[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކޮންމެ ބަލިމީހަކަށްވެސް މަންފާ ކުރުވަނިވި ފަރުވާއެއް! 1-

އާޚިރަތުގެ ފޮނިމީރުކަން  :

 

ދުނިޔެވީ މިޙަޔާތަކީ އިންސާނާ ހެޔޮޢަމަލުތަށް ކުރުމަށްޓަކައިލައްވާފައިވާ އިމްތިޙާނު ތަކުން ފުރިގެންވާ ގޮވައްޗެކެވެ. ދުނިޔެވީ ޙަޔާތުގައި އަޑިގުޑަންތަކާއި ދަތިއުނދަގޫތަކާއި އަދި ތަފާތު ބަލިތަކުން ސަލާމަތްވެފައިވާ ޢަޅަކު ނުވެއެވެ. ބަލިމަޑުކަމަކީ އިންސާނާގެ އާރާއި ބާރު ނެތި ކޮއްލާއެއްޗެކެވެ. މުއުމިނު އަޅާއަށް ކުރިމަތިވާ މުސީބާތްތަކަކީ ނިއުމަތެކެވެ. އަދި ބަލިތަކާއި ދަތި އުނދަގޫކަމަކީ އޭނައަށްޓަކައި ވާ ހެވެކެވެ. އަޅުގަނޑުމެންގެ ވެރި ހުސްޠާހިރުވަންތަ އިލާހު، މުޞީބާތުގެ ޙާލަތްތަކުގައި އެއިލާހުގެ އަޅުތަކުންނަށް، ރަހުމަތް ވަންތަވެ ވޮޑިގަންނަވައެވެ. އަދި ނިޢުމަތުގައިވާ ޙާލަތްތަކުގައި އެއިލާހުގެ އަޅުތަކުން އިމްތިޙާނު ކުރައްވައެވެ. ދުނިޔެވީ ހަޔާތުގައި ހިތިކަމާއި ކުރިމަތިލާން ޖެހުނަސް، އީމާނުގެ އަހުލުވެރިން ބަލާނީ އާޚިރަތުގައި އޭނާއަށް ލިބޭނެ ފޮނިމީރުކަމަށެވެ. ނިޢުމަތުގެ ތެރެއިން އިންސާނާއަށް ދެއްވެވި ނިޢުމަތް އޭނާގެ މައްޗައްހުރި ބަލިމަޑުކަމަކަށް ބަދަލުވެގެން ދިޔައީ ކިތައް ފަހަރުގައިތޯއެވެ؟. އަދި އެނިޢުމަތްލިބޭނެ މަގުބަންދުވެ މަހުރޫމުވި ނިޢުމަތަކީ، އޭނާއަށް ޝިފާއެއްކަމުގައި ވެގެންދިޔައީ ކިތަށް ފަހަރު ތޯއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

((وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ)) البقرة: (216)  

މާނައީ: “އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.”

ތިބާއަށް ކުރިމަތިވާ މުޞީބާތްތަކަކީ, ﷲ ތަޢާލާ ތިބާދެކެ ލޯބިވެވޮޑިގެންނަވާކަމުގެ ޢަލާމާތެކެވެ. އަދި އެއީ ސުވަރުގެ އަށް ވާސިލު ވުމަށް ތިބާއަށް ކޮށިގެންދާ މަގެއްކަމުގައި ވެގެން ދެއެވެ. ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.

(إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلاءِ ، وَإِنَّ اللهَ إِذَا أَحَبَّ قَوْمًا ابْتَلاهُمْ ، فَمَنْ رَضِيَ فَلَهُ الرِّضَا ، وَمَنْ سَخِطَ فَلَهُ السُّخْطُ)

މާނައީ: “ހަމަކަށަވަރުން ބޮޑުވެގެންވާ ދަރުމަލިބުންވަނީ، ބޮޑުވެގެންވާ މުޞީބާތް ކުރިމަތި ވުމަށް ފަހުގައެވެ. އަދި ހަމަކަށަވަރުން ﷲ ތަޢާލާ ބަޔަކުމީހުންދެކެ ލޯބި ވެވޮޑިގަންނަވައިފިނަމަ، އެބައިމީހުން އިމްތިޙާނު ކުރައްވައެވެ. ފަހެ އެކަމަށް ރުހިއްޖެ ކަމުގައި ވަނީނަމަ، ﷲ ތަޢާލާގެ ރުއްސެވުން އެމީހެއްގެ މައްޗަށްވެއެވެ. އަދި އެކަމާއި ނުރުހިއްޖެ ކަމުގައި ވަނީނަމަ، ﷲ ތަޢާލާގެ ކޯފާ، އެމީހެއްގެ މައްޗަށްވެއެވެ.”

“(السلسلة الصحيحة”) 1 / 227 

ހެޔޮ ސިއްޙަތަކީ ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ދެއްވެވި އެންމެ މަތިވެރި އެއް ނިއުމަތެވެ. އަދި އެއީ މަތިވެރި ދީލަތިވަންތަ ވެވޮޑިގަތުމެކެވެ. ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް  ކުރައްވާފައި ވެއެެވެ.

(نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ الصِّحَّةُ وَالْفَرَاغُ). ” ( رواه البخاري برقم 6412 ).

މާނައީ: މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޣާފިލުވެފައިވާ ދެނިޢުމަތެއްވެއެވެ. އެއީ ފުރިހަމަ ޞިއްހަތާއި ހުސްވަޤުތެވެ.

އަދި އެހެންމެ ހެޔޮސިއްޙަތަކީ ޤިޔާމަތްދުވަހު، އެކަމަކާއި މެދު އަޅާއާއި އެންމެ ފުރަތަމަ ސުވާލު ކުރެވޭ ކަންތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް  ކުރައްވާފައި ވެއެެވެ.

)إِنَّ أَوَّلَ مَا يُسْأَلُ عَنْهُ يَوْمَ الْقِيَامَةِ يَعْنِي الْعَبْدَ مِنْ النَّعِيمِ أَنْ يُقَالَ لَهُ أَلَمْ نُصِحَّ لَكَ جِسْمَكَ وَنُرْوِيَكَ مِنْ الْمَاءِ الْبَارِدِ)

މާނައީ: “ހަމަކަށަވަރުން ޤިޔާމަތްދުވަހުން، އޭނާއާ (އެބަހީ: ﷲ ތަޢާލާގެ އަޅާއާ)، ފުރަތަމަ ސުވާލު ކުރެވޭހުށީ އޭނާއަށް ދެއްވުނު ނިޢުމަތްތަކާ ބެހޭގޮތުންނެވެ. އެހިނދު އޭނާއަށް ބުނެވޭ ހުއްޓެވެ. ފަހެ ތިބާއަށްޓަކައި ތިބާގެ ހަށިގަނޑު ފުރިހަމަ ސިއްޙަތެއްގައި ތިމަން އިލާހު ނުލައްވަމު ހެއްޔެވެ. އަދި ފިނިވެގެންވާ ފެނުން ތިބާގެ ކަރުހިއްކުން ފިލުވައި ނުލަމު ހެއްޔެވެ؟.”

أخرجه الترمذي (3358) وصححه الألباني في ” صحيح الترمذي.

 

-ނުނިމޭ-


މި ލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއް އަދި ޚަޠީބެއް ކަމަށްވާ ޑރ: ޢަބްދުލް މުޙްސިން ބިން މުޙައްމަދު އަލްޤާސިމް، ލިޔުއްވާފައިވާ ރިސާލާއެއްކަމަށްވާ  ((دَوَاءٌ نَافِعٌ لِكُلِّ مَرِيضٍ)) “ކޮންމެ ބަލިމީހަކަށްވެސް މަންފާ ކުރުވަނިވި ފަރުވާއެއް”  ގެ ތަރުޖަމާއެކެވެ.

 

މިލިޔުމުގެ އެހެންބައިތައް