންޔެވެ.ފަހެ އެކަން ވަނީ ތިބާގެ ޢަޒީމަތް ޞައްޙަވެ ނިޔަތް ޚާލިސްވެއެޖެ ހިނދަކު ﷲ تعالىގެ އިރާދަ ފުޅާއެކު ފަސޭހަ ކަމެއްކަމުގައެވެ.

އެހެންވީމާ ފައިދާދެނިވި ފޮތްތަށް ކިޔުމަށް ދަހިވެތިވެ ގަންނާށެވެ، އަދި ތިބާއަށް އޮޅުންއަރާކަމެއް މެދުވެރިވެއްޖެނަމަ ސުވާލުކުރުމަށް ޢިލްމުވެރިންނާ ގުޅާށެވެ. އަދި އެމީހުންގެ ކިބައިން ޢިލްމު ތަލައްޤީކުރާށެވެ.އަދިހަމަ އެހެންމެ މިސްކިތްތަކާ އަދި އެނޫންތަންތަނުގައި ބޭއްވޭ ދީނީ ސެމިނަރތަކާ މުހާޟަރާތްތަކަށް ހާޒިރުވުމަށް ޢިނާޔަތްދޭށެވެ.އަދި ރޭޑިޢޯ ތަކުން އަންނަ ދީނީ ޕުރޮގުރާންތަށް އަޑުއަހާށެވެ،އަދި ދީނީ މައްސަލަތަކަށް ޢިނާޔަތްދޭ ރިޕޯޓުތަކާ މަޖަށްލާތައްވެސް ކިޔާށެވެ، މިފަދަ ހެޔޮމުގެ މަގުތަކަށް ތިބާ ދަހިވެތިވެ އަދި އެދޭނަމަ ތިބާގެ މަޢުލޫމާތު އިތުރުވެ ، ވިސްނުތެރިކަމާއި ބަޞީރަތް އަލިވެގެން ދާނެއެވެ.

އޭ އަޚާއެވެ! އަދި ހަނދާންނައްތާ ނުލައްޗެވެ. ޢިލްމު އިތުރުވެ ތަރައްޤީވެގެން ދާނީ ޢަމަލާއެކުއެވެ.ތިބާ ޢަމަލު ކޮށްފިނަމަ، ތިބާގެ ޢިލްމު އިތުރުވެގެން ދާނެއެވެ. އަޘަރުވެވިގެންވާ ޙިކުމަތުގެ ބަސްކޮޅުގައި ވާފަދައިންނެވެ.”އެމީހަކު އުގެނުން އެއްޗަކަށް ޢަމަލުކޮށްފި މީހާއަށް ﷲ تعالى އޭނާ ނުދަންނަ ޢިލްމު ވާރުތަކޮށްދެއްވާނެތެވެ.” މިކަމަށް ހެކިދައްކައިދެނީ ﷲ تعالىގެ މި ވަޙިބަސްފުޅެވެ،. وَاتَّقُوا اللَّـهَ ۖ وَيُعَلِّمُكُمُ اللَّـهُ ۗ وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ ﴿٢٨٢/ بقرة﴾ މާނައީ” ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! اللَّه، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ. اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ.” އެ އެއްޗެއް ހޯދުމުގައި ވަޤުތުތައް ހޭދަކުރަން އެންމެ ޙައްޤުކަން ބޮޑުއެއްޗަކީ ޢިލްމެވެ. އެހެނީ އޭގެސަބަބުން ޢަމަލުތަށް އިތުރުވެ،ހިތްތަކަށް ދިރުންލިބެއެވެ.

ފަހެ ޢިލްމަށް ޢަމަލުކުރާ ޢިލްމުވެރިންގެ ޝައުނުގައި އެބައިމީހުންނާ ބެހޭގޮތުން އެފަރާތެއްގެ އެންމެހާ އިސްމަފުޅުތަކެއް ހުސްތާޙިރުވެގެން ވާ މަތިވެރ ﷲ އެކަލާންގެ ފޮތުގައި ވަޙީކުރެވިއެވެ: قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ ﴿٩/ الزمر﴾ މާނައީ ” ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ نصيحة ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهل ވެރިންނެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ: يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ ۚ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ ﴿١١/مجادلة﴾ މާނައީ” ތިޔަބައިމީހުންގެ ތެރެއިން إيمان ވީ މީހުންނާއި، علم ލިބިގެންވާމީހުން اللَّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

ދެން ﷲ تعالى ބަޔާންކޮށްދެއްވާފައި އެވަނީ އިމާންކަމާ ޤަރީނުކުރެވިގެންވާ ޢިލްމު ދެއްވިގެންވާމީހުންގެ ޚާއްސަކަމެވެ. އެއަށް ފަހު ޚަބަރުދެއްވައިފައިއެވަނީ އެކަލާނގެއީ އަޅުގަނޑުމެން ކުރާކަންތައްތައް މޮޅަށް ދެނެވޮޑީގެންވާ އިލާހުކަމެވެ.އަދި އަޅުގަނޑުމެންގެ މައަޗަށް ބައްލަވާވޮޑިގެންވާފަރާތްކަމެވެ. އެއީ އަޅުގަނޑުމެން ނަށް ކޮންމެހެންވެސް ޢިލްމާއިއެކު ޢަމަލުވާނެޖެހޭނެކަމަށް މަގުދައްކައިދިނުމަށެވެ. އަދި އެ ހުރިހާ ކަމެއްގެ މަސްދަރަކަށް ވާންޖެހޭނީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ބައްލަވާ ވޮޑިގެންވާކަން ދަތުމާ، އީމާންކަމަށެވެ.

= ނިމުނީ =

__________________________

މިއީ ފަޟީލަތުއްޝައިޚް ޞާލިޙުލް ފައުޒާން ލިޔުއްވާފައިވާ الملخص الفقهي ގެ މުޤައްދިމާއިން ތަރުޖަމާކުރެވިފައި ބައެކެވެ.

އެހެނިހެން ބައިތައް