[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހެދުމާއި އެނޫން ތަކެތީގައި ކުޑަކަމުދާ ތަކެތި ޖެހުމާ އަދި އެ ޖެހުމުން ރައްކާތެރި ނުވުމުން ހުރި ބިރުވެރިކަން

156- (1) ( ފުރަތަމަ ރިވާޔަތް)

  އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ.

ހަމަކަށަވަރުން ރަސޫލާ ﷺ ދެ ޤަބުރެއް ކައިރިންލާފައި ދިޔައެވެ އަދި ޙަދީޘް ކުރެއްވިއެވެ:

إِنَّهُمَا لَيُعَذَّبَانِ ، وَمَا يُعَذَّبَانِ فِي كَبِيرٍ ، بَلَى إنه كَبِيْر ، أَمَّا أَحَدُهُمَا فَكَانَ يَمْشِي بِالنَّمِيمَةِ ، وَأَمَّا الآخَرُ فَكَانَ لاَ يَسْتَتر مِنْ بَوْلِهِ

“ހަމަކަށަވަރުން އެދެ ޤަބުރަށް އެދަނީ ޢަޛާބު ލިބެމުންނެވެ(2) އަދި އެދެ ޤަބުރަށް ޢަޛާބު ލިބެމުން އެދަނީ ބޮޑުކަމަކާ ހެދިއެއް ނޫނެވެ. (3) (އެބަހީ: އެއީ ބޮޑު ކަމެއްކަމުގައި އެބައިމީހުން ނުދެކޭ ކަމެއްގައެވެ.) އެހެނެއްކަމަކު ހަމަ ކަށަވަރުންވެސް އެއީ ބޮޑުކަމެކެވެ. އެގޭން އެކަކީ ފަހެ މީސްތަކުންގެ ތެރޭގައި ދެބައުޑުވަމުން(4) ހިނގާ މީހެއްކަމުގައި ވިއެވެ، އަދި އަނެއްމީހާއީ ފަހެ ކުޑަކަމުދާ ތަކެތިން ރައްކާތެރިނުވާ މީހަކުކަމުގައި ވިއެވެ(5).”

މިޙަދީޘް  ރިވާކުރެއްވީ البخاري-އަދި މިއީ އެކަލޭފާނުގެ ލަފްޒު ތަކުގެތެރެއިން ލަފްޒެއް- ، އަދި مسلم އަދި ابو داود އަދި ترمزي އަދި نسائي އަދި ابن ماجة  މި ބޭކަލުންނެވެ. ( އިމާމް الألبانيމި ޙަދީޘް އަށް ދެއްވާފައިވާ ޙުކުމް : صحيح)

فضيلة الشيخ سليمان الرحيلي(حفظه الله) ގެ ޝަރަހައިން ނެގިފައިވާ ބައެއްފައިދާތަށް.

1- މުޢުމިނުންނަކީ ޙިއްސީގޮތުންވެސް އަދި މަޢުނަވީގޮތުންވެސް ޠާހިރުބައެކެވެ. މަޢުނަވީ ނަޖިހާއި އަދި ޙިއްސީ ނަޖިހުން ޠާހިރުވެހުރުމަކީވެސް މުޢުމިނުންނަށް އެދެވިގެންވާ ކަމެކެވެ. މަޢުނަވީގޮތުން ޝިރުކާއި ، ބިދުޢަތަކާއި ،ފާފަތަކުންނެވެ.ޙިއްސީ ގޮތުން ،ސަބަބެއް މެދުވެރިވެއްޖެނަމަ ޙަދަޘުން ޠާހިރުވުމާއި ، ނަޖިސްތަކެތިން ދުރުހެލިވުމެވެ.

2- އެބަހީ ޢަޛާބު ލިބެމުން އެދަނީ ޤަބުރުގައި ވަޅުލެވިފައިވާ ދެމީހުންނަށެވެ. ނަބިއްޔާ ﷺ އަށް ﷲ ތަޢާލާ ޤަބުރުގައި ވާ ދެމީހުންނަށް ޢަޛާބުލިބޭ އަޑު އިއްވެވިއެވެ.ފަހެ މިޙަދީޘުން އަޅުގަނޑުމެންނަށް ޤަބުރުގެ ޢަޛާބަކީ ވާ އެއްޗެއްކަން ޘާބިތުވެގެންދެއެވެ. އަދި ހަމަ އެހެންމެ ޤަބުރުގައި ޘަވާބާއި ޢަޛާބަކީވެސް ވާއެއްޗެއްކަން ޘާބިތުވެގެން ދެއެވެ. އެހެނީ ރަސޫލާ ﷺ ޤަބުރުގެ ޢަޛާބުން ރައްކާތެރި ކުރެއްވުން އެދި ދުޢާކުރެއްވިއެވެ.

3 – މިތާގައި މިވާ (ބޮޑުކަމަކާ ހެދިއެއްނޫނޭ) މި ބަސް ކޮޅުގެ މާނައާއިމެދު ޢިލްމުވެރިންވަނީ އިޚްތިލާފްވެވަޑައިގަންނަވާފައެވެ. އަދި އެންމެ ބޮޑަށް ބުރަވެވޭ ޤަޢުލަކީ އެދެމީހުން އެމީހުންގެ ޙަޔާތުގައި އެދެކަންތަށް ބޮޑު ކަމެއްކަމުގައި ނުދެކުން މި އެވެ.

4- ދެބައޮޑުވުމަކީ : މީސްތަކުންގެ ތެރޭގައި ފަސާދައުފެއްދުމަށް ވާހަކަ އުފުލުމެވެ.

5 –  އިސްތިތާރުނުވުމޭ (ރައްކާތެރިނުވުމޭ) ބުނެވޭ ބަހުގެ މާނައަކީ:ކުޑަކަމުދާމީހާއާ އަދި ކުޑަކަމުދާ ތަކެއްޗާ ދެމެދު ހުރަހެއް ނުލުމެވެ. އަދި މިތާ ހުރަހަކީ މަޢުނަވީ ހުރަހެކެވެ. އޭގެ މާނައަކީ އޭނާލާ ކުޑަކަމުދާ ތަކެތިން ރައްކާތެރި ނުވާ ވާހަކައެވެ.

ކުޑަކަމުދިޔުމުން ޠާހިރުވުމާއިމެދު ދަންނައެވެ. އެކަމުގައިވަނީ ދެ ގޮތަކުން ހައްދުފަހަނައަޅާފައިވާ ބަޔަކާ  މެދުމިނުގައިވާ ބައެކެވެ.

       -ފުރަތަމަ ބަޔަކީ އަވަސްއަރުވާލާބައެކެވެ، ކުޑަކަމުދެވިދެވި ހުއްޓައިވެސް މިބައިމީހުން ތެދުވެދާނެއެވެ.

     – ދެވަނަބަޔަކީ ވަސްވާހުގައި ޖެހުމުގެ ސަބަބުން ފާހަނާއިން ނުނިކުތުން ގާތްވެފައިވާ ބައެކެވެ، އެބައިމީހުންގެ ގުނަވަން ދޮވުމުގައި ހައްދުފަހަނަ އާޅާދެއެވެ.

– ދެން އޮތީ މެދުމިނުގައިވާ މީހުންނެވެ. އެއީ ކުޑަކަމުގޮސް ނިމެންދެން މަޑުކޮށް ނިމުނުން އިސްތިންޖާކޮންގެން ނުކުންނަ މީހުންނެވެ.( މިއީ ޙައްޤުގޮތުގައި ވާ މީހުންނެވެ)

__________________________

صحيح الترغيب والترهيب މިފޮތުގެ ބައެއް ޙަދީޘްގެ ތަރުޖަމާ