ބޮޑު ޙަދަޘްވެރިވެފައި ހުރިކަން އެނގުނީ ނަމާދުކޮށްނިމުނުފަހުންނެވެ. އެފަދަ މީހަކު ހަދާނީ ކިހިނެތް ހެއްޔެވެ؟
ކުޑަ ޙަދަޘެއް ވިޔަސް އަދި ބޮޑު ޙަދަޘެއް ވިޔަސް، ނަމާދުކޮށް ނިމުނު ފަހުން އެކަން އެނގިއްޖެނަމަ އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ އެޙަދަޘަކުން ޠާހިރުވެގެން އަލުން ނަމާދު އިޢާދަކުރުމެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((لاَ تُقْبَلُ صَلاَةٌ بِغَيْرِ طُهُورٍ))
މާނައީ: “ޠަޙާރަތާ ނުލާ ކުރާ ނަމާދެއް ޤަބޫލުނުވެވޭނެއެވެ.”
ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން
مجموع فتاوى ورسائل العثيمين / كتاب : الصلاة / باب : اجتناب النجاسة
__________________________________
(1) أخرجه مسلم : كتاب الطهارة / باب وجوب الطهارة للصلاة