އޮށެއްގެ މިންވަރަށް (ހެދުމުގައި ނުވަތަ ހަށިގަނޑުގައި) ލޭ ފަދަ ނަޖިހެއް ފެނިއްޖެނަމަ (ނަމާދުކުރުމަކީ) އެއީ މައްސަލައެއް ހެއްޔެވެ؟
ހަށިގަނޑުން އަންނަ ލެއާ ދޮސްފަދަ ނަޖިސް ފިޔަވާ އެހެން ނަޖިހަކީ ލުއިކަމެއް ދެވިފައިވާ ނަޖިހެއް ނޫނެވެ. އެއީ ކިތަންމެ ގިނައިން ނުވަތަ މަދުން އައި ނަމަވެސްއެވެ.
ލެއާ ދޮހާމެދު ދަންނައެވެ. ކުރިމަތި ފަރާތުން ނޫންތަނަކުން މަދުމިންވަރަކަށް އެއައިސްފައިވާނަމަ އެބެލެވޭނީ ޢަފޫކުރެވިގެންވާ މިންވަރަކަށެވެ. އެހެނީ އެފަދަ މިންވަރަކުން ދުރުހެލިވުމަކީ ދަތި އުނގަދޫ ކަމަކަށް ވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ) [ سورة الحج 78 ]
މާނައީ: “އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ. “
އަދިވެސް ވަޙީކުރެއްވިއެވެ.
(يُرِيدُ اللَّـهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ) [سورة البقرة 185]
މާނައީ: “ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. “
الشيخ عبد العزيز بن عبد الله بن باز .. الشيخ عبد الرزاق عفيفي .. الشيخ عبد الله بن غديان .. الشيخ عبد الله بن قعود .