[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ފަރުޟު ނަމާދުކުރުމަށްފަހު ސުންނަތް އަދާކުރާނަމަ ތަން ބަދަލުކުރުން

ސުވާލު: ފަރުޟު ނަމާދުކުރުމަށްފަހު ސުންނަތް އަދާކުރާނަމަ ތަން ބަދަލުކުރުމަށް ދަލީލެއް އައިސްފައިވޭ ހެއްޔެވެ؟

ޖަވާބު: އާނއެކެވެ. އެކަމުގައި މުޢާވިޔާ رضي الله عنه ގެ އަރިހުން ޙަދީޘެއް ވާރިދުވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ހަމަކަށަވަރުން އެއް ނަމާދު އަނެއްނަމާދާ ނުގުޅުވުމަށް ނަބިއްޔާ صلى الله عليه وسلم އަޅުގަނޑުމެންނަށް އަމުރުކުރެއްވިއެވެ. އެއީ އެދެމެދުގައި ވާހަކައެއް ދެއްކުން ނުވަތަ ނުކުތުމެއް ނުވާނަމައެވެ. (އެބަހީ: އެއްނަމާދަށްފަހު އަނެއް ނަމާދުކުރާނަމަ އެދެމެދުގައި ވާހަކައެއް ދައްކާލާށެވެ. ނުވަތަ ތަން ބަދަލުކޮށްލާށެވެ.)” [1]

ޢިލްމުވެރިން މިޙަދީޘުން ނަންގަވާފައިވާ މާނައަކީ ފަރުޟުނަމާދާއި ސުންނަތް ނަމާދު ވަކިކޮށްލުމަށެވެ. އެއީ އެދެމެދުގައި ވާހަކައެއް ދައްކައިގެންނެވެ. ނުވަތަ ތަން ބަދަލުކޮށްގެންނެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله
ــــــــــــــــــــــــــــــــــــــــ

مجموع فتاوى ورسائل الشيخ محمد صالح العثيمين – المجلد الرابع عشر – باب صلاة التطوع.

[1] رواه مسلم / كتاب: الجمعة / باب: الصلاة بعد الجمعة